Roadha Mihaaru
ނޫމަޑި މައްސަލާގައި މުއިއްޒު އަނެއްކާވެސް ޕޮލިހަށް

ނޫމަޑި މައްސަލާގައި ޑރ. މުއިއްޒު އަނެއްކާވެސް ޕޮލިހަށް

11 ޖޫން 2020

ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން އުވާލުމުން ދައުލަތުން ބަދަލުދޭން ޖެހުނު މައްސަލައިގެ ތަހުގީގަށް ކުރީގެ ހައުސިން މިނިސްޓަަރު ޑރ. މުހައްމަދު މުއިއްޒު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަނެއްކާވެސް ޗިޓް ފޮނުވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން އުވާލުމުން ދައުލަތުން ބަދަލުދޭން ޖެހުނު މައްސަލައިގެ ތަހުގީގަށް ކުރީގެ ހައުސިން މިނިސްޓަަރު ޑރ. މުހައްމަދު މުއިއްޒު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަނެއްކާވެސް ޗިޓް ފޮނުވައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މުއިއްޒު ވިދާޅުވި ގޮތުގައި މާދަމާ ރޭ 8:15 އަށް ޕޮލިހަށް ހާޒިރުވާން މިއަދު ވަނީ ޗިޓް ހަވާލުކޮށްފަ އެވެ.

ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދީފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި ނޫމަޑީގެ މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ކުރިން ދެއްވި ބަޔާން ދައުލަތަށް ގެއްލުންވާ ގޮތަށް ބަދަލުކުރުމުގެ ސަބަބުންނެވެ. އެހެންވެ އެ ފައިސާ ދޭން ޖެހުމާ ގުޅިގެން، މުއިއްޒުގެ މައްސަލަ ސެޓުލްމެންޓް ކޮމިޓީން ބަލައި ފުލުސް އޮފީހަށް ފޮނުވީ އެވެ.

Massala mihaaru balanee masakkathah hurasalhan: Muizzu

Massala mihaaru balanee masakkathah hurasalhan: Muizzu

The most trusted news source in the Maldives

Mihaaru

މުއިއްޒު ފުރަތަމަ ފަހަރަށް ޕޮލިހަށް ހާޒިރު ކުރުން

އެ މައްސަލައިގެ ތަހުގީގަށް މުއިއްޒު ފުރަތަމަ ޕޮލިހަށް ހާޒިރުކުރީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އެ ދުވަހު އޭނާ ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރަން ފަށައިފައިވަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާތީ އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑު ފޯމު ހުށަހެޅީމާ މި ބޭފުޅުން އަޅުގަނޑު ޕޮލިހަށް ގެންދަން މި ނިންމި ނިންމުން އަޅުގަނޑަށް ސިފަވަނީ އެއީ ހަމަ ސިޔާސީ ގޮތުން އަޅުގަނޑުމެން މި ކުރާ މަސައްކަތަށް ހުރަސް އެޅުމަށްޓަކައި ކުރެވޭ ކަމެކޭ،" އޭރު މުއިއްޒު ވިދާޅުވި އެވެ. ފިނޭންސް މިނިސްޓަރު އަމީރު ކުރިން ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުންތައް އުވައިލުމުގެ ސަބަބުން ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލަަތަކުގައި އިހުމާލުވާ ފަރާތްތަކާ މެދު ތަހުގީގުތައް ހިންގައި ދައުވާކުރުމުގެ ކަންތައްތައް ފުލުހުން ކުރިއަށް ގެންދާނެ ކަމަށެވެ.