Roadha Mihaaru
އައްޑޫގައި ސިފައިންގެ އަސްކަރީ ތަމްރީނެއް ބާއްވަނީ

އައްޑޫގައި ސިފައިންގެ އަސްކަރީ ތަމްރީނެއް ބާއްވަނީ

16 ޖޫން 2020

ސިފައިންގެ އަސްކަރީ ތަމްރީނެއް އައްޑޫގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސިފައިންގެ އަސްކަރީ ތަމްރީނެއް އައްޑޫގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މި މަހުގެ 19-23 އަށް ބާއްވާ ތަމްރީނު ކުރިއަށް ގެންދާނީ ފުލުހުންގެ ސަދަން ކޮމާންޑް ވެސް ގާއިމުކޮށްފައިވާ ގަމުގެ ސަރަހައްދެއްގައި ކަމަށެވެ.

ތަމްރީނު ކުރިއަށް ދާނީ އެ ދުވަސްތަކުގެ ކޮންމެ ދުވަހެއްގެ ހެނދުނު 06:00 ހަވީރު 6:00 އަށް ގަމުގެ ދެކުނުން ހަތް ނޯޓިކަލް މޭލު ބޭރުގަ އެވެ. މި ތަމުރީނުތަކުގައި ބަޑި ވެސް ބޭނުންކުރާނެތީ ގަން ކަނޑުގެ ދެކުނު ބޭނުންކުރާ އިރު ދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތަށް ބަލާ އިރު ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް މެޝިން ގަން ފަޔަރިން، ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިނަކަށް 5000 މީޓަރު އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކަށް 100 މީޓަރު އަދި އެންމެ ތިރިން ކަނޑުގެ ލޮނުގަނޑާ ހަމައަށް ބޭނުންކުރާނެ އެވެ.