20 ޖުލައި 2020
އަތޮޅުތެރެއިން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށުގެ ބިމު ކުއްޔަށް ބަދަލު ގެންނަން ސަރުކާރުން ނިންމައިފި އެވެ.
އަތޮޅުތެރެއިން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށުގެ ބިމު ކުއްޔަށް ބަދަލު ގެންނަން ސަރުކާރުން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅުތެރޭގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި ރިސޯޓްތަކުގެ ބިމުގެ ކުއްޔަށް ބަދަލު ގެންނަން ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ޓޫރިޒަމަށް އަތޮޅު ތެރޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުވާނެ ކަމަށް ވެސް ފައްޔާޒްގެ ޓްވީޓްގައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ހުށަހަޅަނީ އައްޑު އާއި ފުވައްމުލަކުގައި ހިންގާ ރިސޯޓްތަކުގައި އަކަމީޓަރަކަށް ދެ ޑޮލަރު ނެގުމަށާއި ހއ. އާއި ހދ. އަތޮޅުގައި އަކަމީޓަރަކަށް ހަތަރު ޑޮލަރުގެ އިތުރުން ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގައި އަކަމީޓަރަށް ހަ ޑޮލަރު ނެގުމަށެވެ.
To encourage tourism in the north/south we are proposing to amend tourism land rent for resorts in far regions as follows.
— Fayyaz Ismail (@faya_i) July 20, 2020
S, Gn- 2$/ SQM (cap 800k)
HA, HDh - $4 / SQM (cap 1m)
Sh, GA, GDh, Th, L- $6 / SQM (cap 1.5m). This will definetely boost investment in these atolls.
ފައްޔާޒްގެ ޓްވީޓް
ރިސޯޓްތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގެ ލޯކަލް ޓޫރިޒަމް ހިންގުމަށް ނަގާ ބިމު ކުއްޔަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ފައްޔާޒްގެ ޓްވީޓްގައިވެ އެވެ. އެގޮތުން އައްޑު އާއި ފުވައްމުލަކުގައި އަކަމީޓަރަށް އެއް ޑޮލަރު ނެގުމަށާއި ހއ އަތޮޅާއި ހދ. އަތޮޅުގައި އަކަމީޓަރަކަށް ދެ ޑޮލަރު ކަނޑައެޅުމުގެ އިތުރަށް ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގައި ތިން ޑޮލަރު އަދި އެހެން އަތޮޅުތަކުގައި ހަތަރު ޑޮލަރު ނަގާ ގޮތަށް ހަމަޖައްސާނެ ކަމަށް ވެސް ފައްޔާޒްގެ ޓްވީޓްގައިވެ އެވެ.
To boost local tourism land rent to be charged on built-up area in inhabited islands as follows.
— Fayyaz Ismail (@faya_i) July 20, 2020
S, Gn - USD 1 / SQM (cap 400k USD)
HA, HDh - USD 2 / SQM (cap 500k USD)
Sh, GA, GDh, Th, L - USD 3 / SQM (cap 800k USD)
Other atolls - USD 4/ SQM (cap 1m USD)
ފައްޔާޒްގެ ޓްވީޓް
ޓެކްސް ފިޔަވައި، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށުގެ ބިމު ކުލިންނެވެ.
ސާވިސް ޗާޖު ބަހާ ގޮތަށް ގެންނަ ބަދަލު ކަމުދޭތަ؟
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ބޮލިފުށި ރިސޯޓުގެ ވެރިޔާ ޝަރީފް އަވަހާރަވެއްޖެ
ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް ކަނޑައަޅަނީ
ނުހެދި ހުރި ރިސޯޓުތަކާ މެދު ގޮތްތަކެއް ކަނޑައަޅައިފި
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ
"ނުހެދި ހުރި 25ވަރަކަށް ރަށުގައި ރިސޯޓު ހުޅުވާނަން"