Roadha Mihaaru
އޮފިޝަލަކު ޕޮޒިޓިވްވެ މެލޭޝިއާގެ ބޮޑުވަޒީރު ކަރަންޓީނަށް

އޮފިޝަލަކު ޕޮޒިޓިވްވުމުން މެލޭޝިއާގެ ބޮޑުވަޒީރު ކަރަންޓީނަށް

23 މެއި 2020

ކުއާލަ ލަމްޕޫރު (މެއި 23) - ކެބިނެޓުގެ ބައްދަލުވުމަކަށް ފަހު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި އޮފިޝަލަކު ޕޮޒިޓިވްވުމާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން 14 ދުވަހަށް ކަރަންޓީނަށް ވަޑައިގެންފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (މެއި 23) - ކެބިނެޓުގެ ބައްދަލުވުމަކަށް ފަހު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި އޮފިޝަލަކު ޕޮޒިޓިވްވުމާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން 14 ދުވަހަށް ކަރަންޓީނަށް ވަޑައިގެންފި އެވެ.

ހުކުރު ދުވަހުން ފެށިގެން ދެ ހަފުތާވަންދެން ބޮޑު ވަޒީރު ކަރަންޓީނުގައި ހުންނަވާނީ އަމިއްލަ ގެކޮޅުގަ އެވެ. ބޮޑު ވަޒީރުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އޮފިޝަލް ޕޮޒިޓިވްވުމާ ގުޅިގެން މުހްޔިއްދީން ވެސް ކޮރޯނާވައިރަހަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާން ނެގެޓިވް ކަމަށް ބުނެފައިވެ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި އެންމެން ކޮރޯނާވައިރަހަށް ޓެސްޓްކޮށް، 14 ދުވަހަށް ކަރަންޓީންވުމަށް ވަނީ އަންގައިފަ އެވެ. ބައްދަލުވުމުގައި ބައިވެރިވީ ކިތައް މިނިސްޓަރުން ކަމެއް ނޭނގެ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ އޮފީހުގައި ބައްދަލުވުންތައް ބާއްވަނީ ސޯޝަލް ޑިސްޓެންސިން އުސޫލާ އެއްގޮތަށް ކަމަށް ބުނެފައިވެ އެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް މެލޭޝިއާ އިން ވަނީ ލޮކްޑައުންކޮށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެ ގައުމުން އިއްޔެ ޕޮޒިޓިވްވެފައި ވަނީ 78 މީހުންނެވެ. މެލޭޝިއާ އިން މިހާތަނަށް ވަނީ 7,137 މީހުން ޕޮޒިޓިވްވެ 115 މީހުން މަރުވެފަ އެވެ.