12 ފެބުރުއަރީ 2020
ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުމާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްސަލަ ސެޓުލްމެންޓް ކޮމިޓީން ފުލުހަށް ފޮނުވައިފި އެވެ.
ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުމާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްސަލަ ސެޓުލްމެންޓް ކޮމިޓީން ފުލުހަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ވަގުތުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މުއިއްޒުގެ މައްސަލަ މިހާރު ފުލުހަށް ފޮނުވާފައިވާ ކަަމަށެވެ. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ނޫމަޑި މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުން ކަމަށެވެ.
"ކުރީގެ ސަރުކާރުން ބަލަން ޖެހޭ ވަރަށް ކަންތައްތައް ނުބަލައި އެކަންތައްތައް ކުރެވުނީމާ މިހާރު އަޅުގަނޑުމެންނަށް މިހާރު މިބަދަލު ދޭން ޖެހުނީ. ސެޓުލްމެންޓް ކޮމިޓީގެ ފަރާތުން އަޅުގަނޑުމެން ވާނެ އެޓާނީ ޖެނެރަލްގެ ފަރާތުން ފުލުހަށް ހުށަހަޅާފައި. އޭރުގެ ހައުސިން މިނިސްޓަރުު ޑރ. މުއިއްޒުގެ ޖިނާއީ ތަހުގީގެއް ކޮށް، އެ މައްސަލަ ޕްރޮސެކިއުޓާ އަށް ފޮނުވަން އަޅުގަނޑުމެން ވާނެ ކޮމިޓީގެ ފަރާތުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައި،" އަމީރު ވިދާޅުވި އެވެ
ކުރީގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުންތައް އުވައިލުމުގެ ސަބަބުން ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލަަތަކުގައި އިހުމާލުވާ ފަރާތްތަކާ މެދު ތަހުގީގުތައް ހިންގައި ދައުވާކުރުމުގެ ކަންތައްތައް ފުލުހުން ކުރިއަށް ގެންދާނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. އޭނާ މިއަދު ވިދާޅުވީ ކުރީގެ ހައުސިން މިނިސްޓަރުގެ ޖިނާއީ ތަހުގީގެއް ކުރަން ފުލުހަށް މައްސަލަ ފޮނުވާފައިވާ ކަމަށް.
ކޯޓުން ބޭރުގައި ނޫމަޑި އަށް ބަދަލު ދޭން މިހާރުގެ ސަރުކާރުން އެއްބަސްވީ އެމްޑީޕީގެ ސަރުކާރުން 2011 އާާއި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ގައި، ހައުސިން ޔުނިޓްތަކެއް އަޅަން ވީ އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރުމުންނެވެ. އެ އެއްބަސްވުންތަކުގެ ދަށުން ނޫމަޑި އަށް ލަގުޒަރީ ވިލާ އަޅާށާއި ރިސޯޓް ހަދަން ދެ ރަށެއް ދިނެވެ.
މި ސަރުކާރުން ބުނާ ގޮތުގައި ކޯޓުން ބޭރުގައި އެއްބަސްވުމަކަށް ނާދެވުނު ނަމަ، އާބިޓްރޭޝަން ނިމޭ ގޮތަކުން ބަދަލަށް 200 މިލިއަން ޑޮލަރު ވެސް ދޭން ޖެހުނީހެވެ.
މުއިއްޒުއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގަން އެދެން، ރައްޔިތުންގެ މަޖިލީހުން ކުރިން ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނޫމަޑި މައްސަލަ ނިންމި އިރު ކޮމިޓީގައި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ކޮމިޓީ އަށް ވަޑައިގެން އިތުރުފުޅު ހެއްދެވުމުގެ އިތުރުން އާބިޓްރޭޝަންގައި ސަރުކާރަށް ގެއްލުންވާ ގޮތަށް ބަޔާން ދެއްވި މައްސަލަ ތަހުގީގުކުރަން ޖެހޭ ކަމަށެވެ.
ކޮމިޓީގެ ނިންމުން މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ.
ނޫމަޑި މައްސަލާގައި މުއިއްޒު އަނެއްކާވެސް ޕޮލިހަށް
މައްސަލަ ބަލަންފެށީ މަސައްކަތަށް ހުރަސްއަޅަން: މުއިއްޒު
ޑރ. މުއިއްޒު މިރޭ ފުލުހަށް ހާޒިރުވާން އަންގައިފި
ނޫމަޑިއަށް 55 މިލިއަން ޑޮލަރު ދީ ޚަލާސްކޮށްފި
މުއިއްޒުގެ މައްޗަށް ދައުވާ ސާބިތެއް ނުވި
ވެންޓިލޭޓަރުގެ ފައިސާ ލިބޭނެ ކަމުގެ އުއްމީދު އެބައޮތް
މުއިއްޒުގެ ޝަރީއަތް ނިމުމަކާ ގާތަށް
މުއިއްޒުގެ މައްސަލާގައި ޖިހާދު ހެކިބަސް ދެއްވައިފި
"އިންޑިއާގެ އެހީން އިގްތިސާދު 15 ބިލިއަނަށް އަރާނެ"
މުއިއްޒުގެ ހެކިން ބަލައިނުގަނެވޭނެ ސަބަބެއް ނެތް: ކޯޓް