04 އޯގަސްޓް 2020
ބޭރޫތު (އޮގަސްޓް 4) - ލުބުނާނުގެ ވެރިރަށް ބޭރޫތުގައި މިރޭ ބާރުގަދަ ގޮވުންތަކެއް ގޮވައި، އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބި، އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.
ބޭރޫތު (އޮގަސްޓް 4) - ލުބުނާނުގެ ވެރިރަށް ބޭރޫތުގައި މިރޭ ބާރުގަދަ ގޮވުންތަކެއް ގޮވައި، އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބި، އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.
ބަނދަރުމަތީ ސިޓީގައި ގޮވުންތައް ގޮވީ ކީއްވެ ކަމެއް ނޭނގެ އެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ބާރުގަދަ ގޮވުމަކާ އެކު އިމާރާތްތައް ވެސް ބިމާހަމަވެގެން ދިޔަ އެވެ. ގޮވުމާ އެކު ބޯ ދުންގަނޑެއް އަރައިގެން ދިޔަ އެވެ. ހޮސްޕިޓަލްތަކުން ބުނި ގޮތުގައި އެތައް ބަޔަކު ވަނީ ޒަޚަމްވެގެން ގެނެސްފަ އެވެ.
ބޭރޫތުގައި ބާރުތަކެއް ގޮވުންތަކެއް ގޮވައި ދުން އަރަނީ. --ފޮޓޯ:އޭއެފްޕީ
ބޭރޫތުގައި ބާރުގަދަ އެއްޗެހިތަކެއް ގޮވާފައި މި ވަނީ ކުރީގެ ބޮޑު ވަޒީރު ރަފީގު ހަރީރީ 2005 ވަނަ އަހަރު އަވާރަކޮށްލި މައްސަލައިގައި ހުކުމް އިއްވަން ތައްޔާރުވަމުން ދަނިކޮށެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ބުނީ ގޮވި އިމާރާތެއްގެ ދަށުން 10 މީހެއްގެ ހަށިގަނޑު ނެރެފައިވާ ކަމަށެވެ.
ލުބުނާނުގެ ޖެނެރަލް ސެކިއުރިޓީގެ ވެރިޔާ އައްބާސް އިބްރާހިމް ވިދާޅުވީ ގޮވާފައިވާ ކަމަށް ބެލެވެނީ ގޮވާތަކެތި ރައްކާކޮށްފައި ހުރި ދެ ގުދަނެއް ކަމަށެވެ.
ބޭރޫތުގައި ބާރުތަކެއް ގޮވުންތަކެއް ގޮވައި ދުން އަރަނީ. --ފޮޓޯ:އޭއެފްޕީ
"ގުދަންތަކުގައި ހުރީ އެތައް ޒަމާނެއްގެ ކުރިންސުރެ އަތުލައިގެންފައިވާ ގޮވާ ތަކެތި. އެ ހާދިސާގެ ތަހުގީގު މިހާރު ވަނީ ފަށާފައި،" އޭނާ ވިދާޅުވި އެވެ.
ބޭރޫތުގައި ގޮވި ގޮވުންތަކުގެ އަޑު މެޑިޓެރޭނިއަންގެ އިރުމަތީގައި 240 ކިލޯ މީޓަރު (150 މޭލު) ދުރުގައި އޮންނަ ސައިޕްރަސްގެ ނިކޯސިއާއާ ހަމައަށް އިވުނު ކަމަށްވެ އެވެ.
ބޭރޫތުގެ ބާރުގަދަ ގޮވުމާއެކު 140 ފޫޓު ފުން ވަޅެއް
"ކެމިކަލް ގުދަން ގޮއްވާލީ ބޮމަކުން ކަމަށް ވެދާނެ"
ބޭރޫތުގެ ގުދަނެއްގައި ކެމިކަލް ރައްކާކުރަން ޖެހުނު ގޮތް
ބޭރޫތުގެ ބަނދަރު އޮފިޝަލުން ގޭ ބަންދުކޮށްފި
ބޭރޫތުގެ ގޮވުން: މީހުންތައް ދިޔައީ "އުދުހެމުން"
ދިވެހިންގެ ދުއާ މިއަދު ލުބުނާނާ އެކު
ލުބްނާން ސިޔާސީ ހުސް ކަމެއްގެ ތެރެއަށް
ލުބުނާން އޮތީ ވަރަށް ބޮޑު ކާރިސާއެއްގައި
ލުބުނާން އޮތީ އިޖްތިމާއީ ކާރިސާއެއްގެ ތުންފަތް މަތީގައި
ބޭރޫތުގެ ގޮވުން: ދިރިހުރި މީހަކު ފެނުމުގެ އުއްމީދުކުޑަ