09 ޖޫން 2020
އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން މަޖިލީހަށް ވަޑައިނުގަތަސް އެކަން ފާހަގަ ނުވަނީ އެއީ ކުރިން ވެސް އެހާ ގިނައިން މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުންނަށް ނުވާތީ ކަމަށް ވެދާނެ ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން މަޖިލީހަށް ވަޑައިނުގަތަސް އެކަން ފާހަގަ ނުވަނީ އެއީ ކުރިން ވެސް އެހާ ގިނައިން މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުންނަށް ނުވާތީ ކަމަށް ވެދާނެ ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދަތު ދަންމަން ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ނަން ރިޔާސަތުން މަޖިލީހުގެ ރައީސް ނަޝީދު އިއްވެވުމުން ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް ނަޝީދުގެ އެންގެވުމަކަށް އެމްޑީޕީގެ ބައެއް މެމްބަރުން އުޅުއްވުމުގެ ތެރޭގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޕީޕީއެމާއި ޕީއެންސީގެ މެމްބަރުން ވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވައިފަ އެވެ. ޝިޔާމަށް އަނިޔާވީ ނަޝީދު އެންގެވި ގޮތަށް އެމްޑީޕީގެ މެމްބަރުން އަމަލު ކުރެއްވުމުން ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ.
ޖަލްސާތައް ބޮއިކޮޓް ކުރަން އިދިކޮޅުން ނިންމީ އެ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދޭތީ އެވެ. ޝިޔާމަށް އެމްޑީޕީގެ މެމްބަރުން އަނިޔާކުރި ކަމަށް އިދިކޮޅުން ތުހުމަތު ކުރާއިރު، އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު، އެ މައްސަލަ ފުލުހުން ބަލާތީ އެކަމާ ދެކޮޅަށް ވެސް އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ނުކުންނަވައިފަ އެވެ.
Hamanujehunthakaa gulhigen Idhikolhun maadhamaa ge jalsaa boycott koffi
The most trusted news source in the Maldives
Mihaaru
އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރުން
މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތް އެއް ކަމަކީ ވ. ފުލިދޫ ގިރަމުންދާ ދާތީ އެކަމުގައި ކުރެވެން ހުރި ކަންކަން ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ފަޒުލް ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރެއްވުމެވެ.
އެހެންވެ، މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ނަޝީދު ވިދާޅުވީ، ފަޒުލްއާ އެކު، ދެތިން މެމްބަރަކު މަޖިލީހަށް ވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެއީ އާންމުކޮށް ވެސް އެހެން އުޅުއްވާ މެމްބަރުންނަށް ވާތީ އެކަން ފާހަގަ ނުވަނީ ކަމަށް ވެދާނެ ކަމަށެވެ.
މަޖިލީހަށް ގަރާރު ހުށަހަޅުއްވާ މެމްބަރަކު ވަޑައިނުގަންނަވާ ނަމަ ބައެއް ފަހަރު ސިޔާސީ ޕާޓީ ތަކުން އެހެން މެމްބަރަކު ގަރާރާ ހަވާލުވާ ކަމަށާއި ފަޒުލް ނެތް ތަނެއްގައި އެ ގަރާރާ ހަވާލުވާން ހުރީ އެ މަނިކުފާނު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެ އަށް ފަހު ވިދާޅުވީ، ފުލިދޫގެ ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ ޔަގީން ކަމަކީ އެ ރަށް ގިރާ މައްސަލައިގެ ހައްލު ހޯދައި ދެއްވަން މަސައްކަތް ކުރައްވާނެކަން ކަމަށެވެ. ފަޒުލް މަޖިލީހަށް ވަޑައިގަތުމުން އެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބަކުން އޭނާއާ އެކަން ހަވާލު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ އިއްޒަތްތެރި މެމްބަރު [ފަޒުލް] ވަޑައިގެން މި މަސައްކަތުގައި އުޅުއްވުން. އަޅުގަނޑަށް ޔަގީން ރަށު ރައްޔިތުން ވެސް އެދޭނީ، ދާއިރާގެ ރައްޔިތުން ވެސް އެދޭނީ އިއްޒަތްތެރި މެމްބަރުން މިތަނަށް ވަޑައިގެން އެ އިއްޒަތްތެރި މެމްބަރުންގެ މަސައްކަތުގައި މިތަނުގައި އުޅުއްވުން. އެހެން ނަމަވެސް އެގޮތަކަށް ކަންތަކެއް ދިމައެއް ނުވި ކަންކަމެއް މިއަދަކު،" ނަޝީދު ވިދާޅުވި އެވެ.
