18 އޮކްޓޯބަރ 2016
ދީނީ ދަރުސް ދިނުމަށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ހުއްދަ ބާތިލްކުރާ ކަހަލަ އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށް ޝެއިޚު އިލްޔާސް ހުސެއިން އިއްޔެ ވިދާޅުވެއްޖެ އެވެ.
ދީނީ ދަރުސް ދިނުމަށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ހުއްދަ ބާތިލްކުރާ ކަހަލަ އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށް ޝެއިޚު އިލްޔާސް ހުސެއިން އިއްޔެ ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު އައްޑޫ ފޭދޫގައި ދިން ހުތުބާއަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރަން އިލްޔާސަށް ދީފައިވާ ހުއްދަ މިދިޔަ އާދިއްތަ ދުވަހު ބާތިލްކޮށްފަ އެވެ. އެ ހުތުބާގައި އިލްޔާސް ވިދާޅުވީ ކާޑުގެ އަގު ބޮޑުވަނީ ވެރިންނާ ހިސާބުން ވައްކަން ބޮޑުވުމުން ކަމަށާއި މާހައުލުން އެފަދަ އަމަލުތައް ފެންނަ ނަމަ ރައްޔިތުންނަށް ދަތިތައް ފޯރާނެ ކަމަށެވެ.
އެކަމާ ގުޅިގެން އިލްޔާސްގެ ފޭސްބުކްގައި ވިދާޅުވެފަައިވަނީ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އަދި އަމިއްލަ ހުތުބާއެއް ދެއްވީ އެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވާތީ ކަމަށެވެ. އިލްޔާސް ވިދާޅުވީ އަމިއްލަ ހުތުބާއެއް ދިނުމުގެ ހުއްދަ ބާތިލްކުރިކަން މިނިސްޓްރީން އަންގާފައިނުވާ ކަމަށާއި އަދި އެ އެކަމާ ބެހޭ އުސޫލެއް ބަދަލުކުރި ވާހަކަ ވެސް އަޑުއައްސަވާފައި ނުވާ ކަމަށެވެ.
"ހުތުބާގައި ވެސް އަދި އެހެން ދަރުސްތަކުގައި ވެސް އަޅުގަނޑު ވާހަކަ ދައްކަނީ ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު އަޅުގަނޑަށް އެނގިހުރި މިންވަރަކުން އޮޅުންފިލުވައިދިނުމަށް،" އިލްޔާސްގެ ފޭސްބުކްގައި ވިދާޅުވި އެވެ.
އިސްލާމްދީން އުނގަންނައިދިނުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމާ އިސްލާމްދީނަށް ހިދުމަތްކުރުމަކީ އޭނާގެ މުޅި ހަޔާތުގައި ކުރަމުން އަންނަ ކަމެއް ކަމަށާއި އަދި އެކަމުގައި މާތްﷲގެ ވާގިފުޅާއެކު ދެމިހުންނަވާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް އަންނަނީ 1995 ވަނަ އަހަރުން ފެށިގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ޝައިޚް އިލްޔާސްގެ ހުއްދަ ބާތިލްކޮށްފި
ތާރީހީ ދުވަހެއް، އަންހެންބޭފުޅެއްގެ ފުރަތަމަ ހުތުބާ!
ހުތުބާ ތަރުޖަމާކޮށް ސަބްޓައިޓަލް އަރުވަން ފަށައިފި
ހުތުބާގެ ވާހަކަތައް މިނިސްޓަރު ދިފާއު ކުރައްވައިފި
ބާއްޖަވެރިކަންލިބޭނީ ﷲއާ ގުޅުން ރަނގަޅު ނަމަ: މެންކް
އަނިޔާވެރި ވެރިންނަކީ ނިއުމަތެއް ނޫން: ޑރ. އިޔާޒް
"ޚުތުބާ ސިޔާސީވެ ދީން ހަތިޔާރަކަށް ހަދާތީ ކަންބޮޑުވޭ"
މިއަދުގެ ހުތުބާ ކިޔަން މާމެންދޫ އިމާމު ދެކޮޅު ހަދައިފި
ހުތުބާ ފުރިހަމަ ނުވާކަމަށް ވިދާޅުވެ މަޖީދުގެ ފާޑުކިޔުން
އިލްޔާސަށް ހުކުރު ކުރަން ދިން އިމާމު ވަކިކުރަނީ