Roadha Mihaaru
ލޮކްޑައުންގެ ލުޔާއެކު އޭސް ހާޑްވެއާގެ ބޮޑު ޕްރޮމޯޝަނެއް

ލޮކްޑައުންގެ ލުޔާއެކު އޭސް ހާޑްވެއާގެ ބޮޑު ޕްރޮމޯޝަނެއް

08 ޖުލައި 2020

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާނުކުރި ލޮކްޑައުން އަށް ދިން ލުޔާއެކު އޭސް ހާޑްވެއާއިން ބޮޑެތި ޑިސްކައުންޓުތަކާއެކު ޖުލައި މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާނުކުރި ލޮކްޑައުން އަށް ދިން ލުޔާއެކު އޭސް ހާޑްވެއާއިން ބޮޑެތި ޑިސްކައުންޓުތަކާއެކު ޖުލައި މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި އެ ފިހާރަ އިން ވިއްކާ ގިނަ އަދަދެއްގެ ސާމާނުން 65 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓު ލިބޭނެ އެވެ. މީގެ ތެރޭގައި އެ ފިހާރަ އިން ވިއްކާ ބާބަކިއު ގްރިލްތަކާއި ބާބަކިއު ހަދަން ބޭނުންވާ ސާމާނު ހިމެނެ އެވެ. އެ ފިހާރައިން ވިއްކާ ބާބަކިއު ގްރިލްތަކަކީ ގޭގެ ބެލްކަނީގައި ބަހައްޓާލެވޭނެހެން ތައްޔާރުކޮށްފައިވާ ކޮލިޓީ ރަނގަޅު އެއްޗިއްސެވެ. މިއީ ރިސޯޓުތައުގައި ބޭނުންކުރެވޭ ފެންވަރުގެ ގްރިލްތަކެއް ކަމަށް އޭސް ހާޑްވެއާ އިން ބުންޏެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ގޭތެރޭގައި ބަގީޗާ ހައްދާ މީހުންނަށް ބޭނުންވާ ސާމާނުން ވެސް ޑިސްކައުންޓުތައް ލިބޭނެ އެވެ. މީގެ ތެރޭގައި ބަގީޗާ ހައްދަން ބޭނުންވާ ޕޮޓާއި ޕޮޓުތަކަށް އަޅާ މިކްސް ވެސް ލިބެން ހުންނާނެ އެވެ.

އޭސް ހާޑްވެއާގެ ޖުލައި ސޭލްގައި ޑިސްކައުންޓު ލިބޭ ބައެއް ތަކެތި--

އޭސް ހާޑްވެއާގެ ޖުލައި ސޭލްގައި ޑިސްކައުންޓު ލިބޭ ބައެއް ތަކެތި--

އޭސް ހާޑްވެއާ އިން މާލޭގައި ހިންގަމުން އަންނަ ދެ ފިހާރައިން ވެސް މިހާރު ކަސްޓަމަރުންނަށް ހިދުމަތް ދޭއިރު އެ ފިހާރައިގެ ވެބްސައިޓުން ވެސް ވިޔަފާރި ކުރެވޭނެ އެވެ. އެ ފިހާރައިން ބުނީ ލޮކްޑައުންއާ ގުޅިގެން ކަސްޓަމަރުން އޮންލައިން ވިޔަފާރިކުރާ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ފިހާރަ އިން ލިބެން ހުރި ހުރިހާ ތަކެއްޗެއް ވެބްސައިޓުން ވެސް ލިބެން ހުންނާނެ ކަމަށް އެ ފިހާރަ އިން ބުންޏެވެ.

އޭސް ހާޑްވެއާގެ ވެބްސައިޓަކީ ކަސްޓަމަރުންނާ ރައްޓެހި ފަސޭހައިން ތަކެތި ބަލައިލެވޭނެ ވެބްސައިޓެކެވެ. މި ވެބްސައިޓު ފަރުމާކޮށްފައިވަނީ ގަންނަން ބޭނުންވާ ބްރޭންޑު ވަކިން ހިޔާރު ކުރެވޭ ގޮތަށް ވަކި ކެޓަގަރީތަކަށް ބަހާލައިގެންނެވެ.

މި ވެބްސައިޓުން ލިބެން ހުންނަ ސާމާނުގެ ތެރޭގައި ބަދިގެ ސާމާނާއި ގޭތެރެ ސާފުކުރަން ބޭނުންކުރާ ތަކެއްޗާއި އިންސެކްޓިސައިޑްސް އާއި ބާބަކިއު ގްރިލްސް އަދި ގާޑަނިން ސާމާނާއި، އުނގަންނައިދިނުމަށް ބޭނުންވާ ކުޅޭ އެއްޗެއްސާއި، ސްޓޭޝަނަރީޒް އަދި ހޯމް އެޕްލަޔަންސް އާއި ޕަވާ ޓޫލްސް ހިމެނެ އެވެ. އެ ވެބްސައިޓުންވިޔަފާރިކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ. އަދި ގަންނަ މުދާ ހިލޭ ޑެލިވަރީ ވެސް ކޮށްދޭނެ އެވެ.