24 މެއި 2020
މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދަށުން، މާލޭގައި ތޮއްޖެހިގެން ކުދިކުދި ތަންތަނުގައި ދިރިއުޅެމުން އައި ބިދޭސީން ބަދަލުކޮށްފައިވާ ހުޅުމާލޭގެ ލޭބާ ކުއާޓާއެއްގައި މިރޭ ހަމަނުޖެހުން ހިންގައި ފުލުހުންނާ ކުރިމަތިލާން މަސައްކަތް ކޮށްފި އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދަށުން، މާލޭގައި ތޮއްޖެހިގެން ކުދިކުދި ތަންތަނުގައި ދިރިއުޅެމުން އައި ބިދޭސީން ބަދަލުކޮށްފައިވާ ހުޅުމާލޭގެ ލޭބާ ކުއާޓާއެއްގައި މިރޭ ހަމަނުޖެހުން ހިންގައި ފުލުހުންނާ ކުރިމަތިލާން މަސައްކަތް ކޮށްފި އެވެ.
ހުޅުމާލޭ ރީތިގަސް މަގުގައި ހުންނަ "އަމީން ހިޔާ" ލޭބާ ކުއާޓާގައި ތިބި ބައެއް ބިދޭސީން ވަނީ މިރޭ ނުވައެއް ޖަހާކަންހާއިރު، އެ ތަނުގެ ބޭރުގައި ޑިއުޓީގައި ތިބި ފުލުހުންނާ ދިމާއަށް ގޮނޑި އާއި ދަގަނޑު ބުރި ފަދަ ތަކެތި އުކި އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އިން ފެންނަ ގޮތުގައި، އެ ލޭބާ ކުއާޓާގެ ތެރެއިން ބޭރަށް އެ ތަކެތި އުކަމުން ދިޔައީ ހަޅޭއްލަވަމުންނެވެ.
އެ ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ބިދޭސީންތައް ފުލުހުންނާ ކުރިމަތިލާން މަސައްކަތް ކުރި ނަމަވެސް ފުލުހުން މީޑިއާގައި ބުނީ ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. މި ކަމާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކޮވިޑް-19އާ ގުޅިގެން، ހުޅުމާލެ އަށް ބަދަލުކޮށްފައިވާ ބިދޭސީންގެ ކަންކަން ބަލަހައްޓަނީ އެޗްޑީސީންނެވެ. އެޗްޑީސީގެ ބަހެއް ނުލިބޭތީ އެއީ ކީއްވެ ހިނގި ހަމަނުޖެހުމެއް ކަމެއް އަދިއެއް ނޭނގެ އެވެ.
ތޮއްޖެހިގެން އުޅޭ ބިދޭސީން ބަދަލުކުރި ލޭބާ ކުއާޓާތަކުގައި އެ މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. ރެޑް ކްރެސެންޓް މެދުވެރިކޮށް އެ ބިދޭސީންގެ ކެއުންބުއިމުގެ ކަންކަން ހަމަޖައްސަމުން އަންނަ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ހުޅުމާލޭގައި ބިދޭސީން ބޮޑު މާރަމާރީއެއް ހިންގައިފި
ބިދޭސީއަކަށް ހަމަލާދީ ފޯނާއި ވޮލެޓް ފޭރިއްޖެ
ހަމަނުޖެހުން ހިންގި ބިދޭސީންގެ ބަންދަށް 15 ދުވަސް
ކަންބޮޑުވުންތައް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް
ހަމަނުޖެހުން ހިންގި މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަނީ
ހަަމަނުޖެހުން ހިންގީ މުސާރަ ނުދީގެނެއް ނޫން
މުސާރައިގެ މައްސަލައިގައި ބިދޭސީންގެ ބޮޑު ހަމަނުޖެހުމެއް
ބިދޭސީންގެ ހަމަނުޖެހުން ބޮޑުވެ، ފުލުހުންނަށް ހަމަލަދީފި
ލޭބާ ކުއާޓާގައި ހަމަނުޖެހުން ހިންގީ ކެއުން ލަސްވެގެން
ޗައިނާ ދެ މީހަކަށާއި އޮސްޓްރޭލިއާ މީހަކަށް ހަމަލަދީފި