26 މެއި 2020
ޓެކްނޮލޮޖީގެ ދާއިރާއިން އޭޝިއާގައި އެންމެ އަރާހުރި އެއް ގައުމުކަމަށްވާ ދެކުނު ކޮރެއާގެ ސޯލްގެ ގަންގްނަމް ޑިސްޓްރިކްޓް އިމާރާތެއްގެ މަތިން ރާޅު ޖަހަނީ އެވެ. މިއީ ތްރީޑީގެ ޖާދޫއެކެވެ. ބަލާބެލުމަށް ހީވަނީ ހަމަ އަސްލު ރާލުތަކެއް ބިއްލޫރި ކިއުބެއްގެ ތެރެއަށް ބިންދައިލާހެންނެވެ.
ޓެކްނޮލޮޖީގެ ދާއިރާއިން އޭޝިއާގައި އެންމެ އަރާހުރި އެއް ގައުމުކަމަށްވާ ދެކުނު ކޮރެއާގެ ސޯލްގެ ގަންގްނަމް ޑިސްޓްރިކްޓް އިމާރާތެއްގެ މަތިން ރާޅު ޖަހަނީ އެވެ. މިއީ ތްރީޑީގެ ޖާދޫއެކެވެ. ބަލާބެލުމަށް ހީވަނީ ހަމަ އަސްލު ރާލުތަކެއް ބިއްލޫރި ކިއުބެއްގެ ތެރެއަށް ބިންދައިލާހެންނެވެ.
މި މަންޒަރު ފެންނަ ގޮތަށް ހަދާފައި ވަނީ ސޯލްގައި ހުރި އެންމެ ބޮޑު ޑިޖިޓަލް ބިލްބޯޑްގަ އެވެ. ބޮޑުމިނުގައި 1،600 މީޓަރު ހުންނަ އެ ބިލްބޯޑް ހުންނަނީ އެސްއެމްޓައުންގެ ސީއޯއީއެކްސް އިމާރާތުގަ އެވެ. އެތަނުން އެ ފެންނަ "ވޭވް" ގެ ނަން ދީފައިވާ ހިތްގައިމު މަންޒަރު ފެންނާނީ ކޮންމެ ގަޑިއިރަކުން އެއް ފަހަރު އެެއް މިނެޓަށެވެ.
މި މަސައްކަތް ކުރި ކުންފުނި "ޑި-ސްޓްރިކްޓް" އިން ބުނި ގޮތުގައި "ވޭވް" އަކީ ހަތަރު މަސް ދުވަހުގެ މަސައްކަތެވެ. އަދި އޭގެ ތެރެއިން ތިން މަސް ހޭދަވީ ޑިޖިޓަލް ޑިޒައިންތަކަށް ކަމަށް ބުންޏެވެ.
"އަހަރެމެން ބޭނުންވީ މުޅިން ތަފާތު ކަމެއް ކޮށްލަން. އެކަންވީ ވެސް އެހެން. މި ރާޅު ފެންނަ ކޮންމެ މީހަކަށް ވަރަށް ބޮޑު ސަޕްރައިޒަކަށްވެގެން އުޅެނީ،" ޑި-ސްޓްރިކްޓް" ގެ ބިޒްނެސް ޑިވެލޮމަންޓް ޑިރެކްޓަރު ޖުން ލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޮޑެތި ރާޅުތައް ނަގާ މަންޒަރު ފެނުމަކީ ގިނަ ބަޔަކު އަބަދު ވެސް ބަލަން ޝައުގުވެރިވާ މަންޒަރެކެވެ. ހާއްސަކޮށް މޫދާއި ކަނޑަށް ލޯބިކުރާ މީހުން އެފަދަ މަންޒަރުތަކަށް ގެއްލޭ ކަމަށް ވިދާޅުވި އެވެ.
"އެހެންވެ އެކަހަލަ ތަޖުރިބާއެއްކޮށްލެވޭނެ ގޮތެއް ތަފާތު ގޮތަކަށް ގެނެސްދޭން ނިންމީ. މި ވޭވްގެ ހަގޫގަތް ނޭނގޭ މީހަކަށް ހީވެދާނެ ތިމަންމެ ބޮލަށް ރާޅެއް ބިންދާލަން އުޅެނީހެން ވެސް،" ލުން ވިދާޅުވި އެވެ.
މިއޮތީ ވަރަށް ބޮޑު ބުޅަލެއް!
އަންހެނުންތަކެއް ގެރީގެ ގޮތުގައި ދެެއްކުމުން ހޫނުވެއްޖެ
ޔޫއޭއީން 2030 އަށް 6ޖީ ގެންނަން އަމާޒު ހިފައިފި
ފޯނަށް ބަލަމުން ގޮސް ޖެހޭ ނަމަ އަންގައިދޭ ޑިވައިސްއެއް
ސެމްސަންގުން "ޑަބަލް ފޯލްޑިން" ފޯން ނެރެނީ
މި ރަށުގެ ހުރިހާ ތަނެއްގައި ދަނބުކުލަ
ލޯބިވެރިއަކު ހޯދަން ބިލްބޯޑެއްގައި އިޝްތިހާރުކޮށްފި
އުތުރު ކޮރެއާއިން ޖީޕީއެސް ސިގްނަލް ޖޭމްކުރަނީ!
ޖިންގެ ފުރަތަމަ ސޯލޯ އަލްބަމް އަންނަ މަހު ގެނެސްދެނީ
އެފްއޭއެމުން 3މިލިއަން ޑޮލަރު ދައްކަން ހުކުމްކޮށްފި