01 ޖޫން 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލު ހުކުމެއް އިއްވީ ނުހައްގުން ކަމަށް އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވިދާޅެއް ނުވެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލު ހުކުމެއް އިއްވީ ނުހައްގުން ކަމަށް އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވިދާޅެއް ނުވެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިގޮތަށް ވިދާޅުވީ، ޔާމީނަށް ހުކުމް އިއްވީ ސިޔާސީ ނުފޫޒުން ކަމަށް، މިހާރު ވެރިކަން ކުރާ ކޯލިޝަން ރޫޅުމާ އެކު މައުމޫނާއި ބޭބޭފުޅު ފާރިސް މައުމޫން ވެސް ވިދާޅުވާނެ ކަމަށް ޣާއްސާން މައުމޫން ވިދާޅުވެފައި ވަނިކޮށެވެ. އެކަމަކު ޔާމީނަށް އިއްވީ ބޭއިންސާފު ހުކުމެއް ކަމަށް މައުމޫނަށް ވިދާޅުނުވެވޭނެ ސަބަބެއް ނަޝީދު ވިދާޅެއް ނުވެ އެވެ.
މައުމޫނަށް އެހެން ވިދާޅު ނުވެވޭނެ ކަމަށް އެކަނި ލިއުއްވައި ޓުވީޓް ނިންމަވާލެއްވީ އެވެ. އެހެންކަމުން އެމަނިކުފާނު އެހެން ވިދާޅުވީ ކޮން މައްސަލައެއް އިސްކުރައްވައިގެންކަމެއް ނޭނގެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ޝަރީއަތް ހިންގީ ހުޅުވާލައިގެންނެވެ. އެހެންކަމުން ޓްވީޓް ނިސްބަތްކުރައްވަނީ އެ ސަބަބާ ހެދި ކަމެއް ނުވަތަ މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ނަޝީދާއި ސިޔާސީ އެހެން ބޭފުޅުންގެ މައްޗަށް އިއްވާފައިވާ ހުކުމްތަކާ ގުޅުވައި ކަން ސާފެއް ނޫނެވެ.
ޣައްސާންގެ ވާހަކަތަކާ ގުޅިގެން އެ އާއިލާ އިން ވެސް ވަނީ މައުމޫންގެ އެފަދަ ވިސްނުންފުޅެއް ނެތް ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އާއިލާ އިން "މިހާރު"އަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ "މައުމޫނާއި ޣައްސާންގެ ވިސްނުން ވަރަށް ތަފާތު" ކަމަށާއި ވެރިކަން ކުރާ ކޯލިޝަން ރޫޅޭނެ ކަމަށް މައުމޫން ގަބޫލުފުޅުނުކުރައްވާ ކަމަށެވެ.
Raees Yameen jalahlee nuhaqqun kamah Raees Maumoon akah vidhaalheh nuveveyne
— Mohamed Nasheed (@MohamedNasheed) June 1, 2020
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ނުހައްގުން ކަމަށް ގަބޫލުކުރައްވާ ޣައްސާން، ސަންގު ޓީވީގެ ޕްރޮގްރާމެއްގައި އަދި ފަހުން ކުރެއްވި ޓުވީޓެއްގައި އިޝާރާތް ކުރެއްވި ގޮތުގައި ޔާމީންގެ ދިފާއުގައި މައުމޫނާއި ފާރިސް ވެސް އަދި ބަސް ވިދާޅުވާނެ އެވެ. ތަފާތު ފިކުރުތަކުގެ ޕާޓީތައް އެކުވެފައިވާ ކޯލިޝަނަކީ ތެލާއި ފެނުގެ ގުޅުމެއް ކަމަށް ސިފަކުރައްވައި، މައުމޫނާއި ޔާމީނަކީ ލޭގެ ގުޅުން ކަމަށާއި އެ ގުޅުން މާ ވަރުގަދަވާނެ ކަމަށް ޣައްސާން ވިދާޅުވި އެވެ.
މައުމޫނާއި ނަޝީދަކީ ޔާމީންގެ ވެރިކަމާ ދެކޮޅަށް އުފައްދަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެންނެވި ކޯލިޝަންގެ ދެ ލީޑަރުންނެވެ. ވަރަށް ބޮޑަށް ހިޔާލު ތަފާތު ދެ ބޭފުޅުންނަށް ވިޔަސް މައުމޫނާއި ނަޝީދު ސިޔާސީ ގޮތުން އެއް މިސްރާބަކަށް މަސައްކަތް ކުރައްވަން ފެއްޓެވީ ޔާމީންގެ ވެރިކަމުގައި ހިންގި ގާނޫނާ ޚިލާފު ކަންކަން ހުއްޓުވަން ފެށި މަސައްކަތްތަކާ ހިސާބުންނެވެ.
އެ މަސައްކަތަށް އުފެއްދި ކޯލިޝަންގައި ދެން ހިމެނެނީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އެވެ. މި ޕާޓީތަކުގެ މެދުގައި އޮންނަ ހިޔާލުތަފާތުވުންތަކާ ހެދި އެއް ބަޔަކު އަނެއް ބަޔަަކަށް ދޭތެރެއިން ބަހުގެ ހަމަލާތައް ވެސް ދެ އެވެ.
ކުރީގެ ރައީސް ޔާމީން: އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވުން: އެކަމަކު އެއީ ސިޔާސީ ނުފޫޒުން ކުރި ހުކުމެއް ކަމަށް އިދިކޮޅުން ތުހުމަތު ކުރޭ.
މި ކޯލިޝަނުން ރައްޔިތުންނަށް ވީ ބޮޑެތި ވައުދުތަކުގެ މުހިއްމު އެއް ކަމެއްގެ ގޮތުގައި އޮތީ، އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ބައިވެރިންނަށް ފިޔަވަޅު އަޅައި ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމެވެ.
ޔާމީނަށް އިއްވީ ނުހައްގު ހުކުމެއް ކަމަށް މައުމޫނަށް ވިދާޅެއް ނުވެވޭނެ ކަމަށް ޓުވީޓެއްގައި ނަޝީދު މިއަދު ވިދާޅުވި އިރު، އެމަނިކުފާނު ދާދި ފަހުން ވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި ހަމައެކަނި ޔާމީނަށް އަދަބު ދެމުންދާ މައްސަލައިގައި ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ.
ނަޝީދު ވިދާޅުވެފައި ވަނީ ޔާމީން އެކަނި ޖަލަށް ލައިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިންސާފު ލިބޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އެކަން ކުރުމުގައި އަޅުގަނޑުމެން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް،" ނަޝީދު ވިދާޅުވެފައިވެ އެވެ.
އެކަމަކު ފަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ހިޔާނާތުގެ އެހެން މައްސަލަތައް ވެސް ބަލަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
މައުމޫނަށް ދިމާވި ހާލަތަކީ ރައީސާއި ނަޝީދަށް އިބުރަތެއް
ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޕީޕީއެމް ބޭނުމެއް ނުވޭ
އިންތިގާލީ އިންސާފުގެ އޮފީހުން ކެމްޕެއިނެއް ފަށަނީ
މޯކޮމް މައްސަލަ އަނެއްކާ ވެސް ރިވިއުކުރަނީ
މޯކޮމް މައްސަަލައިގެ ރިޕޯޓް ވަހީދު ފޮރުވިކަމުގެ ތުހުމަތު
"މައުމޫންގެ ވިސްނުންފުޅު ޣައްސާނާ ތަފާތު"
ކުރީގެ ރައީސުން އިނާޔަތް ދޫކޮށްލައްވާ: ސަލީމް
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވިސްނުމާއި ފިކުރު
ހުކުމަށް ފަހު ރައީސުންނަށް އިނާޔަތް ލިބޭ ގޮތް ހަދައިފި
އޮޅުން ބޮޅުން: އަނެއްކާވެސް މި ޖެހުނީ އެ ކަމާ