26 ޖުލައި 2020
ސަރުކާރުގެ އިސްތިއުފާއަށް ގޮވައި، އިދިކޮޅު ޕީޕީއެމް ކޯލިޝަނުން މިރޭ މާލޭގައި މުޒާހަރާކޮށްފި އެވެ.
ސަރުކާރުގެ އިސްތިއުފާއަށް ގޮވައި، އިދިކޮޅު ޕީޕީއެމް ކޯލިޝަނުން މިރޭ މާލޭގައި މުޒާހަރާކޮށްފި އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުގެ މުޒާހަރާ ފެށީ މަޖިދީމަގާއި ޗާންދަނީމަގު ގުޅުނު ސަރަހައްދުގަ އެވެ. އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެން އަޑުއުފުލި މުޒާހަރާގައި ދެ މީހަކު ހައްޔަރުކުރި އެވެ. އަދި މުޒާހަރާ އަށް ހުރަސްއަޅަން ފުލުހުން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް ހުއްޓާނުލައި ކުރިއަށް ގެންދިޔަ އެވެ.
މަޖީދީ މަގުން ފެށި މުޒާހަރާ ޕީޕީއެމްގެ އޮފީހާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ.
އެ މުޒާހަރާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިނިވަން އިހްތިޖާޖް ފެށުނީ ކަމަށާއި ކޮންމެ ވަގުތަކު ވެސް މުޒާހަރާއަށް ނިކުންނަ ޖެހިދާނެ ކަމަށެވެ. އަދި މި ސަރުކާރު ބަލިކުރަން މާ ގިނަ މަސައްކަތެއް ކުރަން ނުޖެހޭނެ ކަމަށާއި ވަރަށް އަވަހަށް މި ސަރުކާރުގެ ނިމުން އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރަކީ މިހާރު ވާގި ނެތިފައި އޮތް ސަރުކާރެއް. މި ސަރުކާރަކީ ޕެރަލައިޒްވެފައި އޮތް ސަރުކާރެއް." އަބްދުއްރަހީމް ވިދާޅުވި އެވެ.
މުޒާހަރާއަށް ފުލުހުން ހުރަސް އަޅަނީ -- މިހާރު ފޮޓޯ/އަހުމަދު އަވްޝަން
އެ މުޒާހަރާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ އިސްތިއުފާއަށް ގޮވައި، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔާފައިވެ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް، އިންސާފު ގާއިމް ކުރުމަށާއި ކުރީގެ ސަރުކާރުގައި ވެރިކަމުގައި އެޅި 7000 ފްލެޓްތައް ދިނުން ލަސްވާތީ އެކަމަށް ވެސް މުޒާހަރާގައި ވަނީ ފާޑު ކިޔައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ އިތުރުން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވެސް ބައިވެރިވެ ވަޑައިގަތެވެ.
އިގުރާރާ ހިލާފު ކަމެއް ޔާމީން ނުކުރައްވާ: ވަކީލު
ޔާމީން ދޫކުރަން ގޮވައި އިދިކޮޅުން ކަނޑުމައްޗަށް
ކޮންފަރެންސް ސަރުކާރަށް ހަޖަމެއް ނުވި: އަދުރޭ
ރިޔާސީ ޓިކެޓާ ހެދި ޕާޓީތެރޭ ފެކްޝަނެއް ނެތް: އަދުރޭ
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު
އަލީ ވަހީދުގެ ހެކިބަސް ނަގަން ޖެހޭ: އިދިކޮޅު
"ވަޒީރުކަމުގައި ނާޒިމް އުޅުނީ ރިޔާސީ ޓިކެޓް ހޯދަން"
ފެންނަނީ އަދީބުގެ އެހީތެރިކަން ހޯދާތަން: އިދިކޮޅު
އަދުރޭ އާއި ޝުޖާއު ދޫނިދު އަށް ގެންގޮސްފި