Roadha Mihaaru
ފަހުން ހަގީގަތް ހާމަވާނެ: އަލީ ވަހީދު

ހަގީގަތް ހާމަވާނެ، ކުރެވުނު ޚިދުމަތްތަކަށް ފަޚުރުވެރިވަން: އަލީ ވަހީދުު

08 ޖުލައި 2020

ފަހުން ހަގީގަތް ހާމަވާނެ ކަމަށާއި ގައުމަށް ކޮށްދެވުނު ޚިދުމަތްތަކާ މެދު ފަޚުރުވެރިވާ ކަމަށް އިސްތިއުފާ ދެއްވަން އަންގަވާފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަހުން ހަގީގަތް ހާމަވާނެ ކަމަށާއި ގައުމަށް ކޮށްދެވުނު ޚިދުމަތްތަކާ މެދު ފަޚުރުވެރިވާ ކަމަށް އިސްތިއުފާ ދެއްވަން އަންގަވާފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

މަސައްކަތުގެެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚުލާގީ މައްސަލަތަކެއްގެ ޝަކުވާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއްގެ ފަރާތުން ލިބިފައިވާތީ އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވަނީ އޭނާ އަށް އަންގަވައިފަ އެވެ. އެނގިިފައިވާ ގޮތުގައި ރައީސް އެގޮތަށް އެންގެވީ ޖިިންސީ ގޯނާގެ ތުހުމަތުތަކަކާ ގުޅިގެންނެވެ.

އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައިވަނީ އިހްލާސްތެރިކަމާ އެކު ގައުމާއި ރައްޔިތުންނަށް ޚިދުމަތްކޮށް ދެއްވުނީތީ ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށް ވިދާޅުވެ، އޭނާގެ ޓްވީޓްގައި ހިމަނާފައި ފޮޓޯގައި ވަނީ "މިދުވަސް ވެސް ހިނގައިދާނެ" ކަމަށެވެ.

އަލީ ވަހީދުގެ ޓްވީޓް

އެމްޑީޕީގެ ޗެއާޕާސަންކަން ކުރިން ކުރެއްވި އަދި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާ ދެއްވިކަން ނުވަތަ ނޫން ކަން އަދި ކަށަވަރެއް ނުވެ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ރައީސް އޮފީހުގެ އިތުރުން ޖެންޑާ މިނިސްޓްރީ އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ފުލުހުންނަށް ވެސް އެ މިނިސްޓްރީން އޮތީ ފޮނުވައިފަ އެވެ. އެކަމަކު އެ މައްސަލަތަކާ ގުޅިގެން ފުލުހުން އަދި ޖެންޑާގެ ބަހެއް ވެސް އަދި ނުލިބެ އެވެ.