28 ޖުލައި 2020
ސިޔާސީ ބޭފުޅުންނާ އެކު ބާއްވާ މަޝްވަރާ އަށް އަބަދުވެސް މަރުހަބާ ދަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިޔަސް، އެ މަނިކުފާނާ ބައްދަލުކުރަން އިދިކޮޅުން އެދިފައި އޮންނަތާ ތިން މަސް ވެފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.
ސިޔާސީ ބޭފުޅުންނާ އެކު ބާއްވާ މަޝްވަރާ އަށް އަބަދުވެސް މަރުހަބާ ދަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިޔަސް، އެ މަނިކުފާނާ ބައްދަލުކުރަން އިދިކޮޅުން އެދިފައި އޮންނަތާ ތިން މަސް ވެފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި ބައްދަލުވުމެއްގައި، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރުމަށް އެ ކޯލިޝަންގެ ފަރާތުން ސިޓީ ފޮނުވާފައި އޮންނަތާ ތިން މަސް ވިޔަސް އެ އަށް އަދި އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.
އެހެންވެ، އަދުރޭ ވަނީ މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ރައީސް ގައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި، ސިޔާސީ ބޭފުޅުންނަކީ ކޮބައިތޯ ސުވާލު އުފައްދަވައިފަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އިދިކޮޅަށް ތިބީ ޕީޕީއެމާއި ޕީއެންސީގެ މެމްބަރުން އެކަނި ކަމަށެވެ.
"އަޅުގަނޑުމެން ރައީސް ސޯލިހާ ބައްދަލުކުރަން ސިޓީއެއް ފޮނުވައިގެން އުޅޭތާ ތިން މަސް ދުވަސް ވެއްޖެ. ޖަވާބެއް ނުދެއްވާ. ހޯމް މިނިސްޓަރާ ބައްދަލުކުރަން ސިޓީއެއް ފޮނުވައިގެން އުޅޭތާ ތިން މަސް ދުވަސް ވެއްޖެ. ޖަވާބެއް ނުދެއްވާ. ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރަން ސިޓީ ފޮނުވައިގެން އުޅޭތާ ތިން މަސް ދުވަސް ވެއްޖެ. ޖަވާބެއް ނުދޭ. ކަރެކްޝަންސްއާ ބައްދަލުކުރަން ސިޓީ ފޮނުވައިގެން އުޅޭތާ ތިން މަސް ވެއްޖެ. ޖަވާބެއް ނުދެއްވާ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނޭނގޭ ކޮންތާކު ތިބި ސިޔާސީ މީހުންނަކާ ވާހަކަ ދައްކަން ކަމެއް މި އުޅެނީ."
ރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު މިދިޔަ އާދިއްތަ ދުވަހު ފުރުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން އެންމެން އެއްބަސް ވާންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.
"ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދެވޭ ކަމަކަށް ހެދުމަކީ ރަނގަޅު ކަމެއް ނޫން. އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ ހުރިހާ ރައްޔިތުންނަށް، މުޅި ގައުމަށް. ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން،" ރައީސް ވިދާޅުވި އެވެ.
"ތިޔަބޭފުޅުންގެ ހިޔާލާއި މަޝްވަރާ އަށް އަޅުގަނޑު އަބަދު ވެސް މަރުހަބާ ކިޔާނަން."
އަދުރޭ ރޭ ވިދާޅުވީ، އިސްލާމްދީނާއި މިނިވަންކަމުގެ ހައްގުގައި ޕީޕީއެމް/ޕީއެންސީގެ ކޮންމެ މެމްބަރަކު ވެސް ތިބީ "ޝަހީދުވާން" ތައްޔާރަށް ކަމަށެވެ. އެ މެމްބަރުން ދާނީ ޝަހީދު ހުސައިން އާދަމް ހިންގެވި މަގުން ކަމަށާއި ކުރައްވާނީ ދޮންބަންޑާރައިން ކުރެއްވި ފަދަ ޖިހާދު ކަމަށް އަދުރޭ ވިދާޅުވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްޕުޅު ހަމަޖެހިވަޑައިނުގަތަސް މިފަހަރު ދުލެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވިގޮތުގައި، ސިޔާސީ މަގުސަދެއް ހާސިލްކުރަން އިދިކޮޅަކުން ނޫޅެ އެވެ. އޭގެ ބަދަލުގައި ބޭނުން ވަނީ ގައުމު ސަލާމަތް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިވަން ދުވަހާ ގުޅުވައިގެން މިދިޔަ އާދިއްތަ ދުވަހުގެ ރޭ އިދިކޮޅުން ކުރި މުޒާހަރާގައި އިސްކޮށް އުޅުއްވި، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު ފުލުސް އޮފީހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. އެހެންވެ، އަދުރޭ ވަނީ އެކަމާ އެއްވެސް ގޮތަކަށް ޖެހިލުން ނުވުމަށް އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑުމެން ރައީސް ސޯލިހާ ބައްދަލުކުރަން ސިޓީއެއް ފޮނުވައިގެން އުޅޭތާ ތިން މަސް ދުވަސް ވެއްޖެ. ޖަވާބެއް ނުދެއްވާ. ހޯމް މިނިސްޓަރާ ބައްދަލުކުރަން ސިޓީއެއް ފޮނުވައިގެން އުޅޭތާ ތިން މަސް ދުވަސް ވެއްޖެ. ޖަވާބެއް ނުދެއްވާ. ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރަން ސިޓީ ފޮނުވައިގެން އުޅޭތާ ތިން މަސް ދުވަސް ވެއްޖެ. ޖަވާބެއް ނުދޭ. ކަރެކްޝަންސްއާ ބައްދަލުކުރަން ސިޓީ ފޮނުވައިގެން އުޅޭތާ ތިން މަސް ވެއްޖެ. ޖަވާބެއް ނުދެއްވާ،" ---އަބްދުއްރަހީމް
މުހައްމަދު އިސްމާއީލާއި ނިމާލަށް ހިތްވަރު ދެއްވަމުން އަދުރޭ ވިދާޅުވީ، އެ ބޭފުޅުންގެ ފަހަތުގައި ވަރަށް ވަރުގަދަ "ގައުމީ ޓީމެއް" އެބައޮތް ކަމަށެވެ.
"ދިވެހިރާއްޖޭގެ ދިވެހި ގައުމީ ދަނޑުގައި، ކުޅެން އަރާ އެންމެ ވަރުގަދަ ގައުމީ ޓީމަކީ ޕީޕީއެމް ޕީއެންސީއޭ. ޕީޕީއެމް/ޕީއެންސީގެ ގޯލަށް ބެލިއަސް ޑިފެންސަށް ބެލިއަސް ފޯވާޑަށް ބެލިއަސް މިޑްލްފީލްޑަށް ބެލިއަސް ތިބޭނީ ގައުމީ ފެންވަރުގެ ކުޅުންތެރިންނޭ. ކޮންމެ ކުޅުންތެރިއަކު، އެ ކުޅުންތެރިއެއްގެ ޒިންމާއާ ވާޖިބު އަދާކުރައްވާނީ ފިސާރި ކެރިގެންނޭ،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިދިކޮޅު ކޯލިޝަނުން މަގުމައްޗަށް ނުކުންނަން ޖެހުނީ ރައްޔިތުން ނިކަމެތިވެ، ހައްގުތައް ގެއްލި، އަމިއްލަ ފައި މައްޗަށް ކޮޅަށް ނެތެދުވެވުމުންނެވެ. މިނިވަންކަމާއި ގައުމިއްޔަތު ދިފާއުކުރެވޭނީ ބަނޑުފުރާނެ މުއްތި ކޮށްގެން ކަމަށް ވިދާޅުވި އެވެ. އަދުރޭ ވިދާޅުވީ، ވިޔަފާރިވެރިންނަށް ވެސް މުދާ ގެނެވޭނެ ގޮތެއް ނެތް ކަމަށާއި ރާއްޖޭގެ އިގުތިސޯދު "ކަރުތާ ފެނަށް" ވެއްޓިފައިވާ ކަމަށެވެ.
ރައްޔިތުން ބޭނުންވަނީ މިވެރިކަން ބަދަލުކުރަން: އަދުރޭ
ރައީސަށް ކުރާ ތުހުމަތު ބަލަން އިދިކޮޅުން އެދިއްޖެ
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
ފެންނަނީ އަދީބުގެ އެހީތެރިކަން ހޯދާތަން: އިދިކޮޅު
ރައީސް ފާޑުވިދާޅުވީ އަސަރުކޮށްގެން: އިދިކޮޅު
ޕާޓީތަކުގެ މަޝްވަރާއަށް ތައްޔާރު: އިދިކޮޅު ކޯލިޝަން
މަޝްވަރާގެ ނިޔަތާ މެދު ސުވާލު އުފެދޭ: ޝުޖާއު
ސަރުކާރުގެ އިސްތިއުފާއަށް ގޮވައި، އިދިކޮޅުން މުޒާހަރާ
މިނިވަންކަން ގެއްލުމުގެ ވަގުތު ކައިރިވެއްޖެ: އިދިކޮޅު
ރައީސްގެ ވާހަކަފުޅު ދެކޮޅެއް ނުޖެހޭ: އިދިކޮޅު