Roadha Mihaaru
ޖެނިފާ ލޮޕޭޒް ބޫޓް ކަލެކްޝަނެއް ނެރެނީ

ޖެނިފާ ލޮޕޭޒްގެ އަމިއްލަ ބޫޓް ކަލެކްޝަނެއް ނެރެނީ

16 ފެބުރުއަރީ 2020

ފެޝަން އައިކޮންއެއްގެ ގޮތުގައި ގިނަ ބަޔަކު ބަލާ އެމެރިކާގެ ސްޓައިލިޝް ލަވަކިޔުންތެރިޔާ އަދި ބަތަލާ ޖެނިފާ ލޮޕެޒް އަމިއްލަ ބޫޓް ކަލެކްޝަނެއް ނެރެން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފެޝަން އައިކޮންއެއްގެ ގޮތުގައި ގިނަ ބަޔަކު ބަލާ އެމެރިކާގެ ސްޓައިލިޝް ލަވަކިޔުންތެރިޔާ އަދި ބަތަލާ ޖެނިފާ ލޮޕެޒް އަމިއްލަ ބޫޓް ކަލެކްޝަނެއް ނެރެން ނިންމައިފި އެވެ.

މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އޭނާ ބުނީ "ޖޭލޯ ޖެނިފާ ލޮޕޭޒް" ފުޓްވެއާ ކަލެކްޝަނެއް ގެނެސްދޭން އުޅޭ ވާހަކަ ހާމަކުރުމަކީ އުފަލެއް ކަމަށާއި މިއީ އަމިއްލަ ފަރުމާތަކެއް ކަމަށެވެ. ލޮޕޭޒް ބުނިގޮތުގައި އޭނާގެ ބޫޓް ކަލެކްޝަންވެގެން ދާނީ ގްލެމާ ވަރަށް ބޮޑަށް ދައްކުވައިދޭނެ އަދި އެމެރިކާގެ މަޝްހޫރު ސިޓީތައް ކަމަށްވާ ނިއު ޔޯކާއި މަޔާމީ ފަދަ ޒަމާނީ ސިޓީތަކުގެ ވައްޓަފާޅިއާ ގުޅޭ އުފެއްދުންތަކަށެވެ.

ޕޭޖް ސިކްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ކުރީގެ ބޭޒްބޯލް ތަރި އެލެކްސް ރޮޑްރިގޭޒާ އެންގޭޖްވެފައިވާ ލޮޕޭޒްގެ ބޫޓް ކަލެކްޝަނުގެ ތެރެއިން އެކި ޑިޒައިންތަކުގައި ހައި-ހީލްސް އާއި ސްނީކާޒާއި އެންކަލް ބޫޓް ނެރޭނެ އެވެ. އަދި މި ކަލެކްޝަން ކުރިއަށް އޮތް ބަހާރު މޫސުމުގައި ނެރެން ނިންމާފައި ވަނީ ކަމޫޓޯ ގްރޫޕާ ގުޅިގެން ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ދެ ކުދިންގެ މަންމަ ލޮފޭޒް، 50، ގެ އަމިއްލަ އުފެއްދުންތަކުގެ ތެރޭގައި "ގްލޯ ބައި ޖޭލޯ" ގެ ނަމުގައި ނެރޭ ސެންޓް ވެސް ހިމެނެ އެވެ.