10 ޖުލައި 2020
މާލެ ސަރަހައްދުން ކޮވިޑް-19 ފެނުމުން އިއުލާންކުރި ލޮކްޑައުން އަށް ބޮޑު ލުޔެއް ދިނުމާއެކު، ބަލި ޖެހޭ މީހުންގެ ކޮންޓެކްޓްސް ދިވެހިންގެ ތެރޭގައި އަނެއްކާ ވެސް އިތުރުވާން ފަށައިފި ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުން ކޮވިޑް-19 ފެނުމުން އިއުލާންކުރި ލޮކްޑައުން އަށް ބޮޑު ލުޔެއް ދިނުމާއެކު، ބަލި ޖެހޭ މީހުންގެ ކޮންޓެކްޓްސް ދިވެހިންގެ ތެރޭގައި އަނެއްކާ ވެސް އިތުރުވާން ފަށައިފި ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެ އެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އެންމެ ފުރަތަމަ ބަލި ފެތުރިގެން އުޅުނު އިރު ބަލި ޖެހޭ މީހުންގެ ކޮންޓެކްޓްސް ވަރަށް ގިނަވި ކަމަށެވެ. ނަމަވެސް ލޮކްޑައުންކޮށް، މީހުންނަށް ތަންތަނަށް ނުދެވޭ ގޮތް ހެދުމުން، ހާއްސަކޮށް ދިވެހިންގެ ތެރޭގައި ބައްދަލުވާ މީހުން ވަރަށް ބޮޑަށް ދަށްވިކަން ފާހަގަކުރެއްވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ލޮކްޑައުންއަށް ލުއިތައް ދިނުމުން އަނެއްކާ ވެސް، އެކަކު އަނެކަކާ ދިމާވާ މީހުން ވަރަށް ބޮޑަށް ގިނަވާން ފަށާފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ދިވެހިންގެ ތެރޭގައި އެކަން ފާހަގަވެފައިވާކަމަށް ވިދާޅުވި އެވެ. އޭނާ ވަނީ ކޮންމެހެން ދާން ޖެހޭ ތަންތަނަށް ނޫނީ ނުދިއުމަށާއި ބައްދަލުވާނެ ވަކި ބައެއްގެ ކުޑަ ގްރޫޕްއެއް ކަނޑައަޅާފައި ބޭއްވުމަށް އިލްތިމާސްކުރައްވައިފަ އެވެ.
މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމަކީ އެޗްޕީއޭ އިން މި ހާލަތުގައި ދެމުން އަންނަ އާންމު އިރުޝާދުތަކެކެވެ. ޑރ. ނަޒްލާ ވިދާޅުވީ އޮފީހަށާއި އެހެން ތަނަނަށް ދާއިރު ވެސް މި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާ ނަމަ ބަލި ފެތުރުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ.
"އެހެން މީހުންނާ ބައްދަލުކުރާ އިރު ވެސް ރަނގަޅަށް މާސްކު އަޅާފައި، ދަތްދޮޅީގަ ނޫނީ ނޭފަތުގައެއް ނޫން، އަނގަޔާއި ނޭފަތް އެއްކޮށް ނިވާވާ ގޮތަށް އަޅައިގެން ޑިސްޓަންސިން ބަހައްޓައިފިއްޔާ، ސިމްޓަމްސް ނުހުންނަ މިހަކު ޕޮޒިޓިވް ވިޔަސް އޭނާއާ އެ ވަގުތު ދިމާވި މީހުން ކޮންޓެކްޓުން ގޮތުގައި ނުބަލާނަން،" ކޮންޓެކްޓް ޓްރޭސިންގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ލޮކްޑައުން އަށް ލުއިތައް ދިނުމުން ބަލީގެ އަލާމާތްތައް ހުރެ ވެސް މީހުން ތަންތަނަށް ދާކަން ފާހަގަވެފައި ވެ އެވެ. ބައެއް މީހުން ޕޮޒިޓިވް ވެގެން ބަލާއިރު ކުޅޭށާއި ކޮފީތަކަށް ވެސް ގޮސް މީހުންނާ ވަރަށް ބޮޑަށް ބައްދަލުވެފައި ހުންނަ ކަމަށް ވިދާޅުވި އެވެ.
ކަރަންޓީންގައި ހުންނަ ތަންތަނަށް ނުދިއުމަށް އަންގާފައި އޮންނަ އިރު ވެސް ބައެއް މީހުން ކަރަންޓީންކޮށްފައި ތިބޭ މީހުން ތިބޭ ގެތަކަށް ވެސް ދާކަން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"އޭނާ ޕޮޒިޓިވް ވީމާ ދެން ބިރުން އައިސް މި ބުނަނީ ތިމަންނަ އަށް ދެވުނޭ އޭނަ ކައިރިއަށް ކަރަންޓީންގަ ހުއްޓާ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ 2،553 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 13 މީހަކު ވަނީ މަރުވެފަ އެވެ. އަދި 2،229 މީހުން ރަނގަޅުވެ މިހާރު ތިބީ ޕޮޒިޓިވް 306 މީހުންނެވެ.
ލުއިތަކާ އެކު ވެސް ކޮވިޑް މައިތިރި؛ ސަބަބަކީ ކޮބާ؟
ރަށްރަށުން ސާމްޕަލް ދިނުމަށް ދެކޮޅު ހަދާ މައްސަލަ ބޮޑު
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި
ކޮވިޑް ޖެހިގެން އައިސީޔޫގައި އަށް މީހަކަށް ފަރުވާދެނީ
ވެންޓިލޭޓަރުތައް ލަސްވަނީ ފުލް ޕޭމަންޓަށް އެދޭތީ
އިތުރު 45 މީހަކު ޕޮޒިޓިވްވެއްޖެ
ބަލި ފެތުރޭ މިންވަރު އިތުރުވާކަމުގެ ނިޝާންތަކެއް!
މާލޭގެ ހާލަތު އަދި ރަނގަޅު، އެކަމަކު ކަންބޮޑުވޭ:ޓެގު
އެކެއްގެ 74 ކޮންޓެކްޓްސް، 33 ދިވެއްސަކު ޕޮޒިޓިވް
ބަލީގެ އަލާމާތްތަކާ އެކު ކުޅޭށާއި ކޮފީއަށާއި އޮފީހަށް