Roadha Mihaaru
ހިއްކާ ތަނުގައި ހުރި މުރަކަ އެހެން ތަނަކަށް ގެންދަނީ

ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް ނަގައި އެހެން ތަނަކަށް ގެންދަން ފަށައިފި

06 ޖޫން 2020

ގުޅިފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ފަޅުން ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގުޅިފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ފަޅުން ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ގުޅި ފަޅުން ހަ މިލިއަން އަކަމީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، ނެދަލެންޑްސްގެ ބޮސްކާލިސް އިން ކުރަމުން އަންނައިރު އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން އަންނަނީ ބުނަމުންނެވެ. އަދި އެ ޕްރޮޖެކްޓް ވަގުތުން ހުއްޓާލުމަށް، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ގުޅިފަޅު ހިއްކުމުގެ ޕްރޮޖެކްޓްގެ ތެރެއިން މިހާރު ކުރިއަށްދާ މަސައްކަތަކީ ހިއްކާ ސަރަހައްދުގެ ވަށައިގެން ފަސް އެޅުމެވެ. އޭގެ ބޭނުމަކީ ހިއްކަން ފެށުމުން ކިސަޑު ބޭރުވިޔަ ނުދިނުމެވެ.

Gulhifalhu hihkun huttuvan jehey vareh noon: EPA

Gulhifalhu hihkun huttuvan jehey vareh noon: EPA

The most trusted news source in the Maldives

Mihaaru

ގުޅިފަޅު ހިއްކުން ހުއްޓުވަން ޖެހޭ ވަރު ނުވާ ކަމަށް އީޕީއޭއިން ބުނުން

މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ ޕްރޮޖެކްޓް ފެށުމުގެ ކުރިން، ހިއްކާ ސަރަހައްދުން މުރަކަތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން އަންގާފައި އޮތް ނަމަވެސް އެކަން ކޮންޓްރެކްޓަރަށް ނުކުރެވި އޮތީ ލޮކްޑައުންގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު މުރަކަތައް އެހެން ސަރަހައްދުތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މުރަކަތައް ގެންދަނީ ކޮން ތަނަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވީ ކިސަޑުގެ އަސަރު ކުރުމުގެ ސަބަބުން ގުޅިފަޅުގެ ފަރުގެ ގިނަ މުރަކަތަކަކަށް އަސަރުކޮށް، މުރަކަތަކެއް މަރުވެފައިވާ ކަމަށެވެ. ނަމަވެސް ވިލިމާލޭ ފަރަށް އަދި މާ ބޮޑު ގެއްލުންތަކެއް ކިސަޑުގެ ސަބަބުން ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިއްކުމުގެ މަސައްކަތް ކުރާ ސަރަހައްދުގައި އޮއި ދައުރުވާ ގޮތާއި ސެޑިމަންޓް ދައުރުވާ ގޮތަށް ބަލާއިރު އެ ސަރަހައްދުގައި ހުރި މުރަކަތައް ވަރަށް ބޮޑަށް މަރުވެފައި ހުރި ކަމަށް ނުވަތަ ސެޑިމެންޓްގެ އަސަރު ކޮށްފައި ހުރި ކަމަށް ފެންނަނީ. އަޅުގަނޑު ވެސް ސީދާ މޫދަށް އެރި ބެލިއިރު މިހާރު ކޮންނަމުންދާ ތަނާ ކައިރީގައި ހުރި ކޮރަލްތަކަށް ހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައި. ގުޅިފަޅުގެ އެ ހިސާބުގަނޑުގެ ފަރަށް އެބައޮތް ކިސަޑު ފައިބާފައި،" ނައީމް ވިދާޅުވި އެވެ.

"ގުޅިފަޅުގައި މިއޮތީ އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ގުޅިފަޅުގެ ހިއްކާ ސަރަހައްދަށް ސެޑިމެންޓްގެ އަސަރު ކޮށްފައި. އެހެން ނަމަވެސް އެއީ ކުރިއަށް އޮތްތަނުގައި ހިއްކާލާ ތަނެއްކަމަށް ބެލެވިފައި މިއޮތީ. ވެލިއަޅާ ފުރާލާ ތަނެއް."

Thimaavettah gellun viyas Gulhifalhu hikkan jehey: Aslam

Thimaavettah gellun viyas Gulhifalhu hikkan jehey: Aslam

The most trusted news source in the Maldives

ތިމާވެއްޓަށް ގެއްލުން ވިޔަސް އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވުން

ނައީމް ވިދާޅުވީ އެ ޕްރޮޖެކްޓް ފެށިއިރު ތިމާވެއްޓަށް ގެއްލުން ކުޑަ ވާނެ ގޮތަށް ރަނގަޅަށް ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކިސަޑު ފެތުރޭވަރު ދަށްވެއްޖެ ކަމަށް ނައީމް ވިދާޅުވި އެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެ ޕްރޮޖެކްޓް ހުއްޓުވަން ޖެހޭ ހާލަތަށް ކަންކަން ގޮސްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ކޮމެޓީގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ތިމާވެއްޓަށް އަސަރުކުރި ނަމަވެސް އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުން ވަރަށް މުހިންމު ކަމަށް ވިދާޅުވެފަ އެވެ. މާލޭ ޕޯޓަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރެވެން އޮތީ ގުޅިފަޅު ތަރައްގީކޮށްގެން ކަމަށް އަސްލަމް ވިދާޅުވި އެވެ.