Roadha Mihaaru
ލޮކްޑައުންއާ ޚިލާފުވި އެޑްވައިޒަރުގެ ތަހުގީގެއް ނުހިންގާނެ

ލޮކްޑައުންއާ ޚިލާފުވި އެޑްވައިޒަރުގެ ތަހުގީގެއް ނުހިންގާނެ

28 މެއި 2020

ލަންޑަން (މެއި 28) - ލޮކްޑައުންއާ ޚިލާފުވި މައްސަލައެއްގައި ފާޑުކިޔުން އަމާޒުވެފައިވާ އެޑްވައިޒަރުގެ ތަހުގީގެއް ނުހިންގާނެ ކަމަށާއި މިއީ އެކަންތައް ދޫކޮށްލުމަށް ފަހު ކުރިއަށްދާންވީ ވަގުތު ކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (މެއި 28) - ލޮކްޑައުންއާ ޚިލާފުވި މައްސަލައެއްގައި ފާޑުކިޔުން އަމާޒުވެފައިވާ އެޑްވައިޒަރުގެ ތަހުގީގެއް ނުހިންގާނެ ކަމަށާއި މިއީ އެކަންތައް ދޫކޮށްލުމަށް ފަހު ކުރިއަށްދާންވީ ވަގުތު ކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރުގެ އެޑްވައިޒަރު ޑޮމިނިކް ކަމިންސް ވަނީ ލޮކްޑައުންކޮށްފައި ވަނިކޮށް ކާރުގައި ލަންޑަނުން ޑުރްހަމް ކައުންޓީ އަށް ވަޑައިގެންފަ އެވެ. ޕާލަމެންޓުގެ ގާތްގަނަޑަކަށް ކޮންޒަވެޓިވް 40 މެންބަރުން ވަނީ ކަމިންސް އިސްތިއުފާ ދެއްވުމަށް ނުވަތަ އޭނާ މަގާމުން ދުރުކުރުމަށް ގޮވާލައިފަ އެވެ.

ލޮކްޑައުންކޮށްފައި ވަނިކޮށް 260 މޭލުގެ ދަތުރެއް ކަމިންސް ކުރެއްވުމުން އާއްމުންގެ ރުޅިވެރިކަން ވަނީ ބޮޑުވެފަ އެވެ. ނަމަވެސް ކަމިންސް ވިދާޅުވީ އާއިލާ މީހުންގެ ގާތަށް އޭނާ ދިޔައީ ކޮންމެހެން ކުރަންޖެހޭ ދަތުރަކަށްވާތީ ކަމަށެވެ. އޭނާ ވިދާޅުވީ އަނބިކަނބަލުން އެކު އެ ދަތުރު އެޕްރީލް މަހު ކުރަން ޖެހުނީ އަނބިކަނބަލުންގެ ފަރާތުން ކޮރޯނާވައިރަހުގެ އަލާމާތްތައް ފެނުމުން ކަމަށެވެ. އަދި ދަތުރުގެ ބޭނުމަކީ ހަތަރު އަހަރުގެ ދަރިފުޅު ބަލަން އާއިލާއާ ހަވާލު ކުރުން ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޒަރޫރީ ބޭނުމެއްގައި ކޮންމެހެން ކުރަން ޖެހުނު ދަތުރަކާ ގުޅިގެން އިސްތިއުފާ ދޭން ނުވިސްނާ ކަމަށެވެ.

ކަމިންސް ވިދާޅުވީ ލަންޑަނުން އޭނާ ދަތުރު ކުރިއިރު ބޮޑުވަޒީރު ޖޯންސަން އޮންނެވީ ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަން ހޮސްޕިޓަލްގައި ކަމަށެވެ. އެހެންވެ ބޮޑުވަޒީރުގެ ހުއްދަ އަށް ނޭދެވުނީތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވި އެވެ.