17 މެއި 2020
ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، މާލެ ލޮކްޑައުންކޮށްފައިވާތީ ވޯކް ވިސާ ފީ ދެއްކުމުގައި ދަތިވެ، ޖޫރިމަނާ އަރާތީ ސީ ވޯލްޑް މޯލްޑިވްސް އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، މާލެ ލޮކްޑައުންކޮށްފައިވާތީ ވޯކް ވިސާ ފީ ދެއްކުމުގައި ދަތިވެ، ޖޫރިމަނާ އަރާތީ ސީ ވޯލްޑް މޯލްޑިވްސް އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސީ ވޯލްޑަކީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އިތުރުން އަމިއްލަ ފަރުދުން ގެންނަ ބިދޭސީންގެ ވޯކް ވިސާ ފީ ދައްކަމުން އަންނަ އޭޖެންސީ އެކެވެ. މީގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސަސް އާއި އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީ އާއި ޕީއެސްއެމް އަދި ގިނަ އަދަދެއްގެ ކައުންސިލް އިދާރާތައް ވެސް ހިމެނެ އެވެ.
މި މަހުގެ 15 ގައި އެ އެޖެންސީން އިމިގްރޭޝަނަށް ފޮނުވި ސިޓީގައި ބުނީ މާލެ ލޮކްޑައުންކުރުމާ ގުޅިގެން ވިސާ ފީ ނުދެއްކި ޖޫރިމަނާ އަރަމުން އަންނަ ކަމަށެވެ. އެ ކުންފުނިން އެދުނީ މިކަމަށް ކޮންމެވެސް ހައްލެއް ހޯދައި ދިނުމަށެވެ.
ލޮކްޑައުންއާ އެކު ސަރުކާރުގެ ގިނަ އިދާރާކުގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސި އެވެ. ވޯކް ވިސާ ފީ ވެސް އޮންލައިންކޮށް ދެއްކެ އެވެ. އެކަމަކު އެގޮތަށް ވިސާ ފީ ދެއްކުމުގައި ވަކި ފަރުދުންގެ އެކައުންޓަށް ފައިސާ ޖަމާ ކުރުމަކީ ބޮޑެތި ކުންފުނިތަކުން ނުކުރާ ކަމަކަށް ވާތީ، ފީ ދެއްކުމުގައި ދަތިތައް ދިމާވާ ކަމަށް ސީވޯލްޑް ގެ ސިޓީގައި ވަނީ ބުނެފަ އެވެ.
ސީ ވޯލްޑުން ބުނި ގޮތުގައި ރާއްޖޭގެ ގިނަ ކުންފުނިތަކުން އެ ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ވިސާ ފީ ދައްކަމުން އަންނަނީ މީރާއަށް ޗެކު ލިޔެގެން ނުވަތަ އޭޖެންސީތައް މެދުވެރިކޮށްގެންނެވެ. އަދި ގިނަ ކުންފުނިތަކުން އޮންލައިން ބޭންކިން ހަދާފައިވާ ނުވުމާއި އޮންލައިން ޓްރާންސްފާ ރިކުއެސްޓު ކުރުމުގައި ސައިން ހޯލްޑަރުންގެ ސޮއި ނުލިބުމަކީ ވެސް ފީ ދެއްކުމުގައި ލަސްވާ ސަބަބުތައް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ބައެއް ކުންފުނިތަކާއި އޭޖެންސީތަކުގެ މުވައްޒަފުން ވަޒީފާއަށް ނުކުތުމުގައި ހުއްދަ ލިބުން ދަތި ކަމަށާއި މި ދަނޑިވަޅު ބައެއް ކުންފުނިތަކާއި އޭޖެންސީތަކަށް ފައިސާ ލިބޭ ގިނަ ދޮރުތައް ބަންދުވެފައި ވުމުން ވެސް ވިސާ ފީ ދެއްކުން ލަސްވާ ކަމަށް ސީވޯލްޑުން ބުންޏެވެ.
އެ އެޖެންސީން ބުނީ މި ސަބަބުތަކާ ހުރެ ފީ ދެއްކުން ލަސްވި ނަމަވެސް ޖޫރިމަނާ ނާރާގޮތަށް ހަދައި ދިނުމަކީ ކުދި ވިޔަފާރިތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.
ވިސާގެ ޖޫރިމަނާ ދައްކަން ނުޖެހޭ މުއްދަތު އިތުރުކޮށްފި
ބިދޭސީންގެ ޖޫރިމަނާ ފައިސާ ދައްކަން އިތުރު މުއްދަތެއް
ޖޫރިމަނާ ފައިސާ ދެއްކި 20ކުންފުނީގެ ނަން އާންމުކޮށްފި
ތިން ހަފުތާގެ ތެރޭގައި 182 މިލިއަން ލިބިއްޖެ
ބިދޭސީންގެ ފީ ނުދައްކާ ބޮޑެތި ކުންފުނިތައް އާއްމުކޮށްފި
ވޯކް ވިސާ ޖެހި ޕާސްޕޯޓް ނަގަން އޭންޓް ކިއު ނަންބަރެއް
ޑިޓެންޝަންސެންޓަރު ހުޅުވައި، ލިޔުން ނެތް މީހުން ނަގަނީ
ވޯކް ވިސާ ފީ ދެން ދައްކަން ޖެހޭނީ އޮންލައިންކޮށް
ކޮންމެ ވަގުތެއްގައި ވެސް މިހާރު ވިސާ އަށް ހުށަހެޅޭނެ
14 ތަނެއް ބެލިއިރު، 25 ބިދޭސީއަކު ގަވައިދާ ޚިލާފު