Roadha Mihaaru
މިނިމަމް ވޭޖް، 4،000 އިން 8،500އާ ދެމެދަށް

4،000ރ-8،500ރ އާ ދެމެދުގެ އަދަދެއް މިިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފި

08 ޖޫން 2020

ރާއްޖޭގައި މުސާރައިގެ ގޮތުގައި ދޭނެ އެންމެ ކުޑަ އަދަދު އެކި ދާއިރާތަކަަށް ތަފާތުވާ ގޮތަށް 4،000ރ-8،000ރ. އަށް ކަނޑައަޅަން ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި މުސާރައިގެ ގޮތުގައި ދޭނެ އެންމެ ކުޑަ އަދަދު އެކި ދާއިރާތަކަަށް ތަފާތުވާ ގޮތަށް 4،000ރ-8،000ރ. އަށް ކަނޑައަޅަން ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުގެ ބިލްގައި ވަނީ ވަޒީފާގެ ބާވަތްތައް ތިން ކެޓަގަރީއަކަށް ބަހާލައިގެން މިނިމަމް ވޭޖް ކަނޑައެޅުމަށެވެ.

މިއަދުގެ ޖަލްސާގައި ބިލް ހުށަހަޅަން ޖެހޭ ވަގުތު ޖެހުނު އިރު އަހުމަދު އީސާ ތަޅުމުގައި ނެތުމުން ބިލް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މެމްްބަރު އިލްޔާސް ލަބީބެވެ.

ބިލް ހުށަހަޅުއްވަމުން އިލްޔާސް ވިދާޅުވީ، މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެން މިނިމަމް ވޭޖް ކަނޑައެޅިދާނެ ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ. އެގޮތުން، ފުރަތަމަ ކެޓަގަރީއަށް 8،000ރ އާއި 8،500ރ އާ ދެމެދުގެ އަދަދެއް، ދެވަނަ ކެޓަގަރީއަށް 6،000ރ އާއި 6،500ރ އާ ދެމެދުގެ އަދަދެއް އަދި ތިން ވަނަ ކެޓަގަރީއަށް 4،000ރ އާއި 4،500ރ އާ ދެެމެދުގެ އަދަދެއް ކަނޑައެޅިދާނެ ކަމަށް ސަރުކާރުން ދެކޭ ކަަމަށް އޭނާ ވިދާޅުވި އެވެ.

މިނިމަމް ވޭޖްގެ ގޮތުގައި އެ އަދަދުތައް ކަނޑައަޅަން ސަރުކާރުން ހުށަހެޅިޔަސް، އެ އަދަދުތައް ނިމޭނީ މަޖިލީހުން ކަނޑައަޅާ ގޮތަކަށެވެ. އިލްޔާސް ވިދާޅުވީ މަޖިލީހުން ބިލްގެ މަސައްކަތް ނިންމާ އިރު، ވަޒީފާ އަދާކުރާ މީހުންނާއި ވަޒީފާ ދޭ މީހުން އަދި ކަމާ ބެހޭ ޓެކްނިކަލް ބޭފުޅުންގެ ލަފާ ހޯދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް މިއަދު ހުށަހެޅި އިސްލާހުގައި، މުވައްޒަފުންނާ މެދު ގާނޫނާ ހިލާފަށް އަމަލުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ އަދަދުތަކެއް ވެސް ކަނޑައަޅާފައި ވެ އެވެ. އެގޮތުން، ޖޫރިމަނާ ކަނޑައަޅާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ވަޒީފާގެ އެއްބަސްވުމެއް ނެތި މަސައްކަތް ކުރުވުމާއި ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފަކަށް ޖެހޭ ވަރު ލޭބަ ރިލޭޝަންސް އޮތޯރިޓީއާ ހިއްސާ ނުކުރުން ހިމެނެ އެވެ.

ބިލް ހުށަހަޅުއްވަމުން އިލްޔާސް ވިދާޅުވީ، މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެން މިނިމަމް ވޭޖް ކަނޑައެޅިދާނެ ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ. އެގޮތުން، ފުރަތަމަ ކެޓަގަރީއަށް 8،000ރ އާއި 8،500ރ އާ ދެމެދުގެ އަދަދެއް، ދެވަނަ ކެޓަގަރީއަށް 6،000ރ އާއި 6،500ރ އާ ދެމެދުގެ އަދަދެއް އަދި ތިން ވަނަ ކެޓަގަރީއަށް 4،000ރ އާއި 4،500ރ އާ ދެެމެދުގެ އަދަދެއް ކަނޑައެޅިދާނެ ކަމަށް ސަރުކާރުން ދެކޭ ކަަމަށް އޭނާ ވިދާޅުވި އެވެ.

ސާވިސްޗާޖް ނެގުމާއި ދިނުމުގައި އަމަލުކުރާނެ ގިނަ އުސޫލުތަކެއް ވެސް ވެސް އެ ބިލްގައި ހިމަނާފައި ވެ އެވެ.

ބިލްގެ އިބްތިދާއީ ބަހުސްގައި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވީ ބިލް ފާސްކުަން ވާނީ ކޮވިޑް-19 ފެތުރޭތީ އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް އިގުތިސާދީ ދަތިކަން ކުރިމަތިވުމުގެ ކުރިން އޮތް ހާލަތަށް އިޔާދަވުމާ އެކު، މިނިމަން ވޭޖް ކަނޑައަޅަން ޖެހޭ ގޮތަށް ކަަމަށެވެ.

"އެހެން ނޫނިއްޔާ އެއްވެސް މުއްދަތެއް ނެތި ދާ ގޮތެއް ދިމާވާނީ،" އޭނާ ވިދާޅުވި އެވެ.

ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ، މިނިމަން ވޭޖް ކަނޑައެޅުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އެހެންވީމާ އެކަން އިތުރަށް ލަސްނުކޮށް މިއަދު ހުށަަހެޅި ބިލްގެ ޒަރިއްޔާއިން އަވަހަށް ނިންމަން ޖެހޭ ކަަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެލަވަންސްތަކުގެ ގޮތުގައި ލިބޭ އާމްދަނީ ހިމަނައިގެން މިނިމަމް ވޭޖް ކަނޑައަޅާ ނަމަ އެކަން ވާނީ ދަތި ކަމަކަށެވެ. މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ އަސާސީ މުސާރައިގެ ގޮތުގައި ކަމަށް ޖީހާން ވިދާޅުވި އެވެ.

"މަސައްކަތްތެރިންނަށް މިނިމަމް ވޭޖް ކަނޑައަޅައި މިނިމަމް ވޭޖް ލިބޭނޭ ގޮތް އަދި އަޅުގަނޑުމެންގެ ވައުދު ފުއްދޭނޭ ގޮތް ފަހިކޮށް އިތުރު ލަސްތަކެއް މިކަމުގައި ނުގެންގުޅެ، މިހާރުން މިހާރަށް މި ގާނޫނުގެ ޒަރިއްޔާއިން މި ވައުދު ފުއްދަން ޖެހޭކަން އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.