Roadha Mihaaru
ވިލިމާލެ ފަރަށް އަދި ގެއްލުމެއް ލިބިފައެއް ނެތް:އީޕީއޭ

ވިލިމާލެ ފަރަށް އަދި ގެއްލުމެއް ލިބިފައެއް ނެތް: އީޕީއޭ

01 ޖޫން 2020

ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާ އެކު ކިސަޑު އުފެދުނަސް ވިލިމާލޭ ފަރަށް އަދި މިހާތަނަށް ގެއްލުންތަކެއް ލިބިފައިނުވާ ކަމަށް، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާ އެކު ކިސަޑު އުފެދުނަސް ވިލިމާލޭ ފަރަށް އަދި މިހާތަނަށް ގެއްލުންތަކެއް ލިބިފައިނުވާ ކަމަށް، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ގުޅީފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާ އެކު ވިލިމާލޭ ފަރާއި ފަޅުތެރެއަށް ވަރަށް ބޮޑަށް ކިސަޑު ފެތުރެން ވަނީ ފަށައިފަ އެވެ. އެ ކިސަޑުތައް ފަރުމައްޗަށް އެޅި މުރަކަތައް މަރުވުމުގެ ބިރު ބޮޑުވެފައިވާ ކަމަށް، ތިމާވެށި ހިމާޔަތްކުރަން ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެ އެވެ. އަދި އެ މައްސަލަ ވަނީ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ. މީހުންގެ ކަންބޮޑުވުންތަކާ އެކު އީޕީއޭ އިން ވަނީ އެކަންތައް މޮނީޓާ ކުރަން ފަށައިފަ އެވެ.

Gulheefalhu hihkan feshumun vilimale' farah kisadu elhi "maruvanee"

Gulheefalhu hihkan feshumun vilimale' farah kisadu elhi "maruvanee"

The most trusted news source in the Maldives

Mihaaru

ގުޅީފަޅު ހިއްކަން ފެށުމުން ވިލިމާލެ ފަރަށް ގެއްލުން ވާ ކަމަށް ބުނުން

އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޑރ. އިބްރާހިމް މުހައްމަދު، "މިހާރު" އަށް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ކިސަޑުގެ އަސަރުކޮށް ވިލިމާލޭ ފަރަށް ގެއްލުންތަކެއް ލިބިފައި އަދި ނުވާ ކަމަށެވެ. ނަމަވެސް އެވަރުގެ ޕްރޮޖެކްޓެއް ހިންގާއިރު ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބޭނެ ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކަންކަން ބަލައި މޮނީޓާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި މިހާތަނަށް ފަރަށް ކިސަޑު ގޮސްގެން ގެއްލުމެއް ނުވޭ. އެކަމަކު މޫދުގެ ސާފުކަން ގެއްލި އިރުގެ އަލި މުރަކައަށް ނުލިބޭ ކަމަށްވާނަމަ މުރަކަ މަރުވުން އެކަށީގެންވޭ. އެކަން އެގޮތަށް ދިމާވާނީ ވަކި ގަޑިއިރުތަކެއް ވަންދެން އެގޮތަށް އަލި ނުލިބި ވާނަމަ. އެކަމަކު އަދި މިހާތަނަށް ކިސަޑެއް ނެތް ފަރާ ހިސާބަށް ގޮސްފައެއް،" ދިރާސާގެ ތަފްސީލް ދެއްވަމުން އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެއްލުން ކުޑަ ކުރުމަށްޓަކައި މިހާރު ހިއްކުމުގެ މަސައްކަތް ކުރަން އަންގައިފައިވާނީ ދިޔަވަރު ހިކި ވަގުތުތަކުގައި އެކަނި ކަމަށެވެ. ގުޅީފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، ނެދަލެންޑްސްގެ ބޮސްކާލިސް އިން ކުރަމުން އަންނަނީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަވާނެ ގޮތަށް ފިޔަވަޅުތައް އަޅައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

އީޕީއޭން މޮނީޓަރިންގެ މަސައްކަތް ކުރިއަށް ގެންދަނީ

މިހާރު ކުރަމުން އަންނަނީ ހިއްކާ ސަރަހައްދު ވަކިކުރަން ވަށައިގެން ފަސް އެޅުމުގެ މަސައްކަތް ކަމަށާއި ހިއްކުމުގެ މަސައްކަތް ފެށުމުން މިހާރަށްވުރެ ބޮޑަށް ކިސަޑު ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މާބޮޑަށް ކިސަޑު ފެތުރޭނަމަ މަސައްކަތް ކުރަން ޖެހޭނީ ކިސަޑު ފެތުރުނަ ނުދިނުމަށް ހަރުކުރަން ޖެހޭ "ސިލްޓް ސްކްރީން"ތައް ހަރުކޮށްގެން ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

"ސިލްތް ސްކްރީން ހަރު ކުރަން މިޖެހެނީ ވަކި މިންވަރަކަށް ކިސަޑު ފެތުރޭނަމަ. އެވަރަށް ކިސަޑު ފެތުރޭ ކަމަކަށް އަދި ނުދައްކާ. އެވަރަށް ފެތުރޭނަމަ އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ޖެހޭނީ އެ ފިޔަވަޅުތައް އަޅައިގެން. ނޫންނަމަ ޕްރޮޖެކްޓް ހުއްޓުވުމުގެ ބާރު އީޕީއޭއަށް އެބައޮތް،" އިބްރާހިމް ވިދާޅުވި އެވެ.

މި މައްސަލާގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ވެރިންނާއި އީޕީއޭގެ ވެރިޔާއާ ދެބަސްވުންތަކެއް ވަނީ އުފެދިފަ އެވެ. އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމަށް، އެންވަޔަރަ މިނިސްޓްރީން އިންޒާރު ދިނީ، ގުޅީފަޅު ހިއްކަމުން ދާއިރު ވިލިމާލޭ ފަރާއި ފަޅުތެރެއަށް ކިސަޑު ފެތުރިފައި ހުރި މިންވަރު ބަލައި އެކަމާ ބެހޭ ގޮތުން މައުލޫމާތު ހާމަކުރުމާ މެދު އުފެދުނު ދެބަސްވުމަކަށް ފަހުގަ އެވެ.

Naeemah inzaaru dhinee Vilimale faruge haalathaa medhu ufedhunu dhebasvumakah fahu

Naeemah inzaaru dhinee Vilimale faruge haalathaa medhu ufedhunu dhebasvumakah fahu

The most trusted news source in the Maldives

Mihaaru

އީޕީއޭ އާއި މިނިސްޓްރީގެ ވެރިން ދެބަސްވުމަކަށް ދިއުން

ފަރުގެ ހާލަތު ހާމަކުރުމާ ބެހޭ ގޮތުން ވަޓްސްއެޕް ގްރޫޕެއްގައި ދެއްކި ވާހަކަތަކެއްގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވަނީ، ކިސަޑު ހުރި މިންވަރު އާއްމުންނާ ހިއްސާކުރަން މިދިޔަ ބުރާސްފަތި ދުވަހު ގްރޫޕެއްގައި އެދިވަޑައިގެންފައި ކަމަށް ވަނީ އެނގިފަ އެވެ. ނައީމްގެ މަގާމު ދަށްކުރަން ނުވަތަ ވަޒީފާ އިން ވަކިކުރަން ޖެހިދާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ ދެއްވީ އެކަމަށް ދެކޮޅު ހެއްދެވުމުން ކަމަށް، މައުލޫމާތު ހިއްސާކުރެއްވި ފަރާތަކުން ބުންޏެވެ.

ނައީމް ތުހުމަތުކުރެއްވި ގޮތުގައި މިނިސްޓްރީން ބޭނުންވަނީ ވަކި ކޮޅަކަށް ޖެހިގެން ވަކި މަންޒަރެއް ޖައްސާށެވެ. އެކަމަކު އީޕީއޭއިން އަމިއްލަ އަށް އެ ސަރަހައްދުގެ ޑާޓާ ނެގުމަށް ފަހު ނޫނީ އެކަމާ ގުޅުން ހުރި އެއްޗެއް ނުބުނާނެ ކަމަށް އެރޭ އެންގެވި ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަހުން ރާއްޖޭގައި ހިންގާ މިފަދަ ތަރައްގީގެ މަޝްރޫތަކުގެ ސަބަބުން ފަރުތަކާއި ފަޅުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.