08 ޖުލައި 2020
މިލާން (ޖުލައި 8) – އޭސީ މިލާން އަތުން 4-2 އިން ބަލިވެ ޔުވެންޓަސް އަށް އިޓާލިއަން ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ރޭ ގެއްލިއްޖެ އެވެ.
މިލާން (ޖުލައި 8) – އޭސީ މިލާން އަތުން 4-2 އިން ބަލިވެ ޔުވެންޓަސް އަށް އިޓާލިއަން ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ރޭ ގެއްލިއްޖެ އެވެ.
ތާވަލުގެ ދެ ވަނައިގައި އޮތް ލާޒިއޯ ރޭ ރެލިގޭޝަން ޒޯނުގައި އޮތް ލެއްޗޭ އަތުން 2-1 އިން ބަލިވެފައިވާތީވެ، މިލާން އަތުން މޮޅުވެ ބޮޑު ލީޑަކާ އެކު ލީގު ގާތްގަނޑަކަށް ކަށަވަރުކުރަން ޔުވެންޓަސް އަށް އޮތީ ފުރުސަތު ލިބިފަ އެވެ.
ޔުވެންޓަސް މިހާރު އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑެއްގަ އެވެ. އެ ޓީމަށް 31 މެޗުން 75 ޕޮއިންޓް ވަނީ ލިބިފަ އެވެ. އަދި ލާޒިއޯ ދެ ވަނައިގައި އޮތީ 31 މެޗުން 68 ޕޮއިންޓާ އެކު އެވެ. ލާޒިއޯ އިން ބުނީ ލީގު ހޯދުމުގެ ވިސްނުމެއް މިހާރު ނެތް ކަމަށާއި ޓާގެޓަކީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުން ކަމަށެވެ.
ރޭގެ މޮޅާ އެކު މިލާން ވަނީ 31 މެޗުން 49 ޕޮއިންޓް ހޯދައި ތާވަލުގެ ފަސް ވަނަ އަށް އަރައިފަ އެވެ. މިއީ އަންނަ ސީޒަނުގެ ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދަން ބޭނުން ނަމަ މިލާން އޮންނަން ޖެހޭނެ މަގާމެވެ. އެކަމަކު އަދިވެސް ޖާގަ ކަށަވަރެއް ނޫނެވެ.
ތާވަލުގެ ހަ ވަނައިގައި އޮތް ރޯމާ މިރޭ ޕާމާއާ ދެކޮޅަށް ކުޅޭ މެޗު އަދި ހަތް ވަނައިގައި އޮތް ނަޕޯލީ މިރޭ ޖެނޯއާއާ ދެކޮޅަށް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން މިލާން ހަތް ވަނަ އަށް ވެއްޓިދާނެ އެވެ. ރޯމާ އާއި ނަޕޯލީ އަށް 30 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ.
މިލާނުގެ ސެންސީރޯގައި ރޭ ކުޅުނު މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ޔުވެންޓަސް އިން ދެ ގޯލުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ލަނޑު 47 ވަނަ މިނެޓުގައި ފްރާންސް މިޑްފީލްޑަރު އެޑްރިއެން ރަބިއޯ ޖެހިއިރު ދެ ވަނަ ގޯލް 53 ވަނަ މިނެޓުގައި ވައްދާލީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
އެކަމަކު މިލާނުން ވަނީ ހަ މިނެޓު ތެރޭ ތިން ގޯލް ޖަހައި ފަހަތުން އަރައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ފުރަތަމަ ގޯލު ޖަހައިދިނީ 62 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޒަލަޓާން އިބްރަހިމޮވިޗެވެ. މިއީ އޭރިއާ ތެރެއިން ޔުވެންޓަސްގެ ކެޕްޓަން ލެއޮނާޑޯ ބޮނޫޗީ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
މިލާނަށް އެއްވަރުކޮށްދިނީ 66 ވަނަ މިނެޓުގައި އައިވަރީ ކޯސްޓް މިޑްފީލްޑަރު ފްރޭންކް ކެސިއޭ އެވެ. އަދި އޭގެ މިނެޓެއް ފަހުން ޕޯޗުގީސް ޒުވާން ފޯވާޑް ރަފައެލް ލީއޯ އެ ޓީމަށް ލީޑު ނަގައިދިނެވެ. ފަހު ގޯލް 80 ވަނަ މިނެޓުގައި ޖެހީ އަންޓެ ރެބިޗެވެ.
މި ސީޒަނުގެ ވަކި ހިސާބަކުން މިލާނާ ހަވާލުވި ކޯޗު ސްޓެފާނޯ ޕިއޯލީއާ އެކު އެ ޓީމު ވަނީ ފޯމް ރަނގަޅުކޮށްފަ އެވެ. އެގޮތުން ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އެ ޓީމު ވަނީ ރޯމާ އާއި ލާޒިއޯ ވެސް ބަލިކޮށްފަ އެވެ. އެކަމަކު ވަގުތީ ގޮތުން ހަވާލުކުރި ޕިއޯލީ އަށް ކުރިމަގެއް ނެތެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިލާނުން ވަނީ އާރްބީ ލީޕްޒީގުގެ ކުރީގެ ކޯޗު ޖަރުމަނުގެ ރާފް ރަޖްނިކްއާ އެކު އަންނަ ސީޒަނަށް އެއްބަސްވެފަ އެވެ. އޭނާ އަށް ދޭނީ ކޯޗުގެ އިތުރުން ޓެކްނިކަލް ޑިރެކްޓަރުގެ ރޯލް ކަމަށްވެ އެވެ.
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ހަ މެޗަށް ފަހު އިންޓަގެ މައްޗަށް މިލާން ކުރި ހޯދައިފި
މިލާންގެ ޖޯޒީގައި ކުޅުންތެރިންގެ މަންމަގެ ނަން
މޮންޒާ؛ ވަރުގަދަ މިލާނަށް ލަނޑުދީ ހިތްދަތި ކޮށްލައިފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ތިއޯއަށް އާ މަގާމެއް، އެއީ އޭނާ ބޭނުންވި ގޮތް: ކޯޗު
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ޖިރޫ ގޯލުގައި ތަފާތު ދައްކައި މިލާން މޮޅުކޮށްދީފި
އިންޓަ އަތުން ވިދިވިދިގެން ފަސް މެޗުން މިލާން ބަލި
ޗެލްސީގައި ފެއިލްވި ޕުލިސިޗް އިޓަލީ ލީގު ފެށުން ގަދަ