18 ޖޫން 2020
ކޮވިޑް-19 އިން ރައްކާތެރިކަން ހޯދުމަށް ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަން ދޭން ޖެހޭ އިރު، ރައްކާތެރި ގޮތަކީ ފާހާނާކުރުމަށް ފަހު ތަށީގެ މަތީ ލައްޕާފައި ޕްލަޝްކުރުން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިކަން ހޯދުމަށް ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަން ދޭން ޖެހޭ އިރު، ރައްކާތެރި ގޮތަކީ ފާހާނާކުރުމަށް ފަހު ތަށީގެ މަތީ ލައްޕާފައި ޕްލަޝްކުރުން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އެ ބަލި އުފަންވި ކަމަށް ބެލެވޭ ޗައިނާގެ ޔަންގްޒޫ ޔުނިވަސިޓީގެ ސައިންސްވެރިންގެ ޓީމަކުން ހަދާފައިވާ ދިރާސާއެއް ފިޒިކްސް އޮފް ފްލުއިޑްސް ޖާނަލްގައި ޝާއިއުކޮށްފައިވާ އިރު، އޭގައި ބުނެފައިވާ ގޮތުގައި އެ ގައުމުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ބައެއް މީހުންގެ ބޮޑުކަމުދާ ތަކެތިން ކޮރޯނާވައިރަސް ފެނިފައިވެ އެވެ. އެހެންވެ ރައްކާތެރިކަމުގެ ގޮތުން ކުރެވިދާނެ އެންމެ މުހިއްމު ކަމަކީ ފާހާނާ ބޭނުންކޮށްފައި ފްލަޝްކުރާ އިރު މަތިލައްޕާފައި އެކަން ކުރުމެވެ.
އެހެން ނޫން ނަމަ ވައިރަސް ފެތުރުމުގެ އޮންނާނެ އެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މަތި ލަައްޕާނުލައި ފާހާނާތަށި ޕްލަޝްކުރާ ނަމަ އެއިން ބުރައިގެންދާ ތިކިތައް ތިން ފޫޓަށް ނުވަތަ 91 ސެންޓިމީޓަރުގެ ސަރަހައްދަކަށް ދާނެ އެވެ. އޭގެ މާނަ އަކީ މީހާގެ މޫނާ ހަމައަށް ތިކިތަކުގެ އަސަރުކުރުމުގެ ފުރުސަތު އޮތުމެވެ. ކޮރޯނާވައިރަސް އެންމެ ފަސޭހަ އިން ހަށިގަނޑަށް ވާސިލު ވަނީ ވެސް އަނގާއި ނޭފަތާއި ލޯ ފަދަ ތަންތަނަށް ވައިރަހުގެ އަސަރުކޮށްގެންނެވެ.
ދިރާސާގައި ބުނި ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ބައެއް މީހުންގެ ބޮޑުކަމުދާތަކެތިން ވައިރަހުގެ އަސަރު ފެނުނަސް މިއީ އަދި ފާހާނާއާ ގުޅުން ހުރި ގޮތަކަށް ބަލިފެތުރޭކަމުގެ ސާބިތު ހެއްކެއް ނޫނެވެ. އެކަމަކު ރައްކާތެރި ގޮތަކީ ތަށި ލައްޕާފައި ފްލަޝްކުރަން ހަނދާން ބެހެއްޓުން ކަމަށް ބުންޏެވެ. ހަމަމިއާ އެކު ފާހާނާކޮށްނިނިގެން ސައިބޯނި ލައިގެން ރަނގަޅަށް އަތް ވެސް ދޮންނަން ޖެހޭނެ އެވެ.
ފާހާނާތަށި ފްލަޝްކުރާ އިރު ބޭރުވާ ތިކިތިތަކުން އެކި ބަލިތަކުގެ ވައިރަސް ވެސް ފެތުރިދާނެ އެވެ. އެހެންވެ މަތި ލައްޕާފައި ފްލަޝްކުރުމުގެ ރައްކާތެރިކަން ބޮޑެވެ.
އެޕަލް ސައިޑަ ވިނިގާ: ފައިދާތައް ގިނަ ބޭނުންތެރި
ރަނގަޅަށް އަތް ދޮންނާނީ ކިހިނެއް؟
ފެންއަޅާ ފުޅި ކިހާ ވަރަކަށް ދޮންނަން؟
ކަންފަތުގައި މަޑު އުފެދެނީ ހިމާޔަތަކަށް، ނުނަގާތި!
ހުސްގޮހޮރާއި ހުރެ ލޮނުމެދު ކެއުމުގެ ފައިދާ ބޮޑު
ހަކުރު ބަލި: ވިސްނާލަން ދެތިން ކަމެއް
ނިދުމަށް ހާއްސަ ރޫޓިންއެއް މުހިންމު
ސަރުކާރުގެ ހަފުލާތަކުގައި ކެއިންބުއިމުގެ ގައިޑްލައިނެއް
ޒުވާނުންގެ ކުއްލި މަރުތަކާއެކު ޑޮކްޓަރުންގެ ކަންބޮޑުވުން
ކޮރިއެންޑާ ފަތުން ވަރަށް ގިނަ ފައިދާ