18 ޖޫން 2020
މަޝްހޫރު ގިނަ ބާވަތްތަކުގެ އޯތޮޕީޑިކް އުފެއްދުންތައް ތައްޔާރުކުރާ "ޕްރިމް އޯތޮޕީޑިއާ"ގެ އުފެއްދުންތައް ލައިފް ސަޕޯޓުން ރާއްޖެ އަށް ތައާރަފު ކޮށްފި އެވެ.
މަޝްހޫރު ގިނަ ބާވަތްތަކުގެ އޯތޮޕީޑިކް އުފެއްދުންތައް ތައްޔާރުކުރާ "ޕްރިމް އޯތޮޕީޑިއާ"ގެ އުފެއްދުންތައް ލައިފް ސަޕޯޓުން ރާއްޖެ އަށް ތައާރަފު ކޮށްފި އެވެ.
ސާޅިސް އަހަރުގެ ތަޖުރިބާ ލިބިފައިވާ "ޕްރިމް އޮތޯޕީޑިއާ"އަކީ ހަށިގަނޑުގެ ހުޅުތަކުގެ ރައްކާތެރިކަމަށާއި އަދި އެހެނިހެން ގުނަވަންތަކަށް ބޭނުންވާ އެކިއެކި އުފެއްދުންތައް ޑޮކްޓަރުންގެ އިރުޝާދާ އެކު އުފައްދަމުން އަންނަ ކުންފުންޏެކެެވެ. މީގެ ތެރޭގައި ފަޔާއި އެތެރެ ހައްޓަށް ލައްވާ "އިންޕްލާންޓަބަލް" ސިއްހީ އުފެއްދުންތަކާއި ތަފާތު އޮޕަރޭޝަންތަކަށް ފަހު، ރަނގަޅުވާން ބޭނުންވާ ވަސީލަތްތަކާއި ފިޒިއޮތެރަޕީ އަދި ސްޕާގެ އުފެއްދުންތައް ހިމެނެ އެވެ.
"ޕްރިމް އޯތޮޕީޑިއާ"ގެ ކުޅިވަރު ކުޅޭ މީހުންނަށް ހާއްސަ އުފެއްދުންތަކެއް--
ޕްރިމް އޯތޮޕީޑިއާގެ އަމާޒަކީ ހަށިގަނޑުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް އުފެއްދުންތެރި، ނަތީޖާ ދައްކުވައިދޭ އަދި ކަސްޓަމަރުންނަށް އިތުބާރު ކުރެވޭ ބާވަތްކަތުގެ ޕްރޮޑަކްޓްސް މާކެޓަށް ނެރުމެވެ. އެގޮތުން އެ ކުންފުނީގެ އުފެއްދުންތަކުގެ ތެރޭގައި ކުޅިވަރު ކުޅޭ މީހުންނަށް ހާއްސަ "އެކްޓިވޯ" އާއި "ނިއޯޕްރެއާ" އާއި "އެއާޓެކްސް މޮޓިއޯ" ބްރޭންޑުގެ ހުޅުގާޑުތަކާއި އާންމުކޮށް ބޭނުންކުރުމަށް "އެކްޓިވޯ ސްކިން" ބްރޭންޑުގެ ހުޅުގާޑު ހިމެނެ އެވެ.
ޕްރިމް އޯތޮޕީޑިއާގެ އުފެއްދުންތަކުގެ ތެރެއިން ކުޑަކުދިންނަށް ހާއްސަ ކޮށްގެން އުފައްދާފައިވާ "މައިޕްރިމް ކިޑްސް"ގެ ބާވަތްތަކަކީ ޔޫރަޕްގެ ގިނަ ސަރަހައްދުތަކުގައި ތަރުހީބު ބޮޑު އުފެއްދުންތަކެކެވެ.
"ޕްރިމް އޯތޮޕީޑިއާ"ގެ އުފެއްދުންތަކެއް--
މި އުފެއްދުންތަކުގެ ސަބަބުން، އުނދަގޫ ކަމެއް ނެތި ރައްކާތެރިކަމާއެކު، ހެލިފެލިވެ އުޅުމަށް ބޮޑު އެހީއަކަށް ވެ އެވެ.
ޕްރިމްގެ އުފެއްދުންތައް ލިބެން ހުންނާނީ މަޖީދީ މަގުގަ އާއި ކަނބާ އައިސާ ރަނި ހިނގުމުގައި ހުންނަ ލައިފް ސަޕޯޓުގެ ފާމަސީތަކުންނެވެ.
ލައިފް ސަޕޯޓުން އާ ނޭޒަލް ސްޕްރޭއެއް ރާއްޖޭގެ ބާޒާރަށް
ލައިފް ސަޕޯޓަށް ދިހަ އަހަރު ފުރުން ފާހަގަކޮށްފި
"ފާމަސީ އެމްވީ"ގެ ނަމުގައި އޮންލައިން ފާމަސީއެއް
ރާއްޖޭގައި ފަރުމާކުރި ފުރަތަމަ ބޯޅައިގެ ޕްރީއޯޑަރުނަގަނީ
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕް 4 ދަރިވަރަކަށް
ރެވެލޯ ޗޮކްލެޓުގެ ރަހަ ބަލަން ހާއްސަ އިވެންޓެއް
ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލް ކޮށްފި
ޔޫރަޕް ކޮލިޓީގެ ބޭސް ލިޔާ ގޮތަށް ބަދަލެއް ގެނެސްފި
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި