މި ދުވަސްވަރު ބޮޑު ހޭދައެއްކޮށްގެން ފެންވަރު މަތީ ކޮންފަރެންސް ހޯލެއް ހެލްތު މިނިސްޓްރީގައި ހަދާފައި ހުރި ފޮޓޯތަކަކާ އެކު ސޯޝަލް މީޑިއާގައި ފާޑުކިއުން އަމާޒުވެއްޖެ އެވެ. އަދި އެއީ މިނިސްޓްރީގެ ގިނަ އިވެންޓްތަކެއް ބޭރުގައި ބާއްވަން ޖެހުމުން ކުރަން ޖެހޭ ހަރަދު ކުޑަކުރަން ހެދި ތަނެއް ކަމަށް، ހެލްތު މިނިސްޓްރީން މިރޭ ބުނެފި އެވެ.
މި ދުވަސްވަރު ބޮޑު ހޭދައެއްކޮށްގެން ފެންވަރު މަތީ ކޮންފަރެންސް ހޯލެއް ހެލްތު މިނިސްޓްރީގައި ހަދާފައި ހުރި ފޮޓޯތަކަކާ އެކު ސޯޝަލް މީޑިއާގައި ފާޑުކިއުން އަމާޒުވެއްޖެ އެވެ. އަދި އެއީ މިނިސްޓްރީގެ ގިނަ އިވެންޓްތަކެއް ބޭރުގައި ބާއްވަން ޖެހުމުން ކުރަން ޖެހޭ ހަރަދު ކުޑަކުރަން ހެދި ތަނެއް ކަމަށް، ހެލްތު މިނިސްޓްރީން މިރޭ ބުނެފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަނީ، ރީތި، ތަނަވަސްކޮށް ހަދާފައިވާ މާލަމެކެވެ. އިންޓީރިއާ ފުރިހަމަ، ކާޕެޓާއި ގޮނޑިތައް ފަދަ ތަކެތިން މާލަމުގެ ހައިބަތު ދައްކުވައިދޭއިރު، ކޮވިޑް-19ގެ ބަލިމަޑުކަމުގެ މި ހާލަތުގައި އެހާ ބޮޑު ހޭދައެއް ދައުލަތުގެ ބަޖެޓުން ކޮށްފައިވާތީ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
އެކަމަކު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ އަންހެން ފުރަތަމަ ހެލްތު މިނިސްޓަރަށް ނިސްބަތްކޮށް، "މޫމިނާ ހަލީމް މާލަން"ގެ ނަން ދީފައިވާ ކޮންފަރެންސް ހެދުމުން އެ ހޭދަ ކުޑަވުމުގެ ސަބަބުން، މިނިސްޓްރީ ހާއްސަ ފަންޑަކަށް އާމްދަނީ ވެސް ލިބޭނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ހޯލްގެ ބައެއް ފޮޓޯތަކަކީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިންނަވާ ކޮޓަރިކޮޅު ކަމަށް ބުނެ އޭނާއަށް ވަނީ ފާޑުކިއުން ވެސް އަމާޒުވެފަ އެވެ.
ހެލްތު މިނިސްޓްރީގައި ހަދާފައިވާ ކޮންފަރެންސް ހޯލް.
އެ ފޮޓޯތަކާ އެކު ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޓެސްޓް ނުކުރެވި ރައްޔިތުން ތިބިއިރު މި ބަލީގެ ބިރުވެރިކަމުގެ ތެރޭގައި ފައިސާ ހުސްވެ ބައެއް މީހުން ބަނޑަށް ޖެހެން ވެސް ކައިރިވެފައި ކަމަށެވެ. އެކަމަކު ހެލްތު މިނިސްޓްރީގެ ހޯލަށް މި ދުވަސްވަރު ކުރި ހޭދަ ރައްޔިތުންނަށް ކުރި ނަމަ ރަނގަޅުވީސް ކަމަށް ވިދާޅުވެ އޭނާ ފާޑުކިއުން އަމާޒުކުރެއްވި އެވެ.
ދައުލަތުން ކުރާ މަސައްކަތްތައް އޮޑިޓް ކުރުމުގައި @AuditMV އިން ބެލުން؛
— Ismail Zariyand (@zariyand) August 5, 2020
އެ ހާލަތުގައި ކުރަންޖެހޭ ކަމެއްތޯ؟
ޚަރަދުހިނގީ އެންމެ އިޤްތިޞާދުގޮތަށްތޯ؟
ދައުލަތަށް ކުރާނޭ ފައިދާއަކީ ކޮބައިތޯ؟
އެ ޚަރަދުގެ ޤާނޫނީ ސައްޚަކަން ދެއްކުމަށް ލިޔެކިޔުން އުފައްދާފައިވޭތީޯ؟
-ސިއްޚީކުއްލިނުރައްކާ- pic.twitter.com/R7RTQmuX0d
ޓެންޑަ ބޯޓުގެ ޗެއާމަން، އިސްމާއިލް ޒަރިޔަންދު ވަނީ ހެލްތު މިނިސްޓްރީގެ ހޯލެއް ހެދުމަށް ހޭދަކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުތަކާ އެއްގޮތަށްތޯ ސުވާލު އުފައްދަވައިފަ އެވެ. އޭނާގެ އެހެން ޓުވީޓެއްގައި، މި ޚަރަދަކީ ބޭކާރު އަދި ނިޔަތަކީ ރައީސުލް ޖުމްހޫރިއްޔާ އާއި ފިނޭން މިނިސްޓަރަށް އިލްޒާމް އެޅުވުން ކަމަށް ގަބޫލުކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.
މި ހޯލުގެ ސަބަބުން ދައުލަތަށް ކުރާނެ ފައިދާއާ މެދު ވެސް ޒަރިޔަންދު ސުވާލުކުރެއްވި އެވެ.
މިފާޑުކިއުން އަމާޒުވުމުން މިނިސްޓްރީން ބުނީ އެ އިމާރާތުގެ ނުވަ ވަނަ ފްލޯގައި ހޯލު ހެދީ މިނިސްޓްރީގެ އިވެންޓްތައް ބާއްވަން ކަމަށެވެ. އެއީ، 2019 ގައި ބީލަމަށް ހުޅުވާލައިގެން ކޮވިޑުގެ ކުރިން ކުރަން ފެށި މަސައްކަތެއް ކަމަށް ވެސް ހެލްތުން ބުންޏެވެ. އެކަމަކު މިތަނަށް ކުރި ހޭދައިގެ ތަފްސީލެއް އަދި އެ ހޯލު ޑިޒައިންކުރި މީހުންނާއި މަސައްކަތް ކުރި ބަޔަކު ވެސް ނުބުނެ އެވެ.
ހެލްތު މިނިސްޓްރީގެ ކޮންފަރެންސް ހޯލް: އެ މިނިސްޓްރީގެ ބޭނުންތަކުގެ އިތުރަށް ފައިސާ ހޯދަން މިތަން ކުއްޔަށް ދޫކުރަން ވަނީ ނިންމާފައި.
މިނިސްޓްރީން ބުނި ގޮތުގައި އެ ހޯލު ހެދީ އެހެން ފަރާތްތަކަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ފައިސާ ވަންނާނެ ގޮތަށެވެ.
"މިގޮތަށް ކުއްޔަށް ދީގެން ލިބޭ ފައިސާ ޕަބްލިކް ހެލްތުގެ މަސައްކަތްތައް ކުރުމަށް ހެލްތު ފަންޑަށް ޖަމާކުރެވޭނެ،" މިނިސްޓްރީން ބުންޏެވެ.
ޑަބްލިއުއެޗްއޯއާއެކު ހިންގީ ރަސްމީ މުއާމަލާތެއް: އަމީން
ހާލަތު އިތުރަށް ގޯސްވިޔަ ނުދީ ބެލެހެއްޓޭނެ: އަމީން
ލުއިދެނީ ތައްޔާރު ވެވުނީމަ, ނުރައްކާ ކުޑައެއް ނުވޭ
ލޮކްޑައުން ނިންމާލައި ނިއު ނޯމަލްއަށް ތައްޔާރުތަ؟
ބަލީގެ ނުރައްކާ ކުޑަ ރަށްތަކަށް ލުއިތަކެއް ދެނީ
ހުރިހާ ދިވެހިންނަށް ކޮވިޑް-19 ޖެހޭނެ: ނަޝީދު
ކޮވިޑް-19 އަށް 1800 މީހުން ޓެސްޓްކޮށްފި
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކާ އިއުލާންކޮށްފި
މިއީ އިރުޝާދާ އެއްގޮތަށް އަމަލުކުރަންވީ ވަގުތު: ރައީސް
ވައިރަސްއާ ގުޅިގެން، ކްރޫޒްލައިނާތައް ރާއްޖެ އައުން މަނާކޮށްފި