11 ޖުލައި 2020
ރަންވީރު ސިންގާއި ކެޓްރީނާ ކެއިފްގެ ޖޯޑު އަލަށް ސްކްރީނަށް ގެންނަން ޑައިރެކްޓަރު ޒޯޔާ އަޚްތަރު ހަދަން ނިންމާފައިވާ ފިލްމަކީ ހޮލީވުޑްގެ ފިލްމު "ދަ ޑިޕާޓެޑް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރަންވީރު ސިންގާއި ކެޓްރީނާ ކެއިފްގެ ޖޯޑު އަލަށް ސްކްރީނަށް ގެންނަން ޑައިރެކްޓަރު ޒޯޔާ އަޚްތަރު ހަދަން ނިންމާފައިވާ ފިލްމަކީ ހޮލީވުޑްގެ ފިލްމު "ދަ ޑިޕާޓެޑް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި މާޓިން ސްކޮސީ 2006 ގައި ގެނެސްދިން ކްރައިމް ފިލްމުގެ ރައިޓްސް ޒޯޔާ ހޯދާފައިވާ އިރު، އޭނާ އާއި ޑައިރެކްޓަރު/ސްކްރީން ރައިޓަރު ރީމާ ކަތުގީ ގުޅިގެން މިހާރު އަންނަނީ އޭގެ ސްކްރީންޕްލޭގެ މަސައްކަތްކުރަމުންނެވެ.
ޑިޕާޓެޑްގެ މުހިއްމު ރޯލްތައް ކުޅުނީ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި މެޓް ޑޭމަން އާއި މާކް ވާލްބާގާއި މައިކަލް ޝީނާއި އެލެކް ބޯލްޑްވިން އާއި ވީރާ ފާމިގާގެ އިތުރުން ރޭ ވިންސްޓޯނެވެ.
ޕިންކްވިލާ އިން ބުނިގޮތުގައި ފިލްމު ހިންދީ އޯޑިއަންސަށް ގެނެސްދޭނީ އިންޑިއާގެ ރަހަތަކަށް ހެޔޮވަރުކޮށްގެންނެވެ. އެގޮތުން ފިލިން ފިއްޔަށް ފިލްމު ކޮޕީކުރުމުގެ ބަދަލުގައި މައިގަނޑު ޕްލޮޓް ނުގެއްލޭ ގޮތަށް އިންޑިއާ އަށް ފިލްމުގެ ވާހަކަ ހެޔޮވަރުކުރަން ޒޯޔާ އާއި ރީމާ މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.
ރަންވީރަށް ފިލްމުން ދީފައި ވަނީ ލިއޮނާޑޯ ކުޅުނު ކެރެކްޓާ އެވެ. އެއީ ފިލްމުގެ ސެންޓްރަލް ކެރެކްޓާ ވެސް މެ އެވެ. ރަންވީރަކީ ޒޯޔާ އެންމެ ފަހުން ގެނެސްދިން ފިލްމު "ގަލީ ބޯއި" ގެ ވެސް ބަތަލެވެ. އޭގެ އިތުރުން ޒޯޔާ 2015 ގައި ގެނެސްދިން "ދިލް ދަޅަކް ނޭ ދޯ" އަކީ ވެސް ރަންވީރު މުހިއްމު ރޯލެއް ކުޅުނު ފިލްމެކެވެ.
ކެޓްރީނާ ވަނީ ޒޯޔާގެ 2011 ގެ ފިލްމު "ޒިންދަގީ ނާ މިލޭގީ ދޮބާރާ" ގައި މަސައްކަތްކޮށްފަ އެވެ.
ޒޯޔާގެ އާ ފިލްމުގެ އެންމެ ޝައުގުވެރި ކަމަކަށްވާނީ ރަންވީރާއި ކެޓްރީނާގެ ޖޯޑު މުޅިން އަލަށް ސްކްރީނަށް އައުމެވެ. ނަމަވެސް މި ފިލްމާ ބެހޭ ގޮތުން ޒޯޔާ އަދި އެއްވެސް ވާހަކައެއް ރަސްމީކޮށް ނުދައްކަ އެވެ.
މި ފިލްމު ޕްރޮޑިއުސްކުރާނީ ޒޯޔާގެ ކޮއްކޮ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ ފިލްމު ކުންފުނި އެކްސެލް އެންޓަޓައިންމަންޓުންނެވެ.
"ދަ ޑިޕާޓެޑް" އަކީ 79 ވަނަ އޮސްކާ އެވޯޑްސްގައި ހަތަރު އެވޯޑް ގެންދިޔަ ވަރަށް ކާމިޔާބު ފިލްމެކެވެ. އެ ފިލްމަށް ލިބުނު އޮސްކާގެ ތެރޭގައި މޮޅު ފިލްމު، މޮޅު ޑައިރެކްޓަރު، މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ އަދި މޮޅު އެޑިޓިން ހިމެނެ އެވެ.
ޖުމްލަ 90 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 291.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
ރަންވީރާއި ކެޓްރީނާގެ ކުރިމަތިލުމެއް
"ޖީ ލޭ ޒަރާ"ގެ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ
"ޑޮން 3"ގެ ކާސްޓަށް ކިއާރާ ނަގައިފި
ވިކީ އަށް "ޕަދުމާވަތު" ގެއްލުނީ ދީޕިކާއާ ހެދި
ކެޓްރީނާ އާއި ވިކީ އެކުގައި ފިލްމެއް ކުޅެނީ
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި
"ޖީ ލޭ ޒަރާ" ގެ ރޯލެއް ފަރުހާން ވެސް ކުޅޭނެ
"ސޫރިޔަވަންޝީ" އަންނަ މަހު ނެޓްފްލިކްސް އަށް
ކޮވިޑްގެ ފަހުން 100 ކްރޯޑް "ސޫރިޔަވަންޝީ" އަށް
އަންހެން ފުލުހަކަށް ފިލްމެއް ހަދަން އެދުނިން: ކެޓްރީނާ