17 އޮކްޓޯބަރ 2016
އެކި ސަރަހައްދުތަކުގެ ގައުމުތައް ގުޅިގެން ހިއްސާގެ ބާޒާރު ކުރިއަރުވައި އިންވެސްޓްމަންޓް އިތުރުކޮށް، ތަރައްގީ ކުރުމާ ގުޅޭ ސެމިނާއެއް ރާއްޖޭގައި އިއްޔެ ފަށައިފި އެވެ.
އެކި ސަރަހައްދުތަކުގެ ގައުމުތައް ގުޅިގެން ހިއްސާގެ ބާޒާރު ކުރިއަރުވައި އިންވެސްޓްމަންޓް އިތުރުކޮށް، ތަރައްގީ ކުރުމާ ގުޅޭ ސެމިނާއެއް ރާއްޖޭގައި އިއްޔެ ފަށައިފި އެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަންގެ ފައިނޭންޝަލް ރެގިއުލޭޓާސް ޓްރެއިނިން އިންސްޓިޓިއުޓާއި ރާއްޖޭގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އާ ގުޅިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސެމިނާގައި އޭޝިއާ ޕެސިފިކް ސަރަހައްދާއި އިރުމަތީ އެފްރިކާގެ ބައެއް ގައުމުތަކުގެ ކެޕިޓަލް މާކެޓް ރެގިއުލޭޓް ކުރާ އިދާރާތަކުން ބައިވެރިވާ ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި ސެމިނާގައި މި ދެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކްރޮސް ބޯޑާ އޮފަރިން އަދި އިންވެސްޓްމަންޓަށް މަގުފަަހިކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.
މި ސެމިނާ ފައްޓަވައިދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެ އަކީ އިންވެސްޓްކުރުމަށް ރަނގަޅު ތަނެއް ކަމަށާއި ހާއްސަކޮށް ޓޫރިޒަމް ދާއިރާގައި ކުރާ އިންވެސްޓްމަންޓްތަކަށް ފާހަގަ ކުރެވޭ ފަދަ ފައިދާއެއް ލިބޭ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
"ގިނަ އިންވެސްޓްމަންޓްތައް ރާއްޖެ އަށް ލިބުމުން ޓޫރިޒަމް ދާއިރާ އާއި އެ ނޫން އެހެން ދާއިރާތަކަށް ވެސް ކުރިއެރުންތަކެއް ލިބި، ރާއްޖޭގެ އިގްތިސާދަށް މަންފަތާކެއް ކުރާނެ،" އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ސީއެމްޑީއޭގެ ޗެއާމަން އަހުމަދު ނަސީރު ފާހަގަކުރެއްވި ގޮތުގައި ކްރޮސް ބޯޑާ އޮފަރިންގެ ސަބަބުން ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ގައުމަކަށް ގިނަ ފައިދާތަކެއް ކުރާނެ އެވެ. އަދި އޭނާ ވިދާޅުވީ ފައިނޭންޝަލް އިންޓަގްރޭޝަންގެ ސަބަބުން އެ ދާއިރާ ހަރުދަނާވެ، ކުރިއެރުން ލިބޭނެ ކަމަށެވެ.
ރާއްޖޭގެ ކެޕިޓަލް މާކެޓް ތަރައްގީކުރުމަށް ކްރޮސް ބޯޑާ އޮފަރިން އާއި އިންވެސްޓްމަންޓަށް މަގުފަހި ކުރުމަކީ ސީއެމްޑީއޭގެ ސްޓްރެޓީޖިކް ޕްލޭނުގެ ދަށުން ފަށާފައިވާ މަސައްކަތެކެވެ.
ސީއެމްޑީއޭ އިން މޮބައިލް އެޕްލިކޭޝަނެއް ލޯންޗްކޮށްފި
ސްޓޮކް އެކްސްޗޭންޖުގެ ޕްލެޓްފޯމު އިފުތިތާހުކޮށްފި
ލިސްޓެޑް ކުންފުނިތަކުގެ ހިއްސާ ގަނެގެން އިންވެސްޓަރުންނަށް ފައިދާ ވާނެ
ފަހަށް ރައްކާކުރަން ދާންވީ ރެގިއުލޭޓް ކުރެވޭ މާކެޓަކަށް
ފެށީ 10,000ރ. އިން، މިހާރު މިލިއަނުން ފައިދާ
ސްޓޮކް އެކްސްޗޭންޖުން 2.3 ބިލިއަން ކުންފުނިތަކަށް!
ޕްރައިވަޓައިޒް ކުރުން ރަނގަޅީ ކެޕިޓަލް މާކެޓްގައި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޕިޓަލް މާކެޓް ފޯރަމެއް
ސީޖީ އެފޯޓްސް އެވޯޑަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި
އެމްޓީސީސީން އެމްއެސްޑީއާ އެކު އެއްބަސްވުމެއް