11 ޖޫން 2020
އައްޑޫ އިކްޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ގިނަ އަދަދެއްގެ ވަގުތީ ނަރުހުން ހޯދުމަށް ފަހު، އެ ހޮސްޕިޓަލަށް އަނެއްކާ ވެސް ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.
އައްޑޫ އިކްޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ގިނަ އަދަދެއްގެ ވަގުތީ ނަރުހުން ހޯދުމަށް ފަހު، އެ ހޮސްޕިޓަލަށް އަނެއްކާ ވެސް ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.
އޭއީއެޗުން މި ފަހަރު ހުޅުވާލީ ދާއިމީ ނަރުހުންގެ 18 ފުރުސަތަށެވެ. މިކަމަށް ޝައުގުވެރިވާ ނަރުހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ނަރުހުން ހޯދަނީ ތިން ކެޓަގަރީއަކުންނެވެ. އެއީ ކްނިކަލް ނާސް އާއި ސީނިއާ ރެޖިސްޓާޑް ނާސްގެ އިތުރުން ރެޖިސްޓާޑް ނާސް އެވެ. މި މަގާމުތަކުގެ އަސާސީ މުސާރަ އުޅެނީ 9،060-10،940ރ. އާ ދެމެދުގަ އެވެ.
މުސާރައިގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ އާއި މަގާމަށް ކަނޑައެޅިފައިވާ އިތުރު އިނާޔަތްތައް ވެސް ލިބޭނެ އެވެ.
އޭއީއެޗުން ބުނީ އިންޓަވިއު އަށް ކިޔާނީ މި ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރުމަށް ފަހު ކަމަށެވެ. އިންޓަވިއު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގަ އެވެ.
އޭއީއެޗަކީ އައްޑޫގައި ކުރިން ހެދި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްގެން ހިންގާ ހިންގާ ހޮސްޕިޓަލެވެ. ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާއާރްއެޗް) އުވާލައި، އޭއީއެޗްގައި ރަސްމީކޮށް ހިދުމަތް ދޭން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 15 ގަ އެވެ.
ހޮސްޕިޓަލަށް އިތުރު ނަރުހުންތަކެއް ހޯދަން އިއުލާންކުރި އިރު، އޭއީއެޗްގައި މި ވަގުތު 90 އަށް ވުރެ ގިނަ ނަރުހުން މަސައްކަތްކުރެ އެވެ.
އައްޑޫ ހޮސްޕިލަޓަލަށް އަނެއްކާ ވެސް ނަރުހުން ހޯދަނީ
އައްޑޫ ހޮސްޕިޓަލްގައި އީއެންޓީ ސާޖަރީތައް ފަށައިފި
ކޮވިޑްގައި އައްޑޫން އަނެއްކާ ވެސް މަރެއް
އައްޑޫ ހޮސްޕިޓަލުން ވެއިޓް-ލިސްޓްކުރުން ހުއްޓާލައިފި
އައްޑޫގައި ކޮވިޑްގެ ރެންޑަމް ސާމްޕަލް ނަގަން ފަށައިފި
އައްޑޫގައި އެންޑޮސްކޮޕީގެ ހިދުމަތް ފަށައިފި
ހިތަދޫގައި "ކޮށާލި" މީހާގެ ހާލު ސީރިއަސްއެއް ނޫން
އައްޑޫގައި ކޮވިޑް ސަވައިލަންސް ސާމްޕަލް ނަގަން ފަަށައިފި
އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓްކުރަން ފަށައިފި
އޭއީއެޗްގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި