26 މެއި 2020
އުމުރުން ދުވަސްވީ މީހުންގެ މެދުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ބެލުމަށްޓަކައި މިހާތަނަށް ނަގަމުން އައި ގޮތަށް ސާމްޕަލް ނެގުން އެޗްޕީއޭ އިން ހުއްޓާލައިފި އެވެ.
އުމުރުން ދުވަސްވީ މީހުންގެ މެދުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ބެލުމަށްޓަކައި މިހާތަނަށް ނަގަމުން އައި ގޮތަށް ސާމްޕަލް ނެގުން އެޗްޕީއޭ އިން ހުއްޓާލައިފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބޭއްވި މީޑިއާ ބްރީފިންގައި، އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މަޝްވަރާއެކު އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުން ހުއްޓާލާފައިވާ ކަމަށެވެ.
މީގެ ކުރިން ޓެގުން ނިންމީ، އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 10 ޕަސެންޓް މީހުންގެ ޓެސްޓް ހެދުމަށެވެ. އެއީ 350 މީހުންނެވެ. ނަމަވެސް ޓެސްޓު ހެދުމަށް އޭގެ ތެރެއިން ގިނަ ބަޔަކު ދެކޮޅު ހެދުމުން، ފަހުން ވަނީ އެ އަދަދު ފަސް ޕަސެންޓަށް ދަށްކޮށްފަ އެވެ. އޭރުން ކޮވިޑް-19 އަށް ޓެސްޓުކުރަން ޖެހޭނީ 170 މީހުންނެވެ.
މަބްރޫކް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ޓެސްޓު ހަދަންޖެހޭ މީހުންގެ ތެރެއިން ސާމްޕަލް ނަގާފައިވަނީ 105 މީހުންގެ ކަމަށެވެ. ފަރުވާއެއް ހޯދިފައިނުވާ ބައްޔަށް ޕޮޒިޓިވްވީ އޭގެ ތެރެއިން އެންމެ މީހެކެވެ.
"ޓެގުން މިހާރު އިރުޝާދު ދެއްވާފައި ވަނީ މި ކަމަކީ އުމުރުން ދުވަސްވީ ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލާތަކުން ކަންބޮޑުވެވަޑައިގަންނަވާ ކަމަކަށް ވެ، މިކަމަށް ދެކޮޅު ހައްދަވާ ވެސް ކަމަކަށް ވުމާއެކު، ދެން މި ކަން މި ގޮތަށް ކުރިއަށް ނުގެންދިއުން،" މަބްރޫކް ވިދާޅުވި އެވެ.
އެ އުސޫލުން ސާމްޕަލް ނުނެގި ކަމުގައި ވިއަސް ބަލީގެ ޑައިރެކްޓް ކޮންޓެކްޓެއް ނުވަތަ އަލާމާތްތައް ހުރި ނަމަ ޓެސްޓުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1،395 އަށް އަރާފައިވާއިރު 155 މީހުން ރަނގަޅުވެފައި ވެ އެވެ. ހަތަރު މީހަކު މަރުވެއްޖެ އެވެ. އޭގެ ތެރެއިން ތިން މީހުންނަކީ 80 އަހަރުން މަތީގެ ދިވެހިންނެވެ.
ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ 31-40 އަހަރާ ދެމެދުގެ މީހުންނެވެ. ދުވަސްވީ މީހުންގެ އުމުރުގެ މީހުންގެ ތެރެއިން އެ ބަލި ޖެހިފައިވަނީ 42 މީހުންނަށެވެ. އެއީ 61-100 އަހަރާ ދެމެދުގެ މީހުންނެވެ.
މަބްރޫކަކީ އާންމުންނާ ދެމެދު އެޅުނު ބްރިޖެއް: އަމީން
ބޮޑެތި ފަރުވާ ބޭނުންވާ 37 މީހަކު މާދަމާ ފުރާނެ
ކޮވިޑް ޖެހުނު ދެ މީހަކު ވެންޓިލޭޓަރަށް ލައިފި
މާމެންދޫ، ގެމަނަފުށި މޮނިޓަރިންއަށް ލާން ގޮތް ނިންމަނީ
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"
އައްޑޫގައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ލުއިތައް އިއުލާންކުރަން ހަމަޖެއްސި ޕްރެސް ކެންސަލްކޮށްފި
މިއީ ކާރިސާގެ ވަގުތުކަން ހަނދާން ނައްތާލައިގެން ނުވާނެ
ލޮކްޑައުން ލުއިކުރަން 50 ކޭސް ގިނައެއްނޫން: އެޗްޕީއޭ
އޭޑީކޭއިން ކޮވިޑަށް ޓެސްޓްކުރަން ސަރުކާރުން އަގުދޭނެ