01 ޖޫން 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކޮށްލި ކޯލިޝަން ރޫޅުމާ އެކު މަންޒަރު ބަދަލުވެ، ޔާމީނަށް ޖަލު ހުކުމް އިއްވީ ސިޔާސީ ނުފޫޒުން ކަމަށް އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވިދާޅުވާނެ ކަމަށް ދަރިކަލުން ޣައްސާން މައުމޫން ދެއްކެވީ ރަނގަޅު ވާހަކައެއް ނޫން ކަމަށް އެ އާއިލާގައި މައުމޫންއާ ހިޔާލު އެއްގޮތް ބޭފުޅަކު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކޮށްލި ކޯލިޝަން ރޫޅުމާ އެކު މަންޒަރު ބަދަލުވެ، ޔާމީނަށް ޖަލު ހުކުމް އިއްވީ ސިޔާސީ ނުފޫޒުން ކަމަށް އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވިދާޅުވާނެ ކަމަށް ދަރިކަލުން ޣައްސާން މައުމޫން ދެއްކެވީ ރަނގަޅު ވާހަކައެއް ނޫން ކަމަށް އެ އާއިލާގައި މައުމޫންއާ ހިޔާލު އެއްގޮތް ބޭފުޅަކު ވިދާޅުވެއްޖެ އެވެ.
ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައި އިއްވީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ދައުވާއެއްގަ އެވެ.
މިއީ، ނުހައްގު އަނިޔާއެއް ކަމަށް ސިފަކުރައްވައި ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ޣައްސާން ވިދާޅުވީ ބޮޑުބޭބޭފުޅު، ޔާމީން މިނިވަންކުރަން ފާޅުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. މިކަމުގައި، ބައްޕާފުޅު މައުމޫނާއި ބޭބޭފުޅު ފާރިސް މައުމޫން ވެސް އޭނާއެކު ނުކުންނަވާނެ ކަމުގެ އިޝާރާތެއް ދެއްވި އެވެ. ތަފާތު ފިކުރުތަކުގެ ޕާޓީތައް އެކުވެފައިވާ ކޯލިޝަނަކީ ތެލާއި ފެނުގެ ގުޅުމެއް ކަމަށް ސިފަކުރައްވައި، މައުމޫނާއި ޔާމީނަކީ ލޭގެ ގުޅުން ކަމަށާއި އެ ގުޅުން މާ ވަރުގަދަވާނެ ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.
މިއާއެކު ޣައްސާނަށް ފާޑުކިއުން އަމާޒުވެ، ޔާމީންގެ ވެރިކަމުގައި ބައްޕާފުޅާއި ބޭބޭފުޅު ފާރިސް މައުމޫން ޖަލަށް ލުމުން ދިފާއުގައި ނުނިކުންނެވީ ކީއްވެތޯ ސުވާލު އުފެއްދި އެވެ. ޔާމީންގެ ވެރިކަމުގައި މައުމޫން ޖަލަށްލުމުން ޣައްސާން ހުންނެވީ ހިމޭނުންނެވެ. ބައްޕާފުޅުގެ ދިފާއުގައި ފާޅުގައި އެއްވެސް ވާހަކަފުޅެއް ނުދައްކަވަ އެވެ.
ޣައްސާން: ބައްޕާފުޅު ޖަލަށް ލުމުން ވެސް ހުންނެވީ ބޮޑުބޭބޭފުޅު ޔާމީނާ އެކު.
ޔާމީނަށް ނުހައްގު ހުކުމެއް ކުރި ނަމަ މައުމޫނާއި ފާރިސް ވެސް އެކަން ފާހަގަކުރައްވާނެ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވުމުން ޖަވާބުގައި ޣައްސާން ވިދާޅުވީ އެ މަންޒަރު އޭނާ އަށް ވަރަށް ގާތުން ފެންނަ ކަމަށެވެ. ގުޅިފައިވާ ކޯލިޝަނުން ކެބިނެޓަށް ހޮވި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅޭ ކަމުގެ ހޭޝްޓެގާ އެކު ވައްޑެ އަށް ޖަވާބު ދެއްވަމުން ވިދާޅުވީ ކޯލިޝަން ރޫޅުމާ އެކު މައުމޫނާއި ފާރިސް ވެސް އެ ހުކުމްގެ ބޭއިންސާފު ކަމާ މެދު ވާހަކަ ދައްކަވާނެ ކަމަށެވެ.
ޣައްސާންއާ ހިޔާލުތަފާތު، މައުމޫންގެ އާއިލާގެ ބޭފުޅަކު ނަން ހާމަނުކުރަން އެދިވަޑައިގެން "މިހާރު"އަށް މިއަދު ވިދާޅުވީ "ޣައްސާން ދެއްކެވީ ރަނގަޅު ވާހަކައެއް ނޫން" ކަމަށެވެ. މައުމޫނާއި އާއިލާގެ ވިސްނުން ވެސް ޣައްސާންއާ ވަރަށް ތަފާތު ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޯލިޝަން ހަމަ ދެމި އޮންނާނެ. ކޯލިޝަން ނުރޫޅޭނެ،" ކޯލިޝަން ރޫޅުމުން ޔާމީންގެ ދިފާއުގައި މައުމޫން ނުކުންނަވާނެ ކަމަަށް ވިދާޅުވި ވާހަކަ އަށް ރައްދު ދެއްވައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އިންތިޚާބު ކުރި ކޯލިޝަން ރޫޅެން ބޭނުންވަނީ އިދިކޮޅު ޕީޕީއެމްގެ ވެރިން އެކަންޏެވެ. އޭނާ ސިފަކޮށްދެއްވީ، މިހާރު ވެރިކަން ކުރާ ކޯލިޝަން އުފެއްދެވި މަގްސަދު ބަދަހިކަމާ އެކު ދެމިއޮތް ކަމެވެ.
ޔާމީންގެ ވެރިކަމުގައި، އުމުރުން 80 އަހަރުގެ ބޭބޭފުޅު މައުމޫނާއި ފާރިސް ޖަލަށް ލީ މިހާރު ކޯލިޝަން ޕާޓީތަކާ އެކު ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތްޕުޅު ކުރެއްވި ކަމުގެ ތުހުމަތުގަ އެވެ. ޝަރީއަތަކާ ނުލައި ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ބަންދުކޮށްގެން ގެންގުޅުމަކީ ބޭއިންސާފެއް ކަމަށް އޭރު ގިނަ ބަޔަކު އަޑުއުފުލަމުން ދިޔައިރު ވެސް ޣައްސާން ހުންނެވީ ޔާމީނާ އެކުގަ އެވެ. ދޭތެރެއަކުން ޖަލަށް ވަޑައިގެން ބައްޕާފުޅާ ބައްދަލު ކުރެއްވި ނަމަވެސް ފާޅުގައި، އެ ބަންދާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ވިދާޅެއް ނުވެ އެވެ.
މައުމުނާ އެކު ފާރިސް: ޔާމީންގެ ދިފާއުގައި ދެބޭފުޅުން ނުކުންނަވާނެ ކަމަށް ޣައްސާން ދެއްކެވީ ރަނގަޅު ވާހަކައެއް ނޫން ކަމަށް އާއިލާ އިން ބުނޭ.
މިކަމާ ގުޅޭ ގޮތުން ޣައްސާނަށް އަމާޒުވި ފާޑުކިއުމަށް ރައްދު ދެއްވައި، އިއްޔެ ވިދާޅުވީ އޭރާއި މިހާރު ވެސް ޔާމީންގެ އަރިހުގައި ހުންނެވީ ސިޔާސީ ކޯޅުމުން އާއިލާ ބައިބައިވިޔަ ނުދީ، ގުޅުން ބަދަހިކުރެވޭނެ މަގެއް ހޯއްދަވަން ކަަމަށެވެ. އެކަން ހައްލު ކުރެއްވޭނެ ކަމުގެ އުއްމީދު އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ދުނިޔެއަށް އައީއްސުރެން ސިޔާސީ މަސްރަހެއްގައި އުޅޭ މީހެއް. ސިޔާސީ މައްސަލައެއް އަޅުގަނޑުމެންގެ އާއިލާގައި ޖެހުނު މިއީ ފުރަތަމަ ފަހަރެއް ނޫން. އަޅުގަނޑަށް ގަބޫލު ކުރެވެނީ ކޮންމެ މައްސަލައެއް ވެސް ހައްލު ކުރެވޭނީ މަޝްވަރާކޮށްގެން ކަމަށް. އެހެންވީމާ އަޅުގަނޑު ހުރީ ދެފަރާތާ ވާހަކަ ދެއްކޭ މީހެއްގެ ގޮތުގަ މައްސަލަ ހައްލު ކުރެވޭތޯ،" ޣައްސާން ވިދާޅުވި އެވެ.
މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މީޑިއާގައި މިހެން ވިދާޅުވި ނަމަވެސް އާއިލާ ތެރޭގައި އޭނާއާ މެދު އޮތް ސިޔާސީ ވިސްނުން ތަފާތެވެ.
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
ޕީޕީއެމް ރިފޯމް ކުރަން އެއްޗެއް ނޯންނާނެ: ރައީސް ޔާމީން
މައުމޫންގެ އިސްލާހީ ހަރަކާތުގެ ނަމަކަށް އެމްއާރުއެމް
ވެރިކަން ވައްޓާލަން އުޅުނީ މައުމޫނު އިސްވެ: ޔާމީން
މައުމޫން ސިޔާސީ ކަންކަން ހުއްޓާލަން ޔާމީންގެ ރައްދެއް
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
ތާއީދު ގެންދެވީ ކޮރަޕްޝަނާއި އަނިޔާވެރިވުމުން: ޔުމްނާ
ޔާމީނާ ދެކޮޅަށް މައުމޫން ނުކުތީ "ލެގަސީ" ދުއްވާލާތީ
ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޕީޕީއެމް ބޭނުމެއް ނުވޭ
ޔާމީން އެކަހެރި ކުރަނީ ހޯދާނެ ކާމިޔާބީއަށް ޖެހިލުންވާތީ