އޮންލައިންކޮށް ނޫން ގޮތަކަށް ވޯކް ވިސާ ފީ ނުދެއްކޭ ގޮތަށް އިމިގްރޭޝަނުން ބަދަލު ގެނެސްފި އެވެ.
05 ޖުލައި 2020
އޮންލައިންކޮށް ނޫން ގޮތަކަށް ވޯކް ވިސާ ފީ ނުދެއްކޭ ގޮތަށް އިމިގްރޭޝަނުން ބަދަލު ގެނެސްފި އެވެ.
އިމިގްރޭޝަނުން ބުނީ، މިއީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ގައިދުރުކަން ބަހައްޓައިގެން އެ އިދާރާގެ ހިދުމަތްތައް ދިނުމަށް ގެނައި ބަދަލެއް ކަމަށެވެ. އޮންލައިންކޮށް ވޯކް ވިސާ ފީ ދެއްކުމުގެ އިހްތިޔާރު މީގެ ކުރިން ދީފައި ވި ނަމަވެސް، މިއަދުން ފެށިގެން މި ފީ ދެއްކޭނީ އޮންލައިންކޮށް އެކަންޏެވެ.
Changes to work visa fee collection process.
— Maldives Immigration (@ImmigrationMV) July 5, 2020
More details: https://t.co/QTm0T1zPJr
Visit https://t.co/Msm4LCo6tm to pay work visa fee online.#Staysafe pic.twitter.com/jCt57VTrCp
އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއް
ކޮވިޑްގެ ހާލަތު ރަނގަޅުވަންދެން ވެސް އަމަލުކުރާނީ މި އުސޫލާ އެއްގޮތަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ނަމަވެސް ހާލަތު ރަނގަޅުވުމުން ކުރިއެކޭ އެއްގޮތަށް އިމިގްރޭޝަން އޮފީހަށް ގޮސް، ފައިސާ ދެއްކޭނެ ގޮތަށް އުސޫލު ބަދަލު ކުރަން އަދި ނުނިންމަ އެވެ.
މި ހިދުމަތް ހޯދަން workpermit.egov.mv ވެބްސައިޓަށް ވަދެ، "އެކްސްޕެޓް އޮންލައިން ސިސްޓަމް" ބޭނުންކުރުމުން ލިބޭނެ އެވެ. ވޯކް ވިސާ އަށް ފައިސާ ދެއްކުމާ ގުޅޭ ކަންކަމަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުން ނަމަ، ވޯކް ވިސާ ހޮޓްލައިން 9199153 އަށް ގުޅަން އިމިގްރޭޝަނުން ވަނީ އެދިފައި އެވެ.
ކޮވިޑް ފެތުރުން ހުއްޓާލުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ބަންދުކުރުމުން، އިމިގްރޭޝަނުން ދެމުން އައި ގިނަ ހިދުމަތްތަކެއް ހުއްޓުނެވެ. މިކަމާ ގުޅިގެން ކުރިމަތިވި ދަތިތަކަށް އިމިގްރޭޝަނުން ވަނީ ގިނަ ލުއިތަކެއް ހޯދައިދީފައި އެވެ. ވިސާ ފީ ނުދެއްކި، މުއްދަތު ހަމަވި މީހުންގެ އަތުން ޖޫރިމަނާ ނުނަގާ މުއްދަތު ވެސް އިމިގްރޭޝަނުން ވަނީ އިތުރުކޮށްފައި އެވެ. އަދި ވޯކް ވިސާ ނޫން ވިސާތަކުގައި ރާއްޖެ އައި މީހުން، ވިސާ އާ ނުކޮށް އެ މީހުންގެ ގައުމަށް އަނބުރާ ދެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސަދީފައި އެވެ. މީގައި ޓޫރިސްޓް ވިސާ އާއި ބިޒްނަސް ވިސާ އަދި ސްޓުޑެންޓް ވިސާގައި އައި މީހުން ހިމެނެ އެވެ.
ވިސާގެ ޖޫރިމަނާ ދައްކަން ނުޖެހޭ މުއްދަތު އިތުރުކޮށްފި
ކޮންމެ ވަގުތެއްގައި ވެސް މިހާރު ވިސާ އަށް ހުށަހެޅޭނެ
ބިދޭސީންގެ ޖޫރިމަނާ ފައިސާ ދައްކަން އިތުރު މުއްދަތެއް
ޖޫރިމަނާ ފައިސާ ދެއްކި 20ކުންފުނީގެ ނަން އާންމުކޮށްފި
ތިން ހަފުތާގެ ތެރޭގައި 182 މިލިއަން ލިބިއްޖެ
ބިދޭސީންގެ ފީ ނުދައްކާ ބޮޑެތި ކުންފުނިތައް އާއްމުކޮށްފި
ޑިޓެންޝަންސެންޓަރު ހުޅުވައި، ލިޔުން ނެތް މީހުން ނަގަނީ
ގަވާއިދަށް ނުފެތޭ ބިދޭސީން ހުޅުމާލެ އަށް
ވޯކް ވިސާގައި އައި ބިދޭސީން 75 ޕަސެންޓް މަދު
ވިސާ ފީ ނުދެއްކި ޖޫރިމަނާވާތީ ކަންބޮޑުވެއްޖެ