06 ޖޫން 2020
ކޮމީޑިއަން ސުނިލް ގްރޯވާއާ އެކު އަލުން މަސައްކަތްކުރަން ބޭނުންވާ ކަމަށާއި އެ ދެ މީހުން އެކީގައި މަސައްކަތްކޮށްފި ނަމަ ބެލުންތެރިން ހެއްވާލަން ކުރާ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވާ ކަމަށް އިންޑިއާގެ އެންމެ މަގުބޫލު ކޮމީޑިއަން ކަޕިލް ޝަރުމާ ބުނެފި އެވެ.
ކޮމީޑިއަން ސުނިލް ގްރޯވާއާ އެކު އަލުން މަސައްކަތްކުރަން ބޭނުންވާ ކަމަށާއި އެ ދެ މީހުން އެކީގައި މަސައްކަތްކޮށްފި ނަމަ ބެލުންތެރިން ހެއްވާލަން ކުރާ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވާ ކަމަށް އިންޑިއާގެ އެންމެ މަގުބޫލު ކޮމީޑިއަން ކަޕިލް ޝަރުމާ ބުނެފި އެވެ.
ކުރިން ސުނިލް އަކީ ސޮނީ ޓީވީން ގެނެސްދޭ ކަޕިލްގެ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އެންމެ މުހިއްމު އެއް ބައިވެރިޔާ އެވެ. އެގޮތުން އޭނާ ގިނަ ދުވަސްތަކެއް ވަންދެން އެ ޝޯގައި ދެ ކެރެކްޓާއަކުން ބެލުންތެރިން ހެއްވާލައިގެން ލޯބި ހޯދައިފަ އެވެ. އެއީ ޑރ. ގުލާޓީ އާއި ގުއްތީގެ ކެރެކްޓާ އެވެ.
ސުނިލް އާއި ކަޕިލްގެ ދޭތެރޭގައި މައްސަލަ ޖެހުނީ 2017 ގައި ޝޯއެއް ދޭން އޮސްޓްރޭލިއާ އަށް ކުރި ދަތުރެއް ނިންމާލައި، އެނބުރި އިންޑިއާ އަށް ކުރި ދަތުރުމަތީގައި ކަޕިލް މަސްތުވެގެން ހުރެ، ސުނިލްއާ މާރާމާރީ ހިންގި މައްސަލައިގަ އެވެ.
އޭގެ ފަހުން ދެ މީހުންގެ ގުޅުން ގޯސްވެ، ވާހަކަ ނުދައްކާތާ ވެސް އެތައް ދުވަހެއް ފަހުން، ގުޅުން މިހާރު ފިނިވެފައި އޮތަސް ކުރިއެކޭ އެއްގޮތަށް ކަޕިލްއާ އެކު މަަސައްކަތްކުރާކަށް ސުނިލް ބޭނުމެއް ނުވި އެވެ. އެހެންވެ ލިބުނު އެތައް ފުރުސަތެއް ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އޭރު ސުނިލްއާ އެކު ކަޕިލްގެ ޝޯގެ އެހެން ބައިވެރިންތަކެއް ވެސް އޭނާ ދޫކޮށްލި އެވެ. އޭގެ ތެރޭގައި ނާނީގެ ކެރެކްޓާ ކުޅުނު އަސްގަރު އަލީ އާއި ސުގަންދާ މިޝްރާ ވެސް ހިމެނެ އެވެ.
ރަލަށް ދެވިހުމާއި ޑިފްރެޝަން ފަދަ މައްސަލަތާ ކުރިމަތިވެ ކަޕިލްގެ ޝޯ ކުއްލި ގޮތަކަށް 2017 ގެ ފަހުކޮޅު ހުއްޓާލައި، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ގެއްލިފައި ހުރުމަށް ފަހު، ކަޕިލް އަލުން ބެލުންތެރިންނާ ބައްދަކުރީ "ފެމިލީ ޓައިމް ވިތު ކަޕިލް" ކިޔާ ޝޯއަކާ އެކު، 2018 ގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ ޝޯ ބެލުންތެރިންނަށް ކަމުދާ އެއްޗަކަށް ނުވުމުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ޖެހުނީ ހުއްޓައިލާށެވެ.
އޭގެ ފަހުން ހަމަ ކުރީގެ މަގުބޫލު ފޯމެޓަށް "ދަ ކަޕިލް ޝަރުމާ ޝޯ" ގެނެސްދޭން ފެށީ 2018 ގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އެތަންވަޅާ ދިމާކޮށް، ކަޕިލްގެ ޝޯއާ ދާދި އެއް ކަހަލަ ގޮތަކަށް ސުނިލްގެ ޝޯއެއް "ކާންޕޫރްވާލޭ ކުރާނާސް" ގެ ނަމުގައި ސްޓާ ޕްލަސް އިން ގެނެސްދިނެވެ. ނަމަވެސް އަށް އެޕިސޯޑަށް ފަހު، އެ ޝޯ ވަނީ ހުއްޓާލައިފަ އެވެ. އޭރު ސުނިލް ގެންދިޔައީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ބާރަތު" ގައި ސަލްމާނާ އެކު ވެސް މަސައްކަތްކުރަމުންނެވެ.
ކަޕިލް ބުނި ގޮތުގައި އޭނާ އަދިވެސް ސުނިލްއާ އެކު މަސައްކަތްކުރަން ބޭނުންވެ އެވެ. އަދި އެއީ ވަރަށް ހުނަރުވެރި ފަންނާނެއް ކަމަށާއި އެކީގައި މަސައްކަތްކުރަން އެތައް ފަހަރަކު ދައުވަތު ދިން ކަމަށް ވެސް ބުންޏެވެ.
މީގެ ކުރިން ވެސް ވަރަށް ގިނަ ފަހަރު މަތިން ސުނިލް "ދަ ކަޕިލް ޝަރުމާ ޝޯ" އަށް އަންނަން އުޅޭ ވާހަކަ ފެންމަތިވެފައިވެ އެވެ. އެކަމާ އެ ޝޯ ބަލާ މީހުން އުފަލުން ތިއްބަސް، ސުނިލް އަލުން ޝޯ އައުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
"ދަ ކަޕިލް ޝަރުމާ ޝޯ" އަކީ ސަލްމާން ޕްރޮޑިއުސްކުރާ ޝޯއެކެވެ. އަދި ސަލްމާނާއި ސުނިލް ވަރަށް ގާތް ދެ މީހުންނަށް ވިޔަސް، އެ ޝޯގައި މަސައްކަތްކޮށްދޭން ސަލްމާން އެއްވެސް ވަރަކަށް ސުނިލް އަށް ބާރެއް ނާޅަ އެވެ. އަނެއްކޮޅުން ފިލްމުތަކުން ވެސް ފުރުސަތުތައް ލިބޭތީ އެހެން މީހެއްގެ ޝޯއެއްގައި ހިއްސާވުން މި ވަގުތަށް ސުނިލްއަކަށް މުހިއްމެއް ވެސް ނޫނެވެ. އޭނާ މިހާރު އަންނަނީ "ބާރަތު" ގެނެސްދިން ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ވެބް ސީރީޒް "ދިއްލީ" ވެސް މަސައްކަތްކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ސަލްމާން ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާ އާ ފިލްމު "ބުލްބުލް މެރިޖް ހޯލް" ގެ ރޯލެއް ވެސް ސުނިލް އަށް ހުށަހަޅާފައިވެ އެވެ.
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ދަ ކަޕިލް ޝަރުމާ ޝޯ" ކޮވިޑް-19އާ ދިމާކޮށް އިންޑިއާގައި މާޗް މަހު އިއުލާންކުރި ލޮކްޑައުނާ އެކު ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.
"ދަ ކަޕިލް ޝަރުމާ ޝޯ" މެދުކަނޑާލަނީ
ކަޕިލް އިންޑިއަން އައިޑޮލްގައި ބައިވެރިވާން އުޅުނު
"ކަޕިލް ޝަރުމާ ޝޯ" 21 އަށް ކަށަވަރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ކަޕިލް ޝަރުމާ ޝޯ" އޮގަސްޓް 21 ގައި ފަށަނީ؟
ކަޕިލް ޝަރުމާ ޝޯ އަލުން ފަށާނީ ޖުލައިގައި؟
"ކަޕިލް ޝަރުމާ ޝޯ" އަށް އެކްޓަރުންނާއި ލިޔުންތެރިން ހޯދަނީ
ސުނިލްގެ އާ ކޮމެޑީ ޝޯ މި މަހުގެ 31 ގައި
ކަޕިލް ޝަރުމާ ސިޓްކޮމް އެއް ކުޅެނީ
ސަލްމާނާ ގުޅުވައި ކަޕިލްގެ ޝޯ ބޮއިކޮޓްކުރަން ގޮވަނީ