26 މެއި 2020
ކޮވިޑް-19އާ ގުޅިގެން ޗެމްބަރުގައި ޖަލްސާތައް ބޭއްވުން މެދުކަނޑާލުމަށް ފަހު މިއަދު ބޭއްވި ޖަލްސާގައި މެމްބަރުން މާސްކް އަޅުއްވައިގެން ތިއްބަވަން ޖެހުމުން ކުރިމަތިވި ދަތިތަކަށް "ޓެކްނިކެއް" ހޯއްދަވައިދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19އާ ގުޅިގެން ޗެމްބަރުގައި ޖަލްސާތައް ބޭއްވުން މެދުކަނޑާލުމަށް ފަހު މިއަދު ބޭއްވި ޖަލްސާގައި މެމްބަރުން މާސްކް އަޅުއްވައިގެން ތިއްބަވަން ޖެހުމުން ކުރިމަތިވި ދަތިތަކަށް "ޓެކްނިކެއް" ހޯއްދަވައިދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދަކީ ރާއްޖޭގެ ތާރީހުގައި އެންމެ ތަފާތު ގޮތަކަށް ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިޔަ ދުވަހެވެ. މީގެ ކުރިން ކައިރީގައި ތިއްބަވައި ބަހުސް ކުރައްވަމުން ގެންދެވި މެމްބަރުން މިއަދު ތިއްބެވީ ދުރުދުރުގަ އެވެ. ހުރިހާ މެމްބަރުން ވެސް މާސްކް އަޅުއްވައިގެން ތިއްބެވިއިރު ބައެއް މެމްބަރުން ތިއްބެވީ އަންގި ވެސް ލައްވައިގެންނެވެ. މަޖިލީހުގެ ޖަލްސާ ތަޅުމުގައި ބޭއްވުމަށް އެޗްޕީއޭއިން ހުއްދަ ދިނީ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ޝަރުތުކޮށްފަ އެވެ.
Majileehuge thalhumugai jalsa beyvveynee vaki kanthahthakeh furihama koggen kan HPA in a'gaifi
The most trusted news source in the Maldives
Mihaaru
ވަކިކަންތައްތަކެއް ކުރިހަމަކޮށްފައި ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުން
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް، ގިނަ ބަޔަކު އެއްވެގެން ކުރާ ކަންކަން ކުރުން މަނާކޮށްފައި ވަނިކޮށް ބޭއްވި މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރެއްވީ ވެސް މުހިންމު ކަމަކަށެވެ. އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ގެނައުމަށެވެ.
މަޖިލިސް މެމްބަރުން މިއަދުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާސްކު އަޅުއްވައިގެން ޖަލްސާގައި.-- ފޮޓޯ: މަޖިލިސް
އާންމުކޮށް ފޯރިގަދަކޮށް ބަހުސް ކުރައްވާ މެމްބަރުންނަށް މާސްކް އަޅުއްވައިގެން ވާހަކަ ދެއްކެވުން ފަސޭހަ ކަމަކަށް ނުވި އެވެ. އެންމެ ބޮޑަށް ދިމާވި މައްސަލައަކީ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް މާސްކް ކައްސާލައިގެން ގޮސް ނޭފަތުން ތިރިއަށް ވެއްޓުމެވެ.
އެކަން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެންނެވުމަށްފަހު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، އަލީ އާޒިމް ވަނީ އެޗްޕީއޭ އިން ފުރަތަމަ މަޖިލީހަށް ފޮނުވި ސިޓީގައި މާސްކް އަޅައިގެން ވާހަކަ ދައްކަން އަންގާފައިވީނަމަވެސް ފަހުން ފޮނުވި ސިޓީގައި އެބައި ހިމަނާފައި ނުވާ ކަމަށް ވިދާޅުވެ ނިޒާމީ ނުކުތާއެއް ނަންގަވައިފަ އެވެ. އެހެންކަމުން މާސްކާ ނުލައި ބަހުސް ކުރުމުގެ ފުރުސަތު ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.
އެކަމަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެކަމާ ގުޅޭގޮތުން ބައެއް ޑޮކްޓަރުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ. މި ބައްޔަކީ ކޯއްޗެއްކަން ޑޮކްޓަރުންނަށް ވެސް މާބޮޑަށް ސާފު ނުވާތީ ޑޮކްޓަރުންގެ އިރުޝާދު ވެސް ދަނީ ބަދަލުވަމުން ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ މިކަމާ ގުޅިގެން ޑަބްލިޔުއެޗްއޯއިން ވެސް ފުރަތަމަ އިރުޝާދު ދިނީ މާސްކް އަޅަން ނުޖެހޭނެ ކަމަށް ކަމަށެވެ. ނަމަވެސް މިއަދު ބައެއް ގައުމުތަކުގައި ގާނޫނީ ގޮތުން ވެސް މާސްކް އަޅަން މަޖުބޫރު ކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނޭންގެ އެޗްޕީއޭ އިން ކީއްވެގެންކަމެއް މާސްކްގެ އިރުޝާދަށް ލުޔެއް ދެއްވީ. އިއްޒަތްތެރި މެމްބަރަކާ ވަރަށް ކައިރީގައި މެމްބަރަކު ނެތް ކަމަށް ވަނީނަމަ [ވެސް] އަޅުގަނޑަށް ރަނގަޅީ އިއްޒަތްތެރި މެމްބަރުން މާސްކް އަޅުއްވައިގެން މިކަންވޭތޯ އަޅުގަނޑުމެން ބެލުން،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވައި މާސްކާއެކު ވާހަކަ ދައްކަން އުނދަގޫ ކަމަށް އަލީ އާޒިމް ވިދާޅުވަނީ-- ފޮޓޯ: މަޖިލިސް
އެ އަށް ފަހު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާ އަށް ފަހު މެމްބަރުން އެކަމަށް ފަރިތަވާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މާސްކް ނުވެއްޓޭނެ ގޮތަށް ވާހަކަ ދައްކާނެ ގޮތް ވިދާޅުވެ ދެއްވައިފަ އެވެ.
"މީގަ ހަދަންވީ ގޮތަކީ އަނގައިގެ ހަރަކާތް އެހާ ބޮޑުނުކުރާންވީ. އަޅުގަނޑަށް ފެންނަ ގޮތުގައި މިއަދު ނިމެންވާއިރަށް މިކަން ވަރަށް އޮމާން ކަމާއެކީ ކޮށްލެވޭ ބަޔަކަށް ވާނެ،" ނަޝީދު ވިދާޅުވި އެވެ.
މާސްކް އަޅުއްވައިގެން ވާހަކަ ދައްކަވަން އުނދަގޫކަން ބައެއް އެހެން މެމްބަރުން ވެސް ފާހަގަ ކުރެއްވުމުން ރައީސް ނަޝީދު ވަނީ ބަހުސްގައި ކޮންމެ މެމްބަރަކަށް ވެސް އިތުރަށް ވަގުތުދެއްވުމަށް ނިންމަވައިފަ އެވެ. އަދި މާސްކް އަޅައިގެން ވާހަކަ ދެއްކުމުގައި ދިމާވާ ދަތިތަކަށް "ޓެކްނިކެއް" އެބަ ހޯއްދަވަން ކަމަށާއި އެ ލިބުމުން ހިއްސާ ކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މީގެ ކުރިން މަޖިލީހުގެ ޖަލްސާތައް ބާއްވަމުން ގެންދިޔައީ އޮންލައިންކޮށެވެ. މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ލޮކްޑައުންއާ މެދު އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށް، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ބަސް އަހައިގެން އެންމެން ގޭގައި ތިއްބައި މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބާއްވަން ރައީސް ނަޝީދު ނިންމެވުމުން އެތައް ބަޔެއްގެ ފާޑު ކިޔުން އަމާޒުވި އެވެ.
މިއަދުގެ ޖަލްސާ ނިންމާލެއްވުމުގެ ގޮތުން ނަޝީދު ވަނީ އެކަމަށް ރައްދު ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު މަޖިލިސް އެގޮތަށް ނުބޭއްވުނު ނަމަ ރާއްޖެ އަށް ގެންނަން ހުރި އެތައް ބަދަލެއް ގެނައުމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުން މިއަދު ދައްކައިދެއްވީ ކޮވިޑް-19 އާ އެކު އުޅޭނެ ގޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އީދު ބަންދުގައި މަޖިލީހުގެ ޖަލްސާތަކެއް ބާއްވައި ގާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު އެކަންކަން ރައްޔިތުން ބަލައިގަންނަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އިއްޒަތެރި މެމްބަރުން ތިޔަ ދެއްވާ އެއްބާރުލުމާއި އަދި ތިޔަ ކުރައްވާ ހިތްވަރާއި ތިބޭފުޅުން ތިޔަ ކުރައްވާ މަސައްކަތައް ދިވެހިރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ޝުކުރުވެރިވާކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު އުފެދޭ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ސަޕްލިމެންޓްރީ ބަޖެޓަކީ ވައްކަމުގެ ރަސީދެއް:ޑިމޮކްރެޓްސް
ޑިމޮކްރެޓްސްގެ މެންބަރުންގެ ބަދަލުގައި ކޯޓަށް ދާނީ ޕާޓީ
ނަޝީދުގެ އިތުބާރުގެ މައްސަލައަށް ޑިމޮކްރެޓްސް ވަންނަނީ
އަމީރު ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި: ޑިމޮކްރެޓްސް
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
އަޑުގަދަކުރާތީ ޖަލްސާ އަނެއްކާވެސް މެދުކަނޑާލައިފި
ކޮމިޓީތައް އެކުލަވާލުން ތަޅުމުން ނިންމިޔަ ނުދޭނެ
ކޮމިޓީތައް އެކުލަވާލަން އެމްޑީޕީން ދޫދޭން ބޭނުމެއް ނުވޭ
ސޮއި ވެސް ހަމައެއް ނުވާނެ،ހުށަހެއް ވެސް ނޭޅޭނެ:އާޒިމް
ރައީސް ވަކިކުރާނެ ކަމުގެ އިންޒާރު އާޒިމް ދީފި