ޝިޔާމް ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މެމްބަރުން އޭނާގެ ގަޔަށް އަތްލައި، މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި އޭނާގެ މައިބަދައިގެ ތިރީ ބަދައެއް، ކޮންމެވެސް ވަރަކަށް އެތެރެއަށް ޖެހި، ބަދައިގައި ރެނދުލުމުގެ އިތުރުން މޭކަށިގަނޑަށް ވެސް އަނިޔާ ލިބިފައިވާ ކަން ޓެސްޓުތަކުން އެނގޭ ކަމަށެވެ. އެހެންވެ، ހިނގައިބިނގާވެ އުޅުމަށް މިހާރު ދަތިވާ ކަމަށާއި އެހެން ސިއްހީ މައްސަލަތަކެއް ދިމާވާތީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިދާނެ ކަމުގެ އިޝާރާތެއް ޑޮކްޓަރުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މަޖިލީހުގެ ޖަލްސާގައި ނަން އިއްވާ މެމްބަރުން ނުކުތުމަށް ދެކޮޅު ހަދާނަމަ މީގެ ކުރިން އެ މެމްބަރުން ތަޅުމުން ނެރެމުން އައީ މަޖިލީހުގެ ސެކިއުރިޓީ މެދުވެރިކޮށެވެ. ނަމަވެސް އެ ރޭ ޝިޔާމް މަޖިލީހުން ނެރުމަށް މަޖިލީހުގެ ރައީސް ނަޝީދު މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންނަށް އެންގެވުމުން އެކަމަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމުގައި އަމަލުކޮށްފައިވާ ގޮތަށް ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުގެ މެމްބަރުންނާއި އަމިއްލަ ބައެއް މެމްބަރުންވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ. މަޖިލީހުގެ ތަޅުމުގައި ވެސް އެފަދަ ގޮތަކަށް ހަމަނުޖެހުން ހިންގުމުން އެކަމުގައި ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
މި ހަމަނުޖެހުން ބަލައި އިންސާފުވެރިކަމާ އެކު ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ދެއްވައިފަ އެވެ. މި މައްސަލައިގައި އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ މެމްބަރު ހަސަން ލަތީފްގެ ފާޑުވިދާޅުވުން އިމްރާނާއި އަދާލަތަށް އަމާޒުވެ، އެމްޑީޕީ އާއި އަދާލަތު ޕާޓީއާ ދެމެދު ވަނީ ނުތަވަނަސްކަން ވެރިވެފަ އެވެ.
ނަޝީދަށް ދައުވާ ކޮށްދިނުމަށް އިދިކޮޅުން އެދިއްޖެ
ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅުން ޖަލްސާ ބޮއިކޮޓް!
މިއީ ހަމައެކަނި ޝިދާތާގެ އިހުމާލެއް ނޫން: އިދިކޮޅު
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
އިންޑިއާގެ އެއްބަސްވުންތަކާ ބެހޭ މައްސަލަ ބޭރުކޮށްލައިފި
ބޭރުގެ އެހީގެ ތަފްސީލު ހޯދަން މަޖިލީހަށް މައްސަލައެއް
ރެސިޑެންސް ވިސާގެ އިސްލާހު އަނބުރާ ގެންދޭ:އިދިކޮޅު
ނަޝީދަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް: އިދިކޮޅު
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
ރައްކާތެރިކަމުގެ ޔަގީންކަން މަޖިލީހުން ނުލިބޭ: އިދިކޮޅު