06 އޯގަސްޓް 2020
މި ސަރުކާރުގެ ސިޔާސަތަކީ "ހުރިހާ ކަމެއް ކޮވިޑާ މަތިކޮށްފައި" ޒިންމާއިން ރެކިގަތުން ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ސިޔާސަތަކީ "ހުރިހާ ކަމެއް ކޮވިޑާ މަތިކޮށްފައި" ޒިންމާއިން ރެކިގަތުން ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.
މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވެފައި ވަނީ ރާއްޖެ އަށް އެކަނި ނޫން ކަމަށެވެ. މި ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނު ގިނަ ގައުމުތަކުން ފެންނަނީ ރަނގަޅު މެނޭޖްމަންޓް ޕްލޭނެއްގެ ތެރެއިން އިގްތިސޯދާއި ސިއްހީ ދާއިރާގެ ރިކަވަރީގެ މަރުހަލާ ނިމި އަލުން އާރާސްތު ކުރުމުގެ މަރުހަލާ ފަށާފައިވާ މަންޒަރު ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ގައުމު ހިންގަން ނޭނގުނީމަ ހުރިހާ ކަމެއް ކޮވިޑް-19 އާ މަތިކޮށްފަ ރެކުންތޯ ޕްލޭނަކީ؟" މުއިއްޒު ސުވާލު ކުރެއްވި އެވެ.
"އެހެން ގައުމުތަކަށް ވެސް ކޮވިޑް-19އައި އޭގެ ތެރެއިން ގިނަ ގައުމުތަކުން ރަނގަޅު މެނޭޖްމަންޓު ޕްލޭނެއްގެ ތެރެއިން، ރިކަވަރީ ސްޓޭޖަށް ގޮސް ރީބިލްޑިން ސްޓޭޖް ފަށައިފި، ބަހަނާއެއް ނުދައްކާ ލީޑާޝިޕް ދެއްކީ" މުއިއްޒު ވިދާޅުވި އެވެ.
Qaumu hingan neyguneema hurihaa kameh Covid19 aa mathikoffa rekuntho strategy akee? Ehen qaumu thakahves Covid19 ais, eyge therein gina qaumu thakun rangalhu management plan egge dhashun recovery stage ah gos rebuilding stage fashaiganefi. Bahanaa eh nudhakaa. Leadership dhekkee!
— Dr Mohamed Muizzu (@MMuizzu) August 6, 2020
މުއިއްޒު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން މާކުރިން ފަށަން ނިންމާފައިވާ ޕީއެސްއައިޕީ މަޝްރޫތަކާއި މި ނޫން ވެސް ބައެއް ކަންކަން ފަސްކުރަމުން އަންނަނީ ކޮވިޑް-19ގެ ސަބަބުން ކަމަށް ބުނެ އެވެ. އޭގެ ތެރޭގައި ގިނަ ދުވަސްތަކެއްވީ އަދި ރައްޔިތުންގެ ކަންބޮޑުވުން އެކަމުގައި ވަރަށް ބޮޑަށް ހިމެނޭ އެއް މައްސަލަ ކަމަށްވާ، ރައީސް ޔާމީންގެ ސަރުކާރުގައި އެޅި ހިޔާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓުގެ މައްސަލަ ވެސް ހިމެނެ އެވެ.
ލޮކްޑައުންއަކަށް ފަހު ކޮވިޑް-19ގެ ކޭސްތައް އަނެއްކާ ވެސް އިތުރުވާން ފަށާފައިވާއިރު، މިބަލީގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ރާއްޖޭގެ އިގްތިސޯދަށް ވެސް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފަ އެވެ. އެގޮތުން މި އަހަރު އެއްކޮށް ވެސް މަސައްކަތްކުރަން ޖެހޭނީ އިގްތިސޯދު ރަނގަޅު ކުރަން ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައި ވެއެވެ.
ބޭރުގެ އެހީގެ ތަފްސީލު ހޯދަން މަޖިލީހަށް މައްސަލައެއް
ފައިސާ ޗާޕުކޮށް، ސަރުކާރު ހިފެހެއްޓުން ނުރައްކާ:ސައީދު
ރާއްޖެ އަށް ލޯނު ލިބެނީ ބޮޑު އިންޓަރެސްޓުގައި: ސައީދު
އިގްތިސާދީ ވާހަކަ ދައްކާނީ އަޅުގަނޑުގެ ހިޔަނީގައި ހުރެ
ދޮޅުއަހަރުގެ ވެރިކަމުގައި އިންވެސްޓްކުރާނެ ބަޔަކު ނުވާނެ
އެއް ފަޅުތެރޭ ރަށްތައް ފާލަމަކުން ގުޅާލާނަން: އެމްޑީޕީ
ރާއްޖެ އާއި އެފްޓީއޭގެ ދިފާއުގައި ޗައިނާ ތެދުވެއްޖެ
ދައުލަތުގެ ހަރަދުތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް!
ޓޫރިޒަމަށް ހަތަރު ބިލިއަންގެ އިންވެސްޓްމަންޓް ހޯދާނަން:މުއިއްޒު
"ރައީސް މިވާ ވައުދުތަކުން ވެއްޓޭނީ ނުރައްކާހާލަތަކަށް"