08 ނޮވެމްބަރ 2018
ހިއްސާގެ ބާޒާރާ ގުޅޭ މައުލޫމާތުތައް ފަސޭހައިން ލިބޭ ގޮތަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް މިއަދު ތައާރަފްކޮށްފި އެވެ.
ހިއްސާގެ ބާޒާރާ ގުޅޭ މައުލޫމާތުތައް ފަސޭހައިން ލިބޭ ގޮތަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް މިއަދު ތައާރަފްކޮށްފި އެވެ.
"ވިޔަވަތި" ގެ ނަމުގައި ލޯންޗްކުރި އެ އެޕްލިކޭޝަން މެދުވެރިކޮށް ހިއްސާގެ ބާޒާރުގެ އެންމެ ފަހުގެ މައުލޫމާތުތަކާއި ކުންފުނިތަކުގެ މައުލޫމާތުތައް ލިބޭނެ ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ. އަދި އެ އެޕްލިކޭޝަން ބޭނުން ކޮށްގެން އަހަރީ ރިޕޯޓްތަކާއި ކުއާޓާ ރިޕޯޓްތަކާއި މާލީ ހިސާބުތައް ވެސް ފަސޭހައިން ބަލާލެވޭނެ ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ.
ސީއެމްޑީއޭ އިން ބުނިގޮތުގައި ވިޔަވަތި އެޕްލިކޭޝަނުން ހިއްސާގެ ބާޒާރާ ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ބޭނުންވާ ލިޔުންތަކާއި ރިޕޯޓްތައް ވެސް ކިޔާލެވޭނެ އެވެ. އަދި މާލީ ކަންކަމާ ބެހޭ ޑިކްޝަނަރީއެއްގެ އިތުރުން ގޭމެއް ވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ކުޅެވޭނެ އެވެ. އެ ގޭމް ވެގެންދާނީ ހިއްސާގެ ބާޒާރާ ބެހޭ ކަންކަން ތަޖްރިބާ ކުރެވޭނެ ފަދަ ގޭމްތަކަކަށެވެ.
މީގެ އިތުރުން ކެޕިޓަލް މާކެޓާ ބެހޭ މައުލޫމާތުތައް އެނގޭ މިންވަރު ދެނެގަނެވޭ ފަދަ ކުއިޒްތަކުގައި ވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.
ގައުމުތަކުގެ މެދުގައި ހިއްސާ ވިއްކުމާ ބެހޭ ސެމިނާއެއް
ސްޓޮކް އެކްސްޗޭންޖުގެ ޕްލެޓްފޯމު އިފުތިތާހުކޮށްފި
ލިސްޓެޑް ކުންފުނިތަކުގެ ހިއްސާ ގަނެގެން އިންވެސްޓަރުންނަށް ފައިދާ ވާނެ
ފަހަށް ރައްކާކުރަން ދާންވީ ރެގިއުލޭޓް ކުރެވޭ މާކެޓަކަށް
ފެށީ 10,000ރ. އިން، މިހާރު މިލިއަނުން ފައިދާ
ސްޓޮކް އެކްސްޗޭންޖުން 2.3 ބިލިއަން ކުންފުނިތަކަށް!
ޕްރައިވަޓައިޒް ކުރުން ރަނގަޅީ ކެޕިޓަލް މާކެޓްގައި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޕިޓަލް މާކެޓް ފޯރަމެއް
ސީޖީ އެފޯޓްސް އެވޯޑަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި
އެމްޓީސީސީން އެމްއެސްޑީއާ އެކު އެއްބަސްވުމެއް