15 އޯގަސްޓް 2020
ކުރިން ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އިން ފެނުނު މަޝްހޫރު ކޮމީޑިއަން ސުނިލް ގްރޯވާގެ އާ ޝޯ ގެނެސްދޭން ފަށާ ތާރީހާ އެކު އޭގެ ޕްރޮމޯ ދައްކާލައިފި އެވެ.
ކުރިން ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އިން ފެނުނު މަޝްހޫރު ކޮމީޑިއަން ސުނިލް ގްރޯވާގެ އާ ޝޯ ގެނެސްދޭން ފަށާ ތާރީހާ އެކު އޭގެ ޕްރޮމޯ ދައްކާލައިފި އެވެ.
ސްޓާ ބާރަތުން "ގޭންގްސް އޮފް ފިލްމިސްތާން" ގެ ނަމުގައި ގެނެސްދޭ ޝޯ ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ރެ އެވެ. ޝޯ ފަށާނީ ރާއްޖެ ގަޑިން 7:30 ގަ އެވެ.
މި ޝޯ އިން ސުނިލް ފެންނާނީ މުޅިން ތަފާތު ކެރެކްޓާއަކުންކަން ވެސް ޕްރޮމޯއިން ވަނީ އެނގިފަ އެވެ. އަދި އޭނާ އެކު ޝޯ އިން އިތުރު ބައިވެރިންތަކެއް ފެންނާނެ އެވެ. އޭގެ ތެރޭގައި "ދަ ކަޕިލް ޝަރުމާ ޝޯ" އިން ފެނުނު ބައެއް ބައިވެރިން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ސުގަންދާ މިޝްރާ އާއި އޭނާގެ ލޯބިވެރިޔާ ޑރ. ސަންކޭތު ބޯސްލޭގެ އިތުރުން އުޕްސާނާ ސިންގް ހިމެނެ އެވެ.
މީގެ އިތުރުން "ގޭންގްސް އޮފް ފިލްމިސްތާން" އިން ޓީވީ ބަތަލާ ޝިލްޕާ ޝިންޑޭ އާއި ކޮމީޑިއަން ސިދާތު ސާގަރް އާއި ޕަރިތޯޝް ތުރިޕަތީ އަދި ޖަތިން ސޫރީ ވެސް ފެންނާނެ އެވެ.
"ދަ ކަޕިލް ޝަރުމާ ޝޯ" ގެ ހޯސްޓް ކަޕިލްއާ ޖެހުނު މައްސަލައެއްގައި ސުނިލް 2018 ގައި އެ ޝޯ ދޫކޮށްލި އިރު އޭނާ ގެންދިޔައީ އާންމުންގެ ވަރަށް މަގުބޫލުކަމެއް ހޯދި ދެ ކެރެކްޓާއެއް ދައްކުވައި ދެމުންނެވެ. އެއީ ޑރ. މަޝްހޫރު ގްލާޓީ އާއި ގުއްޓީ އެވެ.
ޝޯ އިން ވަކިވުމަށް ފަހު ސުނިލް، 43، ވަނީ ކަޕިލްގެ ޝޯއާ ދާދި އެއްކަހަލަ ގޮތަކަށް ސްޓާ ޕްލަސްއިން ޑިސެމްބަރު 15، 2018 އިން ފެބްރުއަރީ 9، 2019 އަށް އަށް ކޮމެޑީ ޝޯއެއް ގެނެސްދީފަ އެވެ. އެއީ "ކާންޕޫރް ވާލޭ ކްރާނާސް" އެވެ. އެ ޝޯގެ އަށް އެޕިސޯޑް ދެއްކުމަށް ފަހު ހުއްޓާލީ އެވެ.
ކަޕިލް އިންޑިއަން އައިޑޮލްގައި ބައިވެރިވާން އުޅުނު
"ކަޕިލް ޝަރުމާ ޝޯ" 21 އަށް ކަށަވަރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ކަޕިލް ޝަރުމާ ޝޯ" އޮގަސްޓް 21 ގައި ފަށަނީ؟
ކަޕިލް ޝަރުމާ ޝޯ އަލުން ފަށާނީ ޖުލައިގައި؟
"ދަ ކަޕިލް ޝަރުމާ ޝޯ" މެދުކަނޑާލަނީ
ކަޕިލް ޝަރުމާ ސިޓްކޮމް އެއް ކުޅެނީ
ކަޕިލްގެ "ފެމިލީ ޓައިމް" ކަމަކު ނުދިޔަ، ހުއްޓާލަނީ؟
ކަޕިލްގެ ނެޓްފްލިކްސް ޝޯގެ ޕްރީމިއާ މި މަހު
ކަޕިލްގެ ޝޯ ދޫކޮށްލަން ޖެހުނަސް އަރްޗަނާ އަށް ވަރިހަމަ