03 ޖުލައި 2020
އިސްތަންބޫލް (ޖުލައި 3) - ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި ކަމަށް ތުހުމަތު ކުރެވޭ ސައުދީގެ 20 މީހެއްގެ މައްޗަށް ޣައިރު ހާޒިރުގައި، އިސްތަންބޫލްގެ ކޯޓެއްގައި ޝަރީއަތް މިއަދު ފަށައިފި އެވެ.
އިސްތަންބޫލް (ޖުލައި 3) - ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި ކަމަށް ތުހުމަތު ކުރެވޭ ސައުދީގެ 20 މީހެއްގެ މައްޗަށް ޣައިރު ހާޒިރުގައި، އިސްތަންބޫލްގެ ކޯޓެއްގައި ޝަރީއަތް މިއަދު ފަށައިފި އެވެ.
ވޮޝިންޓަން ޕޯސްޓަށް ލިޔަމުން އައި ކޮލަމިސްޓް، އުމުރުން 59 އަހަރުގެ ޚާޝުގްޖީ މަރާލީ އިސްތަންބޫލްގައި ހުންނަ ތުރުކީ ކޮންސިއުލޭޓުގައި އޮކްޓޯބަރު 2، 2018 ގަ އެވެ. ކޮންސިއުލޭޓަށް ޚާޝުގްޖީ ވަނީ ތުރުކީ މީހަކާ ކައިވެނި ކުރަން ބޭނުންވާ ލިޔުންތަކެއް ހޯދުމަށެވެ.
ތުރުކީގެ އޮފިޝަލުން ބުނެފައި ވަނީ ކާޝުގުޖީ މަރާލާފައި ވަނީ ކޮންސިއުލޭޓް ތެރޭގައި ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ބައިތައް އަދިވެސް ފެނިފައެއް ނުވެ އެވެ.
ޚާޝުގްޖީގެ މަރާ ގުޅިގެން ސައުދީގެ 20 މީހެއްގެ މައްޗަށް ދައުވާ ކުރަން ތުރުކީން ވަނީ މާޗް މަހު ނިންމައިފަ އެވެ. އޭގެ ތެރޭގައި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ކުރީގެ ދެ އިސް އެހީތެރިން ވެސް ހިމެނެ އެވެ. ތުރުކީން ތައްޔާރުކުރި ދައުވާގައި ބުނެފައިވާ ގޮތުގައި ޚާޝުގްޖީ މަރާލުމުގެ ރޭވުންތައް ރާވައި އެކަމުގެ އެންމެ އިސް މޭސްތިރިއަކީ ސައުދީގެ ކުރީގެ ޖާސޫސީ އިސްވެރިޔާ އަހުމަދު އަލް އާސިރީ އެވެ. އޮޕަރޭޝަން ލީޑްކުރި ކަމަށް ތުހުމަތުކޮށްފައި ވަނީ ސައުދީ ރޯޔަލް ކޯޓުގެ ކުރީގެ މީޑިއާ އެޑްވައިޒަރު ސައުދު އަލް ތަހުތާނީގެ މައްޗަށެވެ. ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމުގެ އަމުރެއް ވެސް ތުރުކީން ކުރިން ވަނީ ނެރެފަ އެވެ.
ޚާޝުގްޖީގެ މަރާ ގުޅިގެން ސައުދީން ވެސް ޑިސެމްބަރު މަހު ވަނީ އެ ގައުމުގެ ފަސް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފަ އެވެ.
ސައޫދީ ވަލީއަހުދަށް ޚާޝުގްޖީގެ މަރުގެ ދައުވާ ނުކުރެވޭނެ
ހާޝުގުޖީގެ މައްސަލާގައި ފަސް މީހަކަށް މަރުގެ ހުކުމް
ޚާޝުގްޖީގެ ހަށިގަނޑުވަނީ އަވަނަކަށްލައި އަންދާލާފައި
ނޫސްވެރިޔާގެ މަރުގެ ތަހުގީގު ޓީމު ތުރުކީގައި
ޚާޝުގްޖީގެ މަރުގެ ބައިނަލްއަގުވާމީ ތަހުގީގަކަށް ތައްޔާރު
ތުރުކީގެ ހުށަހެޅުމަށް ސައުދީން އަނެއްކާވެސް ދެކޮޅު
ނޫސްވެރިޔާގެ ފަހު ބަސް: އަހަންނަކަށް ނޭވާއެއް ނުލެވޭ
ސައޫދީން ތުރުކީގައި 5 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފި
ރަޝިޔާ އާއި ޔޫކްރޭނުން އަސީރުން ބަދަލުކޮށްފި
ސައޫދީ ވަލީ އަހުދުގެ ބަހުގެ ހަމަލާތަކެއް ބައިޑެން އަށް