01 ސެޕްޓެމްބަރ 2021
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޖަލަށްލި މީހެއްގެ ތަހުގީގު މަރުހަލާގައި ގާނޫނީ އިންޒާރު ދީފައިވާ ގޮތުން ހައި ކޯޓުން އިއްޔެ މިިނިވަންކޮށްފި އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޖަލަށްލި މީހެއްގެ ތަހުގީގު މަރުހަލާގައި ގާނޫނީ އިންޒާރު ދީފައިވާ ގޮތުން ހައި ކޯޓުން އިއްޔެ މިިނިވަންކޮށްފި އެވެ.
ހއ. އަތޮޅުގެ ރަށެއްގައި 17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި މީހަކު 10 އަހަރަށް ޖަލަށްލާން އެރަށު ކޯޓުން ހުކުމްކުރީ 2017 ވަނަ އަހަރު އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައެއްގަ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެ ކުއްޖާ ބަލިވެ އިންކަން ހާމަވުމުން އެ ކުއްޖާގެ ބަޔާން ނެގިޔަސް، ދައުވާ ލިބުނު މީހާއާ ފުލުހުން ސުވާލުކުރީ އެ ހާދިސާއަށް ދެ އަހަރު ވާން ގާތްވެފައި ވަނިކޮށް 2019 ވަނަ އަހަރު އެވެ. އެކަމަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެއް ފުލުހުން އޭނާގެ މައްޗަކަށް ނުކުރެ އެވެ.
އެ މައްސަލާގައި އެ މީހާ ޖަލަށްލާން އެރަށު ކޯޓުން ކުރި ހުކުމް އޭނާގެ ފަަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ތަހުގީގުގައި އޭނާއަށް ދީފައިވާ ގާނޫނީ އިންޒާރުގައި އޭނާގެ މައްޗަށް ފުލުހުން ކުރީ 17 އަހަރުގެ ކުއްޖަކު ކައިވެންޏަކާ ނުލައި ބަލިވެ އިން މައްސަލައެއްގެ ތުހުމަތު ކަމަށެވެ. އަދި ގާނޫނީ އިންޒާރުގައި ހަވާލާދޭ ކުށްތަކުގެ ގޮތުގައި އޮތީ ވެސް ޒިނޭ އާއި އޮރިޔާން ކާޑު ހެއްދުމާއި ހަޑިހުތުރު އެއްޗެހި ގެންގުޅުމާއި އުފެއްދުމުގެ ތުހުމަތު އެކަނި ކަމަށް އެ ހުކުމުގައިވެ އެވެ.
އެކަން ފާހަގަކޮޮށް، ހުކުމުގައިވަނީ އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ ތަހުގީގު މަރުހަލާގައި ތުހުމަތު ނުކުރާ މައްސަލަައެއްގައި ކަމަށެވެ. އެގޮތަށް އަމަލުކުރުމުން، ގާނޫނު އަސާސީން ލިބިދޭ ދިފާއުވުމުގެ ހައްގު ގެއްލިގެންދާނެ ކަމަށާއި އަދި އެ މައްސަލާގައި ހެކި ހޯދާފައިވަނީ ވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު އޮވެގެން ނޫން ކަމަށް ވާތީ އެ ހެކިތައް އެ މައްސަލާގައި ބަލައިނުގަނެވޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ.
އެ މައްސަލަަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބު އެވެ.
ޖިންސީ ގޯނާގެ ދައުވާލިބޭ ޓީޗަރަކު އަލުން ބަންދަށް
ކާފަދަރިއާ ބެހުނުކަމުގެ ދައުވާލިބޭމީހަކު ދޫކޮށްލުން ގޯސް
ޔުނާން ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައި ކޯޓް
ތިން އަހަރުގެ ކުއްޖަކާ ބެހުނު މީހާ ސަލާމަތެއްނުވި
ޖިންސީ ގޯނާގެ ތުހުމަތުވި ދުވަސްވީ މީހާ ދޫކޮށްލައިފި
ރޭޕްކުރުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލި އަމުރު ބާތިލް
ކުއްޖާގެ ބަޔާން ބަދަލު ކުރިޔަސް، ސަލާމަތެއް ނުވި
ޖިންސީ ގޯނާގެ ތުހުމަތުވާ ފުލުސްމީހާ ސަސްޕެންޑްކޮށްފި
ކުއްޖަކާ ބެހުނުކަމަށް ތުހުމަތުވާ ބައްޕަ އަލުން ބަންދަށް
އެއް ކަމެއް، ދެ ނިންމުމެއް: އޮޅުން ބޮޅުމަކަށް