Roadha Mihaaru
ހާލުގައި ޖެހުނު މީހުންނަށް ޖޫހީގެ އާއިލީ ދަނޑެއް

ހާލުގައި ޖެހުނު ދަނޑުވެރިންނަށް ޖޫހީ ޗާވްލާގެ އާއިލީ ދަނޑެއް

24 މެއި 2020

ކޮރޯނާވައިރަހުން ރައްކާތެރިވާން އިންޑިއާގައި އިއުލާންކުރި ލޮކްޑައުނާ އެކު ދަނޑުތައް ދޫކޮށްލަން ޖެހި މަސައްކަތެއް ނެތިފައި ތިބި ދަނޑުވެރިންގެ އަދަދު ގިނަ އެވެ. މިފަދަ ބަޔަކަށް އެހީވާން ބޮލީވުޑްގެ ބަތަލާ ޖޫހީ ޗާވްލާ މިހާރު ވަނީ ނިންމައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހުން ރައްކާތެރިވާން އިންޑިއާގައި އިއުލާންކުރި ލޮކްޑައުނާ އެކު ދަނޑުތައް ދޫކޮށްލަން ޖެހި މަސައްކަތެއް ނެތިފައި ތިބި ދަނޑުވެރިންގެ އަދަދު ގިނަ އެވެ. މިފަދަ ބަޔަކަށް އެހީވާން ބޮލީވުޑްގެ ބަތަލާ ޖޫހީ ޗާވްލާ މިހާރު ވަނީ ނިންމައިފަ އެވެ.

މުމްބާއީގެ ދުރު ސަރަހަދެއް ކަމަށްވާ ވާޅާ ޑިސްޓްރިކްޓްގައި އޮންނަ ޖޫހީގެ އާއިލާގެ ފާމްހައުސްގައި އޯގެނިކް ދަނޑުވެރިކަން ކުރަމުން އަންނަ އިރު އެތަނުގައި ހަނޑޫ ހެއްދުމުގެ މަސައްކަތްކުރަން މުމްބާއީގެ ދަނޑުވެރިންތަކަކަށް މިހާރު ވަނީ ފުރުސަތު ވަނީ ދީފަ އެވެ. ޖޫހީ ބުނިގޮތުގައި އެތަނުގައި ދަނޑުވެރިން ހައްދާ ހަނޑުލުން ލިބޭ އާމްދަނީގެ ބޮޑު ބައި ވެސް ސީދާ ދާނީ ދަނޑުވެރިންނަށެވެ. އެކަމަކު ޖޫހީގެ ދަނޑިގައި ހައްދާ ހަނޑޫވާން ޖެހެނީ ވަރަށް ފެންވަރު ރަނގަޅު އެއްޗަކަށެވެ.

މިކަން ކަށަވަރުކުރަން، އެ ދަނޑުގައި މަސައްކަތްކުރާ ތަޖުރިބާކާރު ޓީމަކުން ދަނޑުވެރިންގެ މަސައްކަތްތައް ވަރަށް ގާތުން ބަލާނެ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޖޫހީ ބުނީ ދަނޑުވެރިންނަކީ އިންޑިއާގެ އިގުތިސާދުގެ ވަރަށް މުހިއްމު ބަޔަކަށްވާތީ އެ މީހުންނަށް ރަނގަޅު ގޮތްތައް ވުން ވަރަށް މުހިއްމު ކަމަށެވެ. އަދި މި ދަތި ހާލަތުގައި ދަނޑުވެރިން ބިކަވުމަކީ އެދޭ ކަމެއް ނޫން ކަމަށާއި އޭނާ އަށް ވީ ވަރަކުން ދަނޑުވެރިންނަށް އެހީވާނެ ކަމަށް ބުންޏެވެ.

"މި ގައުމުގެ ބިންގަނޑުގެ މުއްސަނދިކަމާއި މި ބިމުގެ ހުރި ހުރިހާ އޮއްޓަރެއް އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ ދަނޑުވެރިން،" ޖޫހީ ބުންޏެވެ. "އެހެންވީމާ އެ މީހުންގެ ތަޖުރިބާ އާއި ހުނަރު އަހަރެމެންނަށް މުހިއްމުވާނެ."

އޭނާ ބުނިގޮތުގައި ޝަރަހުތަކުގައި އުޅޭ މީހުންނަަކީ އާންމުކޮށް ދެލިގަނޑު ދަސްކޮށްގެން ކަންކަންކުރާ ބަޔަކަށް ވިޔަސް ދަނޑުވެރިން ފަދަ މުހިއްމު މަސައްކަތެއްކުރާ މީހުންނަކީ އެ މީހުންގެ މަސައްކަތާއި ހުނަރުން ތަޖުރިބާ ހޯދާފައިވާ މީހުން ކަމަށެވެ.

"އެ މީހުންގެ ކުރާ މަސައްކަތުގެ ސަބަބުން އަހަރެމެންނަށް ކައިބޮއި މި އުޅެވެނީ." ދެ ކުދިންގެ މަންމަ ބުންޏެވެ.