މޮސްކޯ (ޖުލައި 16) - ކޮރޯނާވައިރަހަށް އުފެއްދި ވެކްސިން ވޮލަންޓިއަރުން ބޭނުންކޮށްގެން ކްލިނިކަލް ޓްރަޔަލްތައް ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
16 ޖުލައި 2020
މޮސްކޯ (ޖުލައި 16) - ކޮރޯނާވައިރަހަށް އުފެއްދި ވެކްސިން ވޮލަންޓިއަރުން ބޭނުންކޮށްގެން ކްލިނިކަލް ޓްރަޔަލްތައް ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ ވެކްސިންގެ ރިސާޗްގައި 18 މީހުން ބޭނުންކޮށްފައިވާ ކަމަށާއި ޓްރަޔަލްތައް ނިންމާލި އިރު އެ މީހުންގެ ފަރާތުން ސިއްހީ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށެވެ. ޓްރަޔަލްތަކުގެ ނަތީޖާ އިން ޔަގީންކަން ބޮޑުވެފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރަޝިޔާ އިން އުފެއްދި ކޮރޯނާވައިރަހުގެ ވެކްސިންގެ ސަބަބުން ކޮވިޑް-19 ގެ ބަލި މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދޭކަން ޑިފެންސް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ. ނަމަވެސް ޓްރަޔަލްގެ މަސައްކަތުގައި އުޅުނު ޑޮކްޓަރުން ބުނެފައި ވަނީ ވެކްސިން ދިން ވޮލަންޓިއަރުން ވަނީ ކޮރޯނާވައިރަހުން ރައްކާތެރިވެފައި ކަމަށެވެ.
"ވެކްސިން ދިން މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް ވަނީ އުފެދިފައި. އެ މީހުން ވަނީ ކޮރޯނާވައިރަހުން ރައްކާތެރިވެފައި،" ރިސާޗަރެއް ކަމަށްވާ ސްވެޓްލަނާ ވޮލްޗިކިނާ ވިދާޅުވި އެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސާގީ ޝޮއިގު ވިދާޅުވެފައި ވަނީ މިލިޓަރީ ރިސާޗަރުން ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފެށީ މެއި މަހު ފަހުކޮޅު ކަމަށެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތައް ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ރަޝިޔާ އިން ވަނީ 752,797 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 11،937 މީހުން މަރުވެފަ އެވެ.
ރަޝިޔާގެ ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
ކެންސަރަށް ވެކްސިން ހޯދިއްޖެ ކަމަށް ރަޝިޔާއިން ބުނެފި
ރަޝިއާގެ ކޮވިޑް ވެކްސިންގެ ކާމިޔާބީ ފާހަގަކުރަނީ
ރަޝިއާ އިން ޖަނަވާރަށް ކޮވިޑް ވެކްސިން ދޭން ފަށައިފި
ވެކްސިން އުފެއްދުމުގައި އުސޫލުތަކަށް ތަބާވާން އަންގައިފި
ކޮވިޑްގެ ވެކްސިން ރަޝިޔާ މީހުންނަށް އޮކްޓޫބަރުގައި ދެނީ
އިންޑިއާއަށް ރަޝިޔާގެ ތެޔޮ ގަންނާތީ އީޔޫގެ އިންޒާރު
އިންޑިއާއަށް އަދަބު ދޭން ޓްރަމްޕް ޖެއްސެވި ހިސާބު ގޯސް
ޕުޓިން އާއި ޒެލެންސްކީ ބައްދަލުކުރައްވަނީ
ޒެލެންސްކީ އަނެއްކާވެސް ޓްރަމްޕާ ބައްދަލުކުރައްވަނީ