03 އޯގަސްޓް 2020
އިންޑިއާގެ ލޮކްޑައުންއާ ހެދި ފަސް މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ސޮނީ ޓީވީގެ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ހޮނިހިރު ދުވަހުގެ ރޭ އަލުން ދައްކަން ފެށުމާ އެކު، އެ ޝޯ ބޮއިކޮޓްކުރަން ބައެއް މީހުން ޓްވިޓާގައި ގޮވާލަން ފަށައިފި އެވެ.
އިންޑިއާގެ ލޮކްޑައުންއާ ހެދި ފަސް މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ސޮނީ ޓީވީގެ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ހޮނިހިރު ދުވަހުގެ ރޭ އަލުން ދައްކަން ފެށުމާ އެކު، އެ ޝޯ ބޮއިކޮޓްކުރަން ބައެއް މީހުން ޓްވިޓާގައި ގޮވާލަން ފަށައިފި އެވެ.
ޓްވިޓާގައި ފާޅުކޮށްފައިވާ ހިޔާލުތަކަށް ބަލާ އިރު މައްސަލައަކަށްވެގެން އުޅެނީ ޝޯގެ ޕްރޮޑިއުސަރަކީ އެކްޓަރު ސަލްމާން ޚާނަށްވުމެވެ. އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު 2018 ގެ ފަހުކޮޅު އެ ޝޯ އަލުން ގެނެސްދޭން ފެށި އިރު، އޭގެ އެއް ޕްރޮޑަކްޝަން ހައުސްއަކީ ސަލްމާންގެ އެސްކޭ ޓީވީ އެވެ.
"ދަ ކަޕިލް ޝަރުމާ ޝޯ" ބޮއިކޮޓްކުރަން ގޮވައިލާ މީހުން ބުނަމުންދާ ގޮތުގައި ސަލްމާނަކީ ވެސް ޖޫން މަހު މަރުވި އެކްޓަރު ސުޝާންތުގެ މަރުގެ ޒިންމާ ނަގަން ޖެހޭ މީހެކެވެ. އެހެންވެ މިފަދަ ނުފޫޒު ގަދަ މީސްމީހުންގެ އެއްޗެހި ޕްރޮމޯޓްކޮށް، އެ އެއްޗެހި ބަލައިގެން އެ މީހުން ޖީބު ބޮޑުކޮށްދޭން ނުޖެހޭ ކަމަށް ބުނެފައިވެ އެވެ.
Although Sonu bhai is a real Hero, don’t want to miss Sonus talks. But, this show is produced by @BeingSalmanKhan - Sushants Murderer. So all those thinking what to do, let’s watch only this episode for Sonu Bhai post this Bann Kapil Sharma Show . #JusticeforSushantSingRajput
— Esha (@EshaIndian) July 31, 2020
ހިޔާލުފާޅުކުރި ބައެއް މީހުން ބުނިގޮތުގައި "ކަޕިލް ޝަރުމާ ޝޯ" އަލުން ގެނެސްދޭން ފެށި އިރު ހޮނިރާއި އާދީއްތަ ދުވަހުގެ ރޭގެ އެޕިސޯޑްތަކުގައި މެހުމާނެއްގެ ގޮތުގައި ސޯނޫ ސޫދު ފަދަ ބަތަލެއް ބައިވެރިޔަސް ސަލްމާންގެ ހިއްސާ ޝޯގައި އޮންނާތީ އެ އެ މީހުން އެޕިސޯޑްތަކަށް ވެސް ޝައުގުވެރިކަމެއް ނެތެވެ.
I am not going to watch even for Sonu. For me, boycott is boycott. Although, I was a greatest fan of TKSS. Mind my word, "I was". Was
— Rahul Jain (@rjpatni123) July 31, 2020
އަދި ބައެއް މީހުން ބުނެފައި ވަނީ އެ ޝޯ އަކީ ކިތަންމެ ގަޔާވާ ޝޯއަކަށް ވިޔަސް ސަލްމާންގެ ބައިވެރިވުން އޮތްހާ ހިނދަކު ދެން އެ މީހުން "ދަ ކަޕިލް ޝަރުމާ ޝޯ" ނުބަލާނެ ކަމަށެވެ.
މިފަދަ މައްސަލަތަކުގައި ގިނަ ފަހަރަށް ޗެނަލްތަކަށް ބެލުންތެރިން ގޮވާގޮވުންތަކަށް ތަބާވާން މަޖުބޫރުވެ އެވެ. އޭގެ އެއް މިސާލަކީ ކުރިން "ދަ ކަޕިލް ޝަރުމާ ޝޯ" ގަ ބައިވެރިވި ނަވްޖޯތު ސިދޫ، ޕާކިސްތާނަށް ތާއީދުކުރާ މޭރުމަކުން މިދިޔަ އަހަރު ޓްވީޓްކުރި މައްސަލައެއްގައި އޭނާ ޝޯ އިން ވަކިކުރަން ގޮވައިލަން ފެށުމުން ސޮނީ ޓީވީން އެގޮތަށް އަމަލުކުރުމެވެ.
އަދި އެ ޗެނެލްގެ "އިންޑިއަން އައިޑޮލް" ގެ ޖަޖެއްގެ ގޮތުގައި ބައިވެރިވި އައްނޫ މަލިކަށް ޖިންސީ ގޯނާގެ ތުހުމަތުކުރެވިގެން އޭނާ ވެސް ޝޯއިން ބޭރުކޮށްލަން ގޮވަން ފެށުމުން އޭނާ ވަކިކުރަން ޖެހުމަކީ ވެސް ސޮނީ ޓީވީ އަށް މި ފަހުން ކުރިމަތިވެފައި ހުރި ކަންކަމެވެ.
Sry not going to watch cz of your producer but we love you Kapil God bless you!!
— Kavita Yadav (@KavitaY02389650) July 31, 2020
ސުޝާންތުގެ މަރުގެ ޒިންމާ ނަގަންޖެހޭ މީހުން ކަމަށް ބުނެ ބޮލީވުޑްގެ ފަންނާނުންގެ ލިސްޓެއް ބަޔަކު ފުލުހުންނަށް ހުށަހެޅި އިރު އޭގެ ތެރޭގައި ވެސް ސަލްމާން ހިމެނެ އެވެ. އޭގެ ތެރޭގައި ދެން ހިމެނުނީ ކަރަން ޖޯހަރާއި އެކްތާ ކަޕޫރާއި ސަންޖޭ ލީލާ ބަންސާލީ އާއި ސީރީޒްގެ ވެރިޔާ ބުޝަން ކުމާރާއި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އެވެ.
އެ މައްސަލަ ފަހުން ވަނީ ކޯޓުން ބޭރުކޮށްލައިފަ އެވެ. މީގެ އިތުރުން ހަމަ މި ފަންނާނުންގެ އުފެއްދުންތައް ބޮއިކޮޓްކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ގިނަ ބަޔަކު ސޮއި ވެސް ކޮށްފައިވެ އެވެ.
"ދަ ކަޕިލް ޝަރުމާ ޝޯ" ސަލްމާނާ ހެދި ބޮއިކޮޓްކުރަން ގޮވައިލާ އިރު، ސްޓާ ޕްލަސް އިން ގެނެސްދޭ ޑާންސް ޝޯ "ނަޗް ބަލިޔޭ" ނުވަ ވަނަ ސީޒަން މިދިޔަ އަހަރު ގެނެސްދިން އިރު އޭގެ ޕްރޮޑިއުސަރަކީ ވެސް ސަލްމާނެވެ. އަދި މި އަހަރުގެ ސީޒަން ޕްރޮޑިއުސްކުރަނީ ކަރަން ކަމަށް މީޑިއާތަކުން ބުންޏެވެ. އެހެންވެއްޖެ ނަމަ އެ ޝޯ ވެސް ބޮއިކޮޓްކުރަން ގޮވައިލުމުގެ ފުރުސަތު ބޮޑެވެ.
"ދަ ކަޕިލް ޝަރުމާ ޝޯ" މެދުކަނޑާލަނީ
ކަޕިލްގެ ޝޯ ދޫކޮށްލަން ޖެހުނަސް އަރްޗަނާ އަށް ވަރިހަމަ
ރަންބީރުގެ ލޯބިވެރިންނަށް ދައްތަގެ ހެދުންތައް ދިނީ!
ކަޕިލް އިންޑިއަން އައިޑޮލްގައި ބައިވެރިވާން އުޅުނު
"ކަޕިލް ޝަރުމާ ޝޯ" 21 އަށް ކަށަވަރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ކަޕިލް ޝަރުމާ ޝޯ" ގެ ޓީޒާއެއް ދައްކާލައިފި
"ކަޕިލް ޝަރުމާ ޝޯ" އޮގަސްޓް 21 ގައި ފަށަނީ؟
ކަޕިލް ޝަރުމާ ޝޯ އަލުން ފަށާނީ ޖުލައިގައި؟
"ދަ ކަޕިލް ޝަރުމާ ޝޯ" ދެން ޓީވީއަކަށް ނާންނާނެ؟