Roadha Mihaaru
ވަހީދު މަޖިލީހަށް ހާޒިރުކުރަން ގޮވާލައިފި

ވަހީދު މަޖިލީހުގެ ކޮމިޓީއަަކަށް ހާރިޒުކުރަން ގޮވާލައިފި

24 ޖޫން 2020

މޯކޮމް މައްސަލައިގެ ރިޕޯޓް ކުރީގެ ރައީސް މުހައްމަދު ވަހީދު ފޮރުއްވި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި އެމަނިކުފާނާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކަށް ހާރިޒުކުރަން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މޯކޮމް މައްސަލައިގެ ރިޕޯޓް ކުރީގެ ރައީސް މުހައްމަދު ވަހީދު ފޮރުއްވި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި އެމަނިކުފާނާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކަށް ހާރިޒުކުރަން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނީ، ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ވަހީދު "ބައްލަވައިގެންނެވީ" ދައުލަތުގެ ފައިސާ އިން ކަމަށެވެ.

އެ މައްސަލައިގެ ބަހުސްގައި އަފީފް ވިދާޅުވީ މޯކޮމް މައްސަލަ ބައިނަލް އަގުވާމީ އޮޑިޓްފާމަކުން ތަހުގީގުކޮށް އެކުލަވާފައިވާ ރިޕޯޓަކީ ދައުލަތުގެ މިލްކިއްޔާތެއް ކަަމަށާއި އެ ރިޕޯޓް ދައުލަތުގައި ނެތިއްޔާ އެކަން ވާނީ ވައްކަމަަކަށް ކަމަށެވެ. އެ ރިޕޯޓް ވަހީދު ނަންގަވާފައިވާ ކަމަށް ވަންޏާ އެއީ އެމަނިކުފާނު ކުރައްވާފައިވާ ވައްްކަމެއް ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

"މި ރިޕޯޓް ދިވެހި ސަރުކާރަށް ބައްލަަވައިގަތީ 10 މިިލިޔަން ޑޮލަރު ދީފައި. އެހެންވެއްޖެ ކަމަށް ވަންޏާ އެއީ ދިވެހި ދައުލަތުގެ މިލްކިއްޔާތެއް. ދައުލަތުގެ މިލްކިއްޔާތެއްް ދައުލަތުގައި ނެތް ކަމަށް ވަންޏާ އެ ރިޕޯޓް ނެގި ފަރާތުން ކޮށްފައި އެ އޮތީ ވަރަށް ބޮޑު ވައްކަމެއް، އެހެންވީމާ މި މައްސަލައަކީ ހަގީގަތުގައި 2012 ވަނަ އަހަރުގެ 7 ފެބްރުއަރީގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކޮށްފައިވާ ވައްްކަމެއް،" އަފީފް ވިދާޅުވި އެވެ.

އެ ރިޕޯޓް ހޯދަން ޖެހޭ ކަމަށާއި ރިޕޯޓު ފޮރުވަން ދައުލަތުން ފައިސާ ހަރަދުކޮށްފައިވާ އިރު އެ ފައިސާ ހަރަދުކުރުމުގައި ބައިވެރިވި ބަޔަކު ވެސް ހޯދަން ޖެހޭ ކަމަށެވެ. އެ ގޮތުން އެ މައްސަލަ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް އޭނާ ތާއީދު ކުރެއްވި އެވެ.

މޯކޮމް މައްސަލައިގެ ރިޕޯޓް ގެއްލުމަކީ ފަސޭހައިން ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި އެ ރިޕޯޓްވީ ތަނެއް އެނގޭ ބަޔަކު އެ ތަފްސީލް ދޭން ޖެހޭނެ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ގޮތުގައި ވަހީދު ސަރުކާރުން ރިޕޯޓް ގަނެފައިވާކަން އޭރުގެ ބަންޑާރަނައިބު އާޒިމާ ޝުކޫރާއި އެމްއެމްއޭގެ އޭރުގެ ގަވަރުނަރު ފަޒީލް ނަޖީބަށާއި އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް އެނގިވަޑައިގެންފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.

އެ މައްސަލަ ހުށަހަޅުއްވައި ނިމުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރިއާ ބެހޭ ރިޕޯޓު ނެރެން އޮތީ ފެބްރުއަރީ 7، 2012 ގައި ކަމަށެވެ.