Roadha Mihaaru
"މިނިސޯ"ގެ ފިހާރައެއް ހުޅުމާލޭގައި ވެސް ހުޅުވަނީ

"މިނިސޯ"ގެ ފިހާރައެއް ހުޅުމާލޭގައި ވެސް ހުޅުވަނީ

02 އޯގަސްޓް 2020

ހާއްސަ ޑިސްކައުންޓުތަކަކާއެކު މަޝްހޫރު ރީޓެއިލް އައުޓްލެޓް، "މިނިސޯ"ގެ ފިހާރައެއް މާދަމާ ހުޅުމާލޭގައި ހުޅުވަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހާއްސަ ޑިސްކައުންޓުތަކަކާއެކު މަޝްހޫރު ރީޓެއިލް އައުޓްލެޓް، "މިނިސޯ"ގެ ފިހާރައެއް މާދަމާ ހުޅުމާލޭގައި ހުޅުވަން ނިންމައިފި އެވެ.

މި ފިހާރަ ހުޅުވަނީ ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރައިގެ ދެވަނަ ފްލޯގަ އެވެ. މި ފިހާރައަކީ "ޝޮޕް އިން ޝޮޕް" އެކްސްޕީރިއެންސް ކޮންސެޕްޓާ އެއްގޮތަށް ހުޅުވާ ފިހާރައެއް ކަމަށް މިނިސޯގެ ރާއްޖޭގެ ޕާޓްނަރުން ކަމަށްވާ ސޮނީ ސްޕޯޓްސް އިން ބުންޏެވެ.

މިދިޔަ ޖުލައި މަހުގައި މާލޭގައި ވެސް މިނިސޯގެ ފިހާރައެއް ވަނީ ހުޅުވައިފަ އެވެ. އެގޮތުން، ހުޅުމާލޭގައި ފިހާރައެއް ހުޅުވަން ނިންމީ މާލޭގެ ފިހާރައަށް ލިބެމުން އަންނަ ތަރުހީބަށް ބެލުމަށް ފަހު ކަމަށް ސޮނީ ސްޕޯޓްސްގެ މާކެޓިން މެނޭޖަރު މުހައްމަދު ޝަހުލީން ވިދާޅުވި އެވެ.

ޝަހުލީން ވިދާޅުވީ އަލަށް ހުޅުވާލާ މި ފިހާރައިގެ ސަބަބުން ހުޅުމާލޭގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ފަސޭހަކަމާ އެކު މިނިސޯގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށެވެ. އެ ފިހާރައިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނާއި ރީތިވާ ސާމާނާއި ކުޑަކުދިން ކުޅޭތަކެއްޗާއި ބަދިގެ ސާމާނާއި ސްޓޭޝަނަރީ އާއި މޭކަޕް ސާމާނާއި ސްކިން ކެއާ ޕްރޮޑަކްޓްތައް ހިމެނެ އެވެ.

ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރަ: މިއީ ރާއްޖޭގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ހާޑްވެއާ ފިހާރަ-- ފޮޓޯ:ސޮނީ ހާޑްވެއާ

ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރަ: މިއީ ރާއްޖޭގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ހާޑްވެއާ ފިހާރަ-- ފޮޓޯ:ސޮނީ ހާޑްވެއާ

މި ފިހާރަ ހުޅުވުމާއެކު މިނިސޯ އާއި ސޮނީ ހާޑްވެއާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށްގެންދާނެ އެވެ. މި ޕްރޮމޯޝަނުގެ ދަށުން މިނިސޯގެ ހުރިހާ އުފެއްދުމަކުންނާއި ސޮނީ ހާޑްވެއާއިން ވިއްކާ ފާހަގަކޮށްލެވޭ ބްރޭންޑުތަކުން ދިހަ ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށެވެ.

ސޮނީ ހާޑްވެއާއިން ހުޅުމާލޭގައި ހުޅުވި ފިހާރައަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު ހާޑްވެއާ ފިހާރަ އެވެ. އެ ފިހާރައިން ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ގޭތެރެއަށް ބޭނުންވާ ސާމާނާއި ހާޑްވެއާ ސާމާނު ލިބެން ހުންނާނެ އެވެ. މީގެ ތެރޭގައި "ކާޗާ" އާއި "ޓެފަލް" އާއި "މޫލިނެކްސް" އާއި "ޖޯސެފް ޖޯސެފް" އަދި "ބްރޭބެނިއަން" އާއި "ހެއާ" ފަދަ މަޝްހޫރު ބްރޭންޑުތައް ހިމެނެ އެވެ.

ސޮނީ ހާޑްވެއާ ފިހާރަ ހުންނަނީ ހުޅުމާލޭގެ ނިރޮޅުމަގު، ލޮޓް ނަމްބަރު 11503 ގަ އެވެ.