27 ޖޫން 2020
ކުރިގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެސްޓީއޯ މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރިއެއް ކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އަނެއްކާ ވެސް ރިވިއުކުރަން އޭސީސީން ނިންމައިފި އެވެ.
ކުރިގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެސްޓީއޯ މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރިއެއް ކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އަނެއްކާ ވެސް ރިވިއުކުރަން އޭސީސީން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ އަށް މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ވަނީ ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ކުރީގެ ރައީސް މުހައްމަދު ވަހީދު ފައިސާ ދެއްވައިގެން ބައްލަވައިގަތުމަށް ފަހު، އެ ފޮރުވައިފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ދާދި ފަހުން ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލަ ބަލަން ހަވާލުކުރި ބައިނަލްއަގުވާމީ އޮޑިޓް ފާމް، ގްރާންޓް ތޯންޓަންއާ އެކު ސަރުކާރުން ވެފައި އޮތް އެއްބަސްވުން 2012 ގައި އުވާލި އިރު މައްސަލައިގެ ފައިނަލް ރިޕޯޓެއް އެކުލަވާލާފައެއް ނެތެވެ. ނަމަވެސް އެހާ ހިސާބަށް ކޮށްފައިވާ މަސަައްކަތުން ހޯދާފައިވާ ލިޔެކިޔުންތައް، މައްސަލައިގައި ގްރާންޓް ތޯންޓަން އަށް ސަރުކާރުން ދޭން ޖެހޭ ފައިސާގެ މައްސަލަ ހައްލުކުރަން ހެދި ސެޓުލްމެންޓް އެގްރިމެންޓްގެ ދަށުން ސަރުކާރާ ހަވާލުކުރި ކަމަށް ވިދާޅުވި އެވެ.
އޭސީސީން ބުނީ އެއީ 2011 ވަނަ އަހަރު އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ބަލަން ފެށި މައްސަލައެއް ކަމަށެވެ.
އުޝާމް ވެސް ވިދާޅުވި ފަދައިން އެ ލިޔެކިޔުންތައް 2013 ވަނަ އަހަރު ކޮމިޝަނާ ހަވާލުކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ބެލޭނެ ވަރަށް މައުލޫމާތު ނެތް ކަމަށް ނިންމައި އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް ބުންޏެވެ.
އޭސީސީން ބުނީ އެ މައްސަލަ އަލުން ރިވިއުކުރަން ނިންމާފައިވާ ކަމަށެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެސްޓީއޯ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިކުރި ކަމަށް ބުނެ ތަހުގީގުކުރުމަށް ގްރާންޓް ތޯންޓަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ.
މޯކޮމް މައްސަަލައިގެ ރިޕޯޓް ވަހީދު ފޮރުވިކަމުގެ ތުހުމަތު
ތެލުގެ މައްސަލާގައި 66 ފޮށީގެ ލިއުން ލިބުނު: އޭސީސީ
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
ވެރިކަން ވައްޓާލީ ތެޔޮރިޕޯޓް ނެރެން އޮތްދުވަހު: ނަޝީދު
މޯކޮމް މައްސަލައިގެ ރިޕޯޓްތައް އޭސީސީގައި ވާނެ: އުޝާމް
ވަހީދު މަޖިލީހަށް ހާޒިރުކުރަން ގޮވާލައިފި
ކުރީގެ ރައީސުން އިނާޔަތް ދޫކޮށްލައްވާ: ސަލީމް
ކުރީގެ ރައީސުން ކުރިމަތިލިޔަ ނުދޭން ތާއީދެއް ނުކުރަން
ބްރިޖާ ގުޅިގެން ވަހީދަށް މައުމޫން ފަޅީގެ ފާޑުކިއުން!
ރައީސް ޔާމީން މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް