30 ޖޫން 2020
ގާތްގަނޑަކަށް ހަތަރު މަހަށް ފަހު މާދަމާ ސްކޫލުތައް ހުޅުވާނެ އެވެ. އެކަމަކު ފެންނާނީ ތަފާތު މަންޒަރެކެވެ. މީގެ ކުރިން ހަލަބޮލިކޮށް ފެނުނަސް، ގައިދުރުކޮށް ތިބުމަށް ހަނދާންކޮށް ސްކޫލުގެ އެކި ހިސާބުތަކުގައި ވަނީ ޕޯސްޓަރުތައް ބަހައްޓައިފަ އެވެ. ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ގައިދުރުކޮށް ތިބުމަކީ މުހިއްމު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ގާތްގަނޑަކަށް ހަތަރު މަހަށް ފަހު މާދަމާ ސްކޫލުތައް ހުޅުވާނެ އެވެ. އެކަމަކު ފެންނާނީ ތަފާތު މަންޒަރެކެވެ. މީގެ ކުރިން ހަލަބޮލިކޮށް ފެނުނަސް، ގައިދުރުކޮށް ތިބުމަށް ހަނދާންކޮށް ސްކޫލުގެ އެކި ހިސާބުތަކުގައި ވަނީ ޕޯސްޓަރުތައް ބަހައްޓައިފަ އެވެ. ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ގައިދުރުކޮށް ތިބުމަކީ މުހިއްމު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
މިދިޔަ މާޗު 12 އިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައި އޮތް ކަމުގައި ވިއަސް އޮންލައިންކޮށް ކިޔަވައިދިނުމުގެ އިތުރުން ޓެލިކިލާސް ކުރިއަށް ގެންގޮސްފައިވެ އެވެ. އެކަމަކު އެހާ ގިނަ ދުވަހަށް ފަހު ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ސްކޫލުތައް ވަނީ ފުރިހަމައަށް ތައްޔާރުވެފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައިވާ ގޮތުން، މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ކިޔަވައިދޭނީ ގްރޭޑު 9 އިން ފެށިގެން މައްޗަށެވެ. އެ ބަލީގެ ނުރައްކަލެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑަކަށް ވެސް ކިޔަވައިދޭނެ އެވެ. އެހެންވެ މާލެ ސަރަހައްދުގައި ފުރަތަމަ ކިޔަވައިދޭން ފަށާނީ ގްރޭޑު 9 އިން ފެށިގެން މައްޗަށެވެ.
ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދު ވިދާޅުވި ގޮތުގައި ގްރޭޑު 9-10 ގައި 254 ދަރިިވަރުން ކިޔަވަމުން އަންނަ ކަމަށެވެ.
ތާޖުއްދީން ސްކޫލުގެ ގޭޓާ ކައިރީގައި، ގައިދުރުކޮށް ތިބުމަށް ހަނދާންކޮށް ސްޓިކާ ތަތްކޮށްފައި-- ފޮޓޯ: އަހުމަދު އަވްޝަން
މީގެ ކުރިން އެ ގްރޭޑުތަކުގެ ކްލާސްތައް ބަހާލާފައި އޮތީ ފަސް ކްލާހަކަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ގައިޑްލައިނާ އެކު، ކްލާސްތައް ދެ ބަޔަކަށް ބަހާލައި ގްރޭޑު 9 އަދި 10 އަށް ޖުމްލަ 20 ކްލާސް ވަނީ ހަމަޖައްސައިފަ އެވެ. މީގެ ކުރިން ކްލާހެއްގައި ގިނަ ވެގެން 30 ކުދިން ތިބޭނެ އެވެ.
ގްރޭޑު 9 ގެ ދަރިވަރުން ހެނދުނު 8:00 އަށް އަދި ގްރޭޑު 9 ގެ ދަރިވަރުން ސްކޫލަށް ދާންޖެހޭނީ 8:45 އަށެވެ. އެހެންވެ ގޭޓު ދޮށުން ސްކޫލުގެ ތޮއްޖެހުން ކުޑަވެގެންދާނެ އެވެ.
އެއް ގޭޓު، ތިން ކްލާހެއްގެ ދަރިވަރުން ބޭނުންކުރާއިރު ދެން ހުރި ގޭޓް ބޭނުންކުރާނީ ބާކީ ހުރި ދެ ކްލާހުގެ ދަރިވަރުންނެވެ. ދުރުދުރުގައި ތިބެން އެ ހިސާބުން ފެށިގެން ހަނދާންކޮށް މާކުތައް ޖަހާފައިވެ އެވެ. އެ ދުރުމިނުގައި ތިބެ ދަރިވަރުން ދެން ދާންޖެހޭނީ ސްކޫލު ހޯލަށެވެ. ހުން ހުރިވަރު ބެލުމަށް ފަހު ސެނިޓައިޒްކޮށް ދެން ދާނީ ކްލާހަށެވެ. ހުން ބެލުމަށް ފަހު، 38 ޑިގްރީ ސެލްސިއަސް އަށްވުރެ މަތި ނަމަ ކްލާސްރޫމަކަށް ދަރިވަރުން ނުވައްދާނެ އެވެ.
ތިން ފޫޓެއްހާ ދުރުމިނެއް ބަހައްޓައި މޭޒުތަކުގައި ވަނީ ކުދިންގެ ނަން ޖަހައިފަ އެވެ. ކިޔެވުން ފެށުމުގެ ކުރިންނާއި އޭގެ ފަހުން ތަން ޑިސްއިންފެކްޓް ކުރާނެ އެވެ.
ގައިދުރުކަން ބެހެއްޓުމާއި ސާފުތާހިރުކަމަށް ސަމާލުވުމަށް ހަނދާންކޮށް، ހިރިޔާ ސްކޫލުގައި ކުރަހާފައިވާ މަންޒަރެއް.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ރިންޒީ ވިދާޅުވީ ދަރިވަރުން ސްކޫލަށް ހާޒިރުނުވުމަކީ ސްކޫލަކުން އެންމެ ދެރަވާނެ އެއް ކަމެވެ. އެހާ ގިނަ ދުވަހަށް ފަހު ދަރިވަރުންނާ ބައްދަލުވެވޭތީ ވަރަށް އުފާވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ރެޑީގައި މި ތިބީ. އަޅުގަނޑުމެންގެ އުއްމީދަކީ ހުރިހާ ކުދިން ވެސް، ބެލެނިވެރިން ފޮނުވާނެ ކަމަށް. ސްކޫލު މި އޮތީ މި ހާލަތަށް ރެޑީވެފައި. އައިސޮލޭޝަން ރޫމެއް ވެސް ހުންނާނެ ވަކިން ތައްޔާރުކޮށްފައި،" ރިންޒީ ވިދާޅުވި އެވެ.
ނިއު ނޯމަލްގައި ވެސް އެންމެ ގިނަ ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭނެ އެއް ސްކޫލަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ގްރޭޑު 9-12 ގައި 600 ދަރިވަރުން ކިޔަވާ ކަމަށެވެ. އެކަމަކު ބައެއް ކުދިން، މާލޭގައި ނެތުމުން، ސީދާ ސްކޫލަށް ހާޒިރުވާ ދަރިވަރުންގެ އަދަދު އެއަށްވުރެ މަދުވާނެ އެވެ.
ރަޝީދު ވިދާޅުވީ އަހުމަދިއްޔާގައި، ދަރިވަރުން ސްކޫލަށް ހާޒިރުވާންޖެހޭނީ ދެ ދުވަހު ކަމަށެވެ. ބާކީ ދެ ދުވަހު ކިޔަވައިދޭނީ ވާޗުއަލް ކޮށެވެ.
މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކޮށް ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިއު ނޯމަލްގައި ކިޔަވައިދިނުމަށް އަހުމަދިއްޔާ ސްކޫލުގެ ކްލާސްރޫމެއް ތައްޔާރުވެފައި-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
"ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް ރައްކާތެރިކަމަށް ސްކޫލުތަކުން ފިޔަވަޅު އަޅާނެ. ތިން މަހަށް ވުރެ ގިނަ ދުވަސް ވަންދެން ދަރިވަރުން އެ ތިބީ ބަންދުވެގެން. އެހެންވީމަ ސްކޫލު މާހައުުލަށް ހާނުވަން އެބަޖެހޭ،" ރަޝީދު ވިދާޅުވި އެވެ.
"ބަލި ނޫނިއްޔާ، ދަރިވަރުން ސްކޫލަށް ފޮނުވަން ބާރު އަޅަނީ،"
އެ ސްކޫލުގައި ދަރިވަރުންގެ މޭޒުތައް ދުރުގައި ބެހެއްޓުމަށްފަހު، އެ ކޮންމެ މޭޒެއް ވެސް ވަކިކުރަން މުށިތަކުގައި ޓޭޕް ދަމާފައިވެ އެވެ. ސްކޫލުގެ ގޯތިތެރޭގައި އަތްދޮންނަ ތަށިތައް ބަހައްޓައި ގައިދުކުރުކަން ބެހެއްޓުމަށް ހަނދާންކޮށް ސްޓިކާތައް ހަރުކޮށްފައިވެ އެވެ.
ތާޖުއްދީން ސްކޫލުގެ ޑެޕިއުޓި ޕްރިންސިޕަލް ފާތިމަތު މުހައްމަދު ވިދާޅުވީ، އެ ސްކޫލަށް ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާގައި 225 ދަރިވަރުން ކިޔަވަން ދާނެ ކަމަށެވެ.
ގައިދުރުކަން ބެހެއްޓުމަށް އިސްކަންދަރު ސްކޫލުގައި މާކުކޮށްފައި.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
އޭނާ ވިދާޅުވީ ގޭޓު ކައިރިން ދަރިވަރުންގެ ހުން ބެލުމާއި ސްކޫލު ތެރެއިން އަތް ދޮވުން ފަދަ ކަންކަމަށް 30 މިނެޓު ހޭދަކުރާނެ ކަމަށެވެ. ރަސްމީކޮށް މަސައްކަތް ނުކުންނަން ނުޖެހޭ ޓީޗަރުންގެ އެހީތެރިކަން އެކަމަށް ލިބޭނެ އެވެ.
"އެސްއޯޕީ ބެލެނިވެރިންނާ ހިއްސާކޮށްފިން. އެކަމާ ގުޅޭގޮތުން ފުރިހަމަ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިން. އެކަމަކު މީޓިން ނިންމާލަން ޖެހުނީ ސުވާލެއް ނެތި. އެހެންވީމަ ބެލެނިވެރިންނަށް ރަނގަޅަށް މައުލޫމާތު ސާފުކޮށްދެވުނު ކަމަށް ގަބޫލުކުރަނީ،" ފާތުން ވިދާޅުވި އެވެ.
ދަރިވަރުން ބަލައި ސްކޫލު ތެރެއަށް ވެސް އެއްފަހަރާ ވަދެވޭނީ 10 ބެލެނިވެރިންނަށެވެ. އޭރަށް ދަރިވަރުން ތިބޭނީ، ސްކޫލުގެ ކޮމްޕައުންޑަށް ނުކުމެފަ އެވެ.
ސްކޫލުގެ އެކި ހިސާބުތަކުގައި އަތް ދޮވެވޭނެ އިންތިޒާމްތައް ހަމަޖައްސައި ސްކޫލުތަކުން ތިބީ ދަރިވަރުންނަށް މަރުހަބާ ކިޔަން ފުރިހަމައަށް ތައްޔާރުވެގެންނެވެ.
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ
އެންމެ ރައްކާތެރީ ސްކޫލްތައް، އެކަމަކު ބަންދު
އެޗްޕީއޭއިން ފުރަތަމަ އެދުނީ ހުރިހާ ގްރޭޑެއް ހުއްޓާލަން
ޕްރީސްކޫލް ނޫނީ ބަންދުކުރުމުގެ ވިސްނުމެއް ނެތް
މާލެ ސަރަހައްދުގެ ސްކޫލުތައް އަންނަ މަހު ހުޅުވަނީ
ގްރޭޑު 8،7 އަށް އަންނަ މަހުގެ 16ގައި ކިޔަވައިދެނީ
އަންނަ މަހު ގްރޭޑު 7-8 އަށް ކިޔަވައިދޭން ފަށަނީ
ތިން މަހަށް ފަހު ދަރިވަރުން ސްކޫލުތަކަށް
ސްކޫލްތައް އަންނަ މަހުގެ 1 ގައި ހުޅުވަނީ
ސްކޫލުގައި ކިޔަވައިދޭނީ 4 ދުވަހު ދުވާލަކު 4 ގަޑިއިރު