25 ޖުލައި 2020
ކޮވިޑް-19 ޖެހުނު ދިވެހިންގެ އަދަދު، މީގެ ކުރިން އެ ބަލި އެންމެ ބޮޑަށް ފެތުރުނު ބަންގްލަދޭޝްގެ މީހުންނަށް ވުރެ މިރޭ އިތުރުވެއްޖެ އެވެ.
ކޮވިޑް-19 ޖެހުނު ދިވެހިންގެ އަދަދު، މީގެ ކުރިން އެ ބަލި އެންމެ ބޮޑަށް ފެތުރުނު ބަންގްލަދޭޝްގެ މީހުންނަށް ވުރެ މިރޭ އިތުރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ހަވީރު 6:00 އަށް ހަމައަށް، އިތުރު 77 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 56 ދިވެހިންނާއި ބަންގްލަދޭޝްގެ 20 މީހުން އަދި އިންޑިއާ މީހެއް ހިމެނެ އެވެ.
އަލަށް ޕޮޒިޓިވްވި މީހުންނާއެކު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3،252 އަށް އަރައިފަ އެވެ.
އެޗްޕީއޭއިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ ދިވެހިންގެ އަދަދު އުޅެނީ 1،397 ގަ އެވެ. އަލަށް ޕޮޒިޓިވްވި މީހުންނާއެކު އެ އަދަދު ވަނީ 1،453 އަށް އަރައިފަ އެވެ. ބަންގްލަދޭޝްގެ 1،425 މީހުން ޕޮޒިޓިވްވިއިރު، މިއަދުގެ ޕޮޒިޓިވް ކޭސްތަކާއެކު އެ އަދަދު 1،445 އަށް އަރާފައި ވެ އެވެ.
ކޮވިޑުން މިއަދު 43 މީހަކު ރަނގަޅުވެފައިވެ އެވެ. އެހެންވެ މިވަގުތު އެ ބައްޔަށް ފަރުވާ ދެމުން އަންނަނީ 688 މީހުންނަށެވެ.
މީގެ ތިން މަހެއް ކުރިން، މާލޭގައި ކޮވިޑް-19 ފެތުރުނުއިރު، އެ ބަލި އެންމެ ގިނައިން ފެނުނީ ބަންގްލަދޭޝް މީހުންގެ ފަރާތުންނެވެ. ނަމަވެސް ސަރުކާރުން އަޅަމުންދިޔަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، ތޮއްޖެހިގެން އުޅޭ ބިދޭސީން ރައްކާތެރި ތަންތަނަށް ބަދަލުކުރުމުން، އެ ބަލި ޖެހޭ ބިދޭސީންގެ އަދަދު ވަނީ މަދުވާން ފަށައިފަ އެވެ.
ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
ރޭ މަރުވި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް
ކޮވިޑް-19 ޖެހިގެން 6 ވަނަ މީހަކު މަރުވެއްޖެ
އިތުރު 101 ކޭސް، ގިނައީ ތޮއްޖެހިގެން އުޅޭ ބިދޭސީން
ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހުންގެ އަދަދު 500 އަށް
ބިދޭސީންނާ މެދު ކޮން ކަހަލަ ވިސްނުމެއް؟
މަރުވި ބިދޭސީ މީހާގެ 66 ކޮންޓެކްޓެއް ހޯދައިފި
ބިދޭސީގެ ފުރާނަ ސަލާމަތްކުރަން ލިބުނީ ކުޑައިރުކޮޅެއް
ތުލުސްދޫން ބަންގްލަދޭޝް ދެ މީހަކު ޕޮޒިޓިވްވެއްޖެ
މަރުވި ބިދޭސީ މީހާ ކޮވިޑަށް ނެގެޓިވް