Roadha Mihaaru
ކުއްޖަކާ ބެހުމުގެ ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރި މީހާ ހައްޔަރުކޮށްފި

31 ޖުލައި 2020

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.

ގއ. އަދި ގދ. އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ފުލުހުން ހުށަހެޅުމުން އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

ފުލުހުން ބުނިގޮތުގައި އެ މައްސަލައިގައި ތުހުމަތު ކުރެވޭ 46 އަހަރުގެ ފިރިހެނަކު މިއަދު ހަވީރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފަ އެވެ. އެ މީހާ ހައްޔަރުކުރީ އޭނާ ހައްޔަރު ކުރުން ލަސްވާތީ އެރަށު ރައްޔިތުން މިއަދު މުޒާހަރާ ވެސް ކޮށްފައި ވަނިކޮށެވެ.

ކުޑަ ފިރިހެން ކުއްޖަކާ ބެހުނު މައްސަލައެއް ބަލަމުން ދާއިރު، އައްޑޫގައި ޚާއްސަ އެހީއަށް ބޭނުންވާ 48 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް މިއަދު ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން ވެސް މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފަހަކަށް އައިސް ދަނީ ރާއްޖޭގައި ފެންމަތިވަމުންނެވެ. މި މައްސަލަތަކުގައި އިންސާފު ލަސްވުމުގެ ކަންބޮޑުވުމާ އެކު ދާދި ފަހުން ސިލްސިލާ މުޒާހާރާތަކެއް ވެސް ބޭއްވި އެވެ.