22 ޖުލައި 2020
ފެޝަން ބަދަލުވެ އަދި މާނަކުރާ ގޮތް ލަފާކޮށްލަން ވެސް ނޭނގޭނެ އެވެ. މި ފަހަރު މިއޮތީ ބާ އެކަމަކު އާ ބޫޓެކެވެ.
ފެޝަން ބަދަލުވެ އަދި މާނަކުރާ ގޮތް ލަފާކޮށްލަން ވެސް ނޭނގޭނެ އެވެ. މި ފަހަރު މިއޮތީ ބާ އެކަމަކު އާ ބޫޓެކެވެ.
އިނގިރޭސިވިލާތުގައި މި ބޫޓް ވިއްކަނީ 70 ޕައުންޑް (87 ޑޮލަރު) އަށެވެ. ބޫޓާއި އެ ނޫން ވެސް ކުޅިވަރުގެ އެކި ސާމާނު އުފައްދާ އެމެރިކާގެ ކުންފުނި ކޮންވާޒް އިން ފަރުމާކޮށްފައިވާ މި ބޫޓްގެ ނަމަކީ "ޗަކް ޓޭލާ އޯލް ސްޓާ ބޭސިކް ވޮޝް" އެވެ. މި ބޫޓް ނައިކީގެ ދަށުން ހިންގާ ކޮންވާޒުން ސިފަކޮށްދެނީ "ވިންޓޭޖް ލުކެއް" ގެނެސްދޭނެ ބޫޓެއްގެ ގޮތުގަ އެވެ.
ކިލާވެ، ހަޑިކޮށް ފެނުނަސް މިއީ މި ޒަމާނީ ފެޝަނެވެ. އެކަމަކު މިފަދަ އުފެއްދުންތަކަށް މީގެ ކުރިން ވެސް މީހުން ފާޑުކިޔާފައިވާ ގޮތަށް ކޮންވާޒްގެ "ހަޑިވެފައިވާ" ބޫޓަށް އެތައް ބަޔަކު ޖޯކް ޖަހާފައިވެ އެވެ.
އެހެން ވިޔަސް ޔަގީންވާ ކަމަކީ މި ބޫޓް ވެސް ގަންނާނެ ބަޔަކު ތިބޭނެ ކަމެކެވެ. އެހެން ނޫން ނަމަ ކުންފުނިތަކުން މާކެޓް ރިސާޗް ހަދައިގެން ބޭކާރު މަސައްކަތެއް ކުރުމުގެ މާނައެއް އެބައޮތް ހެއްޔެވެ؟
"ޗަކް ޓޭލާ އޯލް ސްޓާ ބޭސިކް ވޮޝް" ގެ ދެ ކުލައެއް ލިބޭނެ އެވެ. އެއީ ނޭވީ/ވައިޓާއި ގްރޭ/ވައިޓެވެ.
ކޮންވާޒްގެ "ހަޑިވެފައިވާ" ބޫޓަކީ މިފަދަ އުފެއްދުމެއް ބާޒާރަށް އައި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މީގެ ކުރިން ވެސް ވަނީ "ބާވެގެން ޓޭޕްއެޅި ބޫޓް" އާއި "ހަޑިވެފައި" ހުރި ބޫޓްތަކެއް ބާޒާރަށް ނެރެ ވިއްކައިފަ އެވެ.
ވީޑިއޯ ގޭމް ކުޅޭ މީހުންނަށް ޕޫމާގެ ބޫޓެއް
ނައިކީގެ ބޫޓް ކަލެކްޝަނެއް ސިއްހީ ދާއިރާގެ އަށް ހާއްސަ
ކްރޮކްސް ކޮޕީކުރާތީ ދައުވާކޮށްފި
މޭވާގެ ކުނިން ބޫޓު ކަލެކްޝަނެއް
އެމެރިކާގެ އޮލިމްޕިކް ޓީމްގެ ޔުނިފޯމްގައި އޭސީ!
ހީލް ކްރޮކްސް ބޮޑު ޖޯކަކަށް
ބާނީ ސޭންޑާޒްގެ "މީމް" ފެޝަން ޓްރެންޑަކަށް
ކޭއެފްސީގެ "ކުކުޅު" ފައިވާން ވިކި ހުސްވެއްޖެ
ޖެނިފާ ލޮޕޭޒް ބޫޓް ކަލެކްޝަނެއް ނެރެނީ
ޓެސްލާގެ ސައިބަޓްރަކްގެ ޖޯކެއް ޓީޝާޓަކުން