Roadha Mihaaru
ކުއްޖެއްގެ ނަމަކަށް "ލޮކްޑައުން ޔާދަވް"

އިންޑިއާ ކުއްޖެއްގެ ނަމަކަށް "ލޮކްޑައުން ޔާދަވް"

25 މެއި 2020

ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭ އިންޑިއާގައި އުފަންވި ކުދިންތަކަކަށް ކޮވިޑް އާއި ކޮރޯނާގެ ނަން ދީފައިވެ އެވެ. މި ފަހަރު މިއޮތީ ބަލީގެ ސަބަބުން އެންމެ ބޮޑު ލޮކްޑައުން ތަޖުރިބާކުރަމުންދާ އިންޑިއާގައި ކުއްޖަކަށް ލޮކްޑައުންގެ ނަން ދިން ވާހަކަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭ އިންޑިއާގައި އުފަންވި ކުދިންތަކަކަށް ކޮވިޑް އާއި ކޮރޯނާގެ ނަން ދީފައިވެ އެވެ. މި ފަހަރު މިއޮތީ ބަލީގެ ސަބަބުން އެންމެ ބޮޑު ލޮކްޑައުން ތަޖުރިބާކުރަމުންދާ އިންޑިއާގައި ކުއްޖަކަށް ލޮކްޑައުންގެ ނަން ދިން ވާހަކަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ރޭލު ދަތުރެއްގެ މަތީގައި ވިހޭ ކުއްޖާ އަށް ކުރިން ކިޔަން އޮތީ ޔާދަވް އުދޭބަން އެވެ. ނަމަވެސް މި ދަތި ލޮކްޑައުންގެ ތެރޭގައި ރޭލުމަތީގައި ވިހަން ޖެހުމުން ފިރިހެން ކުއްޖާގެ ނަމުގެ ކުރިއަށް ލޮކްޑައުން އިތުރުކޮށް ނަމަކަށް ކިޔާފައި ވަނީ "ލޮކްޑައުން ޔާދަވް" އެވެ.

އިންޑިއާގެ ނޫސްތަކުން ބުނިގޮތުގައި "ލޮކްޑައުން" ރޭލްމަތީގައި ވިހަން ދިމާވީ ރީނާ، 32، ވިހަން ގާތްވެފައިވާތީ ފިރިމީހާ އުދޭބަން ސިންގް ޔާދަވާ އެކު މުމްބާއީގެ ޝްރަމިކް ސްޕެޝަލް ޓްރެއިންގައި އުއްތަރު ޕްރަދޭޝްގެ އަންބޭދްކަރްނަގަރަށް ދަތުރު ފެށިތަނާ މާ އިރުތަނެއް ނުވަނީހެވެ.

"ވަރަށް އުނދަގޫ ހާލަތެއްގެ ތެރެއިން އަލަތު ދަރިފުޅު އުފަން މިވީ. އެހެންވެ ތާރީހަށްޓަކައި ދަރިފުޅަށް ލޮކްޑައުންގެ ނަން ދޭން ނިންމީ."

ރޭލު މަތީގައި ކުއްލިއަކަށް ވިހަން ޖެހުމުން އޭގެ އޮފިޝަލުން ރީނާ އަށް އެހީވެ، ދަތުރުގެ ތެރެއިން ބުރްޚާންޕޫރްގެ ހޮސްޕިޓަލަކަށް ވެސް ގެންގޮސް ދިނެވެ. އަދި އެހީއެއްގެ ގޮތުގައި ރޭލު އޮޕަރޭޝަން ހިންގާ ފަރާތުން ރީނާގެ ދެމަފިރިންނަށް 5،000 ރުޕީސް އާއި އަންނައުނާއި ކާނާ ވެސް ހަދިޔާކުރި އެވެ.

މީގެ އިތުރުން ފަހުން ޕްރައިވެޓް އުޅަނދެއްގައި ދެމަފިރިންނާއި ކުއްޖާ އުއްތަރު ޕްރަދޭޝް އަށް ވެސް ފޮނުވައި ދިނެވެ.

މިކަމާ ބެހޭ ގޮތުން ރީނާ މީޑިއާތަކަށް ބުނީ ދަތުރުމަތީގައި ވިހަން ޖެހިދާނެ ކަމަށް ކުރިން ހީވެފައި ވެސް ނުވާ ކަމަށެވެ.

"ވަރަށް އުނދަގޫ ހާލަތެއްގެ ތެރެއިން އަލަތު ދަރިފުޅު އުފަން މިވީ. އެހެންވެ ތާރީހަށްޓަކައި ދަރިފުޅަށް ލޮކްޑައުންގެ ނަން ދޭން ނިންމީ." އޭނާ ބުންޏެވެ